Skip to main content

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
285 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

އިހަވަންދޫގައި ފައިބަރުން އޮޑިދޯނިފަހަރު ބަނުމަށް ވިޔަފާރި އުޞޫލުން ބިން ދޫކުރަނީ
Thiladhunmathi News

އިހަވަންދޫގައި ފައިބަރުން އޮޑިދޯނިފަހަރު ބަނުމަށް ވިޔަފާރި އުޞޫލުން ބިން ދޫކުރަނީ

ހއ. އިހަވަންދޫގައި ފައިބަރު އޮޑިދޯނިފަހަރު ބަނުމަށް ވިޔަފާރު އުސޫލުން ބިން ދޫކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. މިކަން ހާމަކޮށް މިއަދު އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ފައިބަރުން އޮޑިދޯނި ފަހަރު ބަނުމަށް ވިޔަފާރި އުޞޫލުން ބިން  ހޯދުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 20 ފެބްރުއަރީ 2022 އިން ފެށިގެން 28 ފެބްރުއަރީ 2022 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް އެ އިދާރާއަށް ދުރުވެ އެކަމާއި ގުޅުންހުރި މަޢުލޫމާތު ސާފުކުރެއްވުމަށް އެދޭކަމަށެވެ. އެ ކައުންސިލުން […]

ނޮޅިވަރަމް ފުޓްބޯޅަދަނޑުގެ ވަށާފާރު ރޭނުމާއި ފެންސްޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ނޮޅިވަރަމް ފުޓްބޯޅަދަނޑުގެ ވަށާފާރު ރޭނުމާއި ފެންސްޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ. ނޮޅިވަރަމް ފުޓްބޯޅަދަނޑުގެ ވަށާފާރު ރޭނުމާއި ފެންސްޖެހުމާއި ގޯލް ފެންސްޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. މިއީ މި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާންކުރި ދެވަނަ ފަހަރެވެ. އެ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިޢުލާން ކުރެވިފައި މިވަނީ ފުރަތަމަ ފަހަރު ހުޅުވާލެވުނު ފުރުޞަތުގެ ދަށުން އެކަށީގެންވާ އަންދާސީ ހިސާބެއް ހުށަހަޅާފައި ނުވާތީއެވެ. އެ ކައުންސިލު...

ކެލާ ސިމެންތި ޖެޓީގެ ބޭނުން ނުކުރުމަށް އިލްތިމާސްކޮށްފި
Thiladhunmathi News

ކެލާ ސިމެންތި ޖެޓީގެ ބޭނުން ނުކުރުމަށް އިލްތިމާސްކޮށްފި

ހއ.ކެލާގައި ބަނދަރު ހެދުމުގެ ކުރިން ހަދާފައިވާ ސިމެންތި ޖެޓީ ގިނަދުވަސްވެ ހަލާކުވަމުންދާތީ އެތަން ބޭނުން ނުކުރުމަށް ކެލާ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ. މިކަން ހާމަކޮށް 15 ފެބްރުއަރީ 2022 ވީ އަންގާރަ ދުވަހު އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ އެ ރަށުގައި ބޭނުން ކުރަމުން އަންނަ ސިމެންތި ޖެޓީއަށް ގިނަ ދުވަސް ވުމުގެ ސަބަބުން ވީރާނާވެ، ހަލާކުވަމުން ދާކަން އެ ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށެވެ. މިކަމަކީ އޭގެ ސަބަބުން ބޮޑު ގެއްލުމެއް ލިބިދާނެ ކަމަކަށް […]

ދިއްދޫ އާހިޔާ ކުރި ފިހާރައިގެ 2022 ވަނަ އަހަރުގެ ރޯދަ ސޭލް ފެށިއްޖެ
Thiladhunmathi News

ދިއްދޫ އާހިޔާ ކުރި ފިހާރައިގެ 2022 ވަނަ އަހަރުގެ ރޯދަ ސޭލް ފެށިއްޖެ

ހއ.ދިއްދޫ އާހިޔާ ކުރި ފިހާރައިގެ 2022 ވަނަ އަހަރުގެ ރޯދަ ސޭލް ފެށިއްޖެއެވެ. މިއީ ކޮންމެ އަހަރެއްގެ ވެސް ރޯދަމަހާއި ދިމާކޮށް މުޅި އަތޮޅަށް ހުޅުވާލެވިގެން ކުރިއަށް ގެންދާ ރޯދަ ސޭލެކެވެ. މި ސޭލުން ކުރާ 500 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ދޫކުރެވޭ ކޫޕަނުގެ ގުތުއަތުލުން 03 އޭޕްރިލް 2022 ވަނަ ދުވަހުގެ ރޭ 20:30 ގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެއްވަނައަށް ހޮވޭ ފަރާތަކަށް 10000 (ދިހަހާސް ރުފިޔާ) ވައުޗަރެއް […]

ކުޅުދުއްފުށީ ސެންޓަރު ޙަސަން: އުމުރުގެ ބޮޑުބައި، ބޮޑު ތިލަދުންމަތީގެ ސިއްހީ ދާއިރާއަށް ޚިދުމަތް ކުރެއްވި!
Thiladhunmathi News

ކުޅުދުއްފުށީ ސެންޓަރު ޙަސަން: އުމުރުގެ ބޮޑުބައި، ބޮޑު ތިލަދުންމަތީގެ ސިއްހީ ދާއިރާއަށް ޚިދުމަތް ކުރެއްވި!

ހދ.ކުޅުދުއްފުށީ ހަސަން އަހްމަދު (ސެންޓަރު ހަސަން) އަކީ ރާއްޖޭގެ ސިއްހީ ދާއިރާގެ ބައްޕައެކެވެ. ރާއްޖޭގައި ޒަމާނީ ބޭސްވެރިކަމުގެ އެއްވެސް ކުލަވަރެއް ނެތް ދުވަސްވަރު، ތަފާތު ބަލިބައްޔަށް ފަރުވާ ފޯރުކޮށް ދިނުމަށް ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ވަރުބަލިކަމެއް ނެތި ދަތުރު ކުރައްވައި ފަރުވާ ފޯރުކޮށްދެއްވި ޚިދުމަތްތެރިއެކެވެ. 1960 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ސިއްހީ ދާއިރާއަށް ޚިދުމަތް ކުރައްވަން ފެއްޓެވި ނަމަވެސް، ރަސްމީކޮށް އެ ދާއިރާއާއި ގުޅިލައްވައި މަސައްކަތް ފައްޓަވާފައި ވަނީ 1964 ވަނަ އަހަރު...

ނޫމަރާ ސްކޫލުގެ 04 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ނޫމަރާ ސްކޫލުގެ 04 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ށ. ނޫމަރާ ސްކޫލުގެ 04 ކްލާސްރޫމް އިމާރާތުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީން އިޢުލާން ކޮށްފިއެވެ. މިކަމާއި ގުޅިގެން މިއަދު އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިންކުރެވުނު އިޢުލާނާއި ގުޅިގެން، މި މަސައްކަތަށް ޝަރުތު ހަމަވާ އެއްވެސް ފަރާތެއް ކުރިމަތިލާފައި ނުވާތީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. މި މަސައްކަތަށް ބީލަން ހުށަހެޅ...

ޒިގްޒެގް އިންޓަ އޮފީސް ފުޓްސަލް ޓޯނަމަންޓް ފަށައިފި
Thiladhunmathi News

ޒިގްޒެގް އިންޓަ އޮފީސް ފުޓްސަލް ޓޯނަމަންޓް ފަށައިފި

ހދ. ކުޅުދުއްފުށީގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ ޒިގްޒެގް ފޯ ޔޫތު ލިންކޭޖުން އިންތިޒާމް ކޮށްގެން އެ ރަށުގައި ހުރި ސަރުކާރު މުއައްސަސާތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ “ޒިގްޒެގް އިންޓަ އޮފީސް ފުޓްސަލް ޓޯނަމަންޓް” ފަށައިފިއެވެ. މުބާރާތް 15 ފެބްރުއަރީ 2022 ވީ އަންގާރަ ދުވަހުގެ ރޭ ކުޅުދުއްފުށީ ސްޕޯޓްސް އެރީނާ ފުޓްސަލް ދަނޑުގައި ފަށާފައިވާއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ކުޅުދުއްފުށީ ÷ޕޯޓް ލިމިޓެޑް (ކޭޕީއެލް)އާއި ޕޮލިސް ކުލަބ...

ހަނިމާދޫއިން 3000 އަކަފޫޓުގެ 200 ގޯތި ދޫކުރަން ނިންމައިފި
Thiladhunmathi News

ހަނިމާދޫއިން 3000 އަކަފޫޓުގެ 200 ގޯތި ދޫކުރަން ނިންމައިފި

ހދ.ހަނިމާދޫއިން 3000 އަކަފޫޓުގެ 200 ގޯތި ދޫކުރުމަށް، އެ ރަށު ކައުންސިލުން ނިންމައިފިއެވެ. ހަނިމާދޫއިން މި އަދަދަށް ގޯތި ދޫކުރުމަށް ނިންމާފައި ވަނީ ހަނިމާދޫ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 38 ވަނަ ޖަލްސާގައި އެ ކައުންސިލްގެ ހަތަރު މެމްބަރުންގެ އަޤުބިއްޔަތުންނެވެ. މިކަން ހާމަކޮށް ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާޤް މުޙައްމަދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ހަނިމާދޫއިން ގޯތި ދިނުމަށް މިއަދު ހަނިމާދޫ ކައުންސިލްގެ ހަތަރު މެމްބަރުންގެ އަޤުލަބިއްޔަތުން ނިންމާފައިވާ ކަމަށެވެ. އަދ...

ޒުވާން ކީޕަރު މާހީ، ކުޅުދުއްފުށި ޓީމުގައި ތަފާތު ދެއްކި
Column

ޒުވާން ކީޕަރު މާހީ، ކުޅުދުއްފުށި ޓީމުގައި ތަފާތު ދެއްކި

ޓެކާސްއިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވަމުން އަންނަ “ޓެކާސް މައިލޯ ޗެމްޕިއަންޝިޕް މޯލްޑިވްސް ކަޕް” ފުޓްސަލް މުބާރާތުގެ ޒޯން-1 ގެ ޗެމްޕިއަންކަން ޓީމް ކުޅުދުއްފުށިން ކާމިޔާބުކުރި އިރު ގިނަބައެއްގެ ލޯ އަމާޒުވި އެއް ކުޅުންތެރިއައީ އެ ޓީމްގެ ޒުވާން ގޯލް ކީޕަރު މާހީ އަބްދުﷲ އެވެ. ޓެކާސް ފުޓްސަލް މުބާރާތުގެ ހދ. އަތޮޅު ބުރާއި ޒޯން މެޗު ހިމެނޭހެން ކުޅުދުއްފުށިން ޖުމްލަ ހަ މެޗު ކުޅުނުއިރު އެ ހުރިހާ މެޗެއްގައި މާހީގެ މޮޅު ކުޅުން ވަނީ ފާހަގަ […]

މާފަރު ބަލިކޮށް ޒޯން-1 ގެ ޗެމްޕިއަންކަން ކުޅުދުއްފުށި ހޯދައިފި
Thiladhunmathi News

މާފަރު ބަލިކޮށް ޒޯން-1 ގެ ޗެމްޕިއަންކަން ކުޅުދުއްފުށި ހޯދައިފި

ޓެކާސްއިން މުޅި ރާއްޖެއަށް އަމާޒުކޮށް ބާއްވާ “ޓެކާސް މައިލޯ ޗެމްޕިއަންޝިޕް މޯލްޑިވްސް ކަޕް” ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ކުޅުދުއްފުށި ޓީމުން ހޯދައިފިއެވެ. މި މުބާރާތުގެ ޒޯން-1 ގެ ފައިނަލުގައި ބައްދަލު ކޮށްފައި ވަނީ ބްލޮކް-1 ގެ ޗެމްޕިއަން ކުޅުދުއްފުއްޓާއި ބްލޮކް-2 ގެ ޗެމްޕިއަން މާފަރެވެ. ފައިނަލް މެޗު މިއަދު ހަވީރު މާފަރު ފުޓްސަލް ދަނޑުގައި ކުޅުނުއިރު މެޗު ނިމިފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މެޗު ކުޅުދުއްފުށިން ކާމިޔާބު ކޮށްފައި ވަނީ ނަތީޖާ […]

އެސްޕަންޔޯލް އަތުން ބާސާއަށް ޕޮއިންޓެއް
Sports

އެސްޕަންޔޯލް އަތުން ބާސާއަށް ޕޮއިންޓެއް

ސްޕެނިޝް ލަލީގާގައި އާދީއްތަ ދުވަހުގެ ރޭ ބާސެލޯނާއާއި އެސްޕަންޔޯލް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. އެސްޕަންޔޯލްގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރު ވެފައި ވަނީ 2-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ބާސާއިންނެވެ. ފުރަތަމަ ލަނޑު މެޗުގެ ދެވަނަ މިނެޓުގައި ޖޯޑީ އަލަބާ އެސްޕަންޔޯލްގެ އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ އެއްފަހަރުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ބާސާގެ ޒުވާން މިޑްފީލްޑަރ ޕެޑްރީއެވެ. ފުރަތަމަ ހާފު […]

އައްޝަމަށް ފުރޮޅުލީ ގޮނޑީގައި ގެއަށް ވަދެ ނުކުމެވޭނޭގޮތް މިޑްލް ސްޕޯޓްސް ކުލަބުން ފަހި ކޮށްދީފި
Thiladhunmathi News

އައްޝަމަށް ފުރޮޅުލީ ގޮނޑީގައި ގެއަށް ވަދެ ނުކުމެވޭނޭގޮތް މިޑްލް ސްޕޯޓްސް ކުލަބުން ފަހި ކޮށްދީފި

ހއ. ދިއްދޫ މުލައްމާގޭ މުހައްމަދު އައްޝަމަށް ފުރުޅުލީ ގޮނޑީގައި އިތުރު މީހެއްގެ އެހީތެރިކަމާއި ނުލައި ގެއަށް ވަދެނުކުމެވޭނޭ ގޮތަށް، އެ ގޭގެ ދޮރުމަތީގައި ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުގެ ފަރާތުން ރޭމްޕެއް އަޅައިފިއެވެ. މުހައްމަދު އައްޝަމަކީ އުމުރުން 9 އަހަރުގައި ކުޅެން އުޅެނިކޮށް ފަޔަށް ލިބުނު އަނިޔާއަކާއި ގުޅިގެން ފުރުޅުލީ ގޮނޑި ބޭނުން ކުރަމުން އަންނަ ކުއްޖެކެވެ. ފާއިތުވި ހަތަރު އަހަރެއްހާ ދުވަހު އެ ގޭގެ ދޮރުމަތީގައި، ފުރުޅުލީ ގޮނޑީގައި ގެއަށް ވަދެ ނުކުމެވޭނޭ އިންތިޒާމެއް ހަމަޖެހިފައި […]

ދިއްދޫ ދިއްގާ ފައުންޑޭޝަނުން އެ ރަށުގެ ޣާޒީ ޕްރީސްކޫލަށް އެހީތެރިކަން ފޯރުކޮށްދީފި
Thiladhunmathi News

ދިއްދޫ ދިއްގާ ފައުންޑޭޝަނުން އެ ރަށުގެ ޣާޒީ ޕްރީސްކޫލަށް އެހީތެރިކަން ފޯރުކޮށްދީފި

ހއ.ދިއްދޫގައި އިޖުތިމާޢީ ކަންކަމުގައި ހަރަކާތްތެރިވަމުން އަންނަ ދިއްގާ ފައުންޑޭޝަންގެ ފަރާތުން އެ ރަށުގައި ހުންނަ ޣާޒީ މުޙައްމަދު ޕްރީސްކޫލަށް އެހީތެރިކަން ފޯރުކޮށް ދީފިއެވެ. އެ ފައުންޑޭޝަނުން މިއަދު ވަނީ އެ ޕްރީސްކޫލަށް ލެޕްޓޮޕަކާއި ޕްރިންޓަރެއް ހަދިޔާކޮށްފައެވެ. ދިއްގާ ފައުންޑޭޝަންގެ ފަރާތުން މި ތަކެތި ހަވާލު ކޮށްދެއްވާފައި ވަނީ ފައުންޑޭޝަންގެ ޖެނެރަލް ސެކްރެޓަރީ، އަޙުމަދު ތަލްހަތާއި އެސިސްޓެންޓް ޖެނެރަލް ސެކްރެޓަރީ އާޒިމް މުޙައްމަދުގެ އިތުރުން ސްޕޯކްސްޕާސަން މަރިޔަމް ޝަފާޒާއެވެ. ޕްރީސްކޫލްގެ...

ޕޭސްޓްރީ ދާއިރާގައި 14 އަހަރު، ޝާޒީގެ މާޒީ ގުޅެނީ ފީވަކުގައި ހުރި އާއިލީ ބޭކަރީ އާއި
Report

ޕޭސްޓްރީ ދާއިރާގައި 14 އަހަރު، ޝާޒީގެ މާޒީ ގުޅެނީ ފީވަކުގައި ހުރި އާއިލީ ބޭކަރީ އާއި

މީގެ ސާޅީހަކަށް އަހަރު ކުރިއަށް ބަލައިލާއިރު، ބޭކަރީގެ މަސައްކަތަކީ ރާއްޖޭގައި އެހާ އާންމު މަސައްކަތެއް ނޫނެވެ. ހާއްސަކޮށް އަތޮޅު ތެރޭގައެވެ. ނަމަވެސް ށ. ފީވަކުގައި އައްޑިހައިގެ އަހަރުތަކުގައި ބޭކަރީއެއް ހުއްޓެވެ. އެތަނުގައި ފާރޮއްޓާއި ޕާން ފިހުނެވެ. އެއީ މި ރިޕޯޓް މި ހާއްސަކުރާ މަރިޔަމް ޝާޒީގެ ބައްޕަގެ ބޭކަރީއެވެ. އެތަން ހިންގާފައި ވަނީ ޝާޒީގެ މަންމައާއި ބައްޕަގެ އިތުރުން އާއިލާގެ މެމްބަރުންގެ އަމިއްލަ މަސައްކަތުންނެވެ. ވުމާއިއެކު ޝާޒީގެ އާއިލާގެ މާޒީ އޮތީ ބޭކަރީގެ މަސައްކަތާއި ގުޅި ލާމެހިފައެވ...

ނޯވިޗް ބަލިކޮށް ސިޓީ ފަރަގު ބޮޑުކޮށްފި
Sports

ނޯވިޗް ބަލިކޮށް ސިޓީ ފަރަގު ބޮޑުކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގެ ހޮނިހިރު ދުވަހުގެ ރޭ މެންޗެސްޓާ ސިޓީއާއި ނޯވިޗް ސިޓީ ބައްދަލުކުރި މެޗު ފަސޭހަ ކަމާއިއެކު ސިޓީން ކާމިޔާބު ކޮށްފިއެވެ. މި މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗަށް ސިޓީން ނުކުމެފައި ވަނީ އެ ޓީމްގެ ފުރަތަމަ އެގާރައިގައި އާންމުކޮށް ހިމެނޭ ބައެއް ކުޅުންތެރިން ބެންޗްގައި ބައިތިއްބައިގެންނެވެ. މިގޮތުން ސިޓީގެ ޑިފެންޑަރ ސްޓޯންސް، އެ ޓީމްގެ ޕްލޭމޭކަރ ޑިބްރޭނާގެ އިތުރުން ރޮޑްރީ ފުރަތަމަ އެގާރާގައި […]