ހއ.ދިއްދޫ އާހިޔާ ކުރި ފިހާރައިގެ 2022 ވަނަ އަހަރުގެ ރޯދަ ސޭލް ފެށިއްޖެއެވެ.
މިއީ ކޮންމެ އަހަރެއްގެ ވެސް ރޯދަމަހާއި ދިމާކޮށް މުޅި އަތޮޅަށް ހުޅުވާލެވިގެން ކުރިއަށް ގެންދާ ރޯދަ ސޭލެކެވެ. މި ސޭލުން ކުރާ 500 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
ދޫކުރެވޭ ކޫޕަނުގެ ގުތުއަތުލުން 03 އޭޕްރިލް 2022 ވަނަ ދުވަހުގެ ރޭ 20:30 ގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެއްވަނައަށް ހޮވޭ ފަރާތަކަށް 10000 (ދިހަހާސް ރުފިޔާ) ވައުޗަރެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ދެވަނައަށް ހޮވޭ ފަރާތަކަށް 5000 (ފަސްހާސް ރުފިޔާ) ގެ ވައުޗަރެއް ދޫކުރުމަށް ހަމަޖެހިފައިވާއިރު، ތިންވަނައަށް ހޮވޭ ފަރާތަކަށް 2500 (ދެހާސް ފަސްސަތޭކަ) ރުފިޔާގެ ވައުޗަރެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
އާހިޔާ ކުރީގެ އޮފިސަލެއް "ތިލަދުން" އަށް މައުލޫމާތު ދީފައިވާ ގޮތުގައި މި ސޭލަކީ ކޮންމެ އަހަރަކު ވެސް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ސޭލެކެވެ. އަތޮޅުގެ ކައިރި ރަށްރަށުން މިސޭލާއި ދިމާކޮށް މީހުން އެ ރަށަށް އަންނަ ކަމަށާއި އަދި ހދ.އަތޮޅާއި ށ.އަތޮޅުން ވެސް ގްރޫޕް ހަދާފައި މި ސޭލަށް ވިޔަފާރި ކުރަން އަންނަ ކަމަށެވެ. އެހެން އަހަރުތަކާއި ހިލާފަށް މި އަހަރު ރޯދަސޭލް އަވަހަށް ފަށަން ނިންމީ ވެސް ކަސްޓަމަރުން އެ ގޮތައް އެދެމުން އަންނާތީ ކަމަށެވެ.
އޮފިސަލް މަޢުލޫމާތު ދީފައިވާ ގޮތުގައި އެ ސޭލުން މި އަހަރު ވެސް ބަދިގެ ސާމާނުން 20 އިންސައްތައާއި ހަމައަށް ޑިސްކައުންޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ގަންނަ މުދާ އަތުގައި ނުވަތަ ސައިކަލުގައި ނުގެންދެވޭ ފަރާތްތަކަށް ޑެލިވަރީގެ ޚިދުމަށް ފޯރުކޮށް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މީގެއިތުރުން ކޯވިޑްގެ ސަބަބުން އެ ރަށަށް ދަތުރުކުރަން އުނދަގޫވާ ފަރާތްތަކަށް ގުޅައިގެން ނުވަތަ ވައިބަރ މެދުވެރިކޮށް ވިޔަފާރި ކޮށްލުމުގެ އިތުރުން އެ ގަންނަ މުދާ ބުނާ އުޅަނދަކަށް ޑެލިވަރީ ކުރުމުގެ ޚިދުމަތް ވެސް މިފަހަރު ފޯރުކޮށް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އާހިޔާ ކުރިއަކީ ހއ.އަތޮޅުގައި އެންމެ ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ، އަދި އެ އަތޮޅުގައ ވެސް ހުރި އެންމެ ބޮޑު އެއް ފިހާރައެވެ. މި ފިހާރައިން ގޭތެރޭގެ ހިފާ ގެންގުޅޭ ސާމާނާއި ފޮއްޗާއި އަންނައުނާއި ފަރުނީޗަރާއި ކާބޯތަކެތީގެ ބާވަތްތަކުގެ އިތުރުން އިލެކްޓްރޯނިކް ސާމާނު ހިމެނޭހެން އެއްތަނަކުން ގިން މުދާ ގަންނަން ލިބެން ހުރެއެވ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!