Skip to main content

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
285 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

ޓެކާސް ފުޓްސަލް މުބާރާތުގެ ހދ. އަތޮޅުގެ ޗެމްޕިއަންކަން ކުޅުދުއްފުއްޓަށް
Thiladhunmathi News

ޓެކާސް ފުޓްސަލް މުބާރާތުގެ ހދ. އަތޮޅުގެ ޗެމްޕިއަންކަން ކުޅުދުއްފުއްޓަށް

ޓެކާސްއިން މުޅި ރާއްޖެއަށް އަމާޒުކޮށް ބާއްވާ “ޓެކާސް މައިލޯ ޗެމްޕިއަންޝިޕް މޯލްޑިވްސް ކަޕް” ފުޓްސަލް މުބާރާތުގެ ހދ.އަތޮޅުގެ ޗެމްޕިއަންކަން ކުޅުދުއްފުށިން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު ހޮނިހިރު ދުވަހުގެ ރޭ ނޮޅިވަރަންފަރު ފުޓްސަލް ދަނޑުގައި ކުޅުނުއިރު މި މެޗު ޓީމް ހަނިމާދޫއާއި ވާދަކޮށް ޓީމް ކުޅުދުއްފުށިން ކާމިޔާބު ކޮށްފައި ވަނީ 4-2 ގެ ނަތީޖާއަކުންނެވެ. އެހެން މެޗުތަކެކޭ އެއްގޮތަށް މި މެޗުގައި ވެސް ކުޅުދުއްފުށި ޓީމްގެ ފަރާތުން ފެނިގެން ގޮސްފައި ވަނީ މޮޅު ޑިފެންސިވް ގޭމެކެވެ. […]

ސައުތެމްޓަން އަތުން ވެސް ޔުނައިޓެޑަށް މޮޅެއް ނުވެވުން
Sports

ސައުތެމްޓަން އަތުން ވެސް ޔުނައިޓެޑަށް މޮޅެއް ނުވެވުން

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ މެންޗެސްޓާ ޔުނައިޓެޑާ ސައުތެމްޓަން ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެއްވަރު ވެފައި ވަނީ 1-1 ގެ ނަތީޖާއަކުންނެވެ. މި މެޗުން އެއްވަރު ވުމާއިއެކު ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް އެ ޓީމަށް މޮޅެއް ހޯދިފައި ނުވެއެވެ. ޗެމްޕިއަންޝިޕްގެ ޓީމެއް ކަމަށް ވާ މިޑްލްސްބަރާ އަތުން ބަލިވެ އެފްއޭކަޕުން ކެޓިއިރު ޕްރިމިއާ ލީގުގައި ނިމިދިޔަ ހަފްތާގައި ބާންލީއާއި ބައްދަލުކުރި […]

ޓެކާސް ފުޓްސަލް މުބާރާތުގެ ހދ. އަތޮޅުގެ ފައިނަލުގައި ހަނިމާދޫއާއި ކުޅުދުއްފުށި
Thiladhunmathi News

ޓެކާސް ފުޓްސަލް މުބާރާތުގެ ހދ. އަތޮޅުގެ ފައިނަލުގައި ހަނިމާދޫއާއި ކުޅުދުއްފުށި

ޓެކާސްއިން މުޅި ރާއްޖެއަށް އަމާޒުކޮށް ބާއްވާ “ޓެކާސް މައިލޯ ޗެމްޕިއަންޝިޕް މޯލްޑިވްސް ކަޕް” ފުޓްސަލް މުބާރާތުގެ ހދ.އަތޮޅުގެ ފައިނަލުން ޓީމް ހަނިމާދޫއާއި ޓީމް ކުޅުދުއްފުށި ޖާގަ ހޯދއިފިއެވެ. މި މުބާރާތުގެ ފައިނަލުން ހަނިމާދޫ ޖާގަ ހޯދާފައި ވަނީ ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށް 12 ޕޮއިންޓާއިއެކު ޕޮއިންޓް ތާވަލުގެ އެއްވަނަ ޓީމްގެ ގޮތުގައެވެ. ހަނިމާދޫ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ކުޅުދުއްފުއްޓާއެވެ. އެ މެޗު 2-0 ގެ ނަތީޖާއިން ވަނީ ކާމިޔާބު […]

ނޮޅިވަރަމް ފެނަކަ އާ އޮފީސް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ
Thiladhunmathi News

ނޮޅިވަރަމް ފެނަކަ އާ އޮފީސް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ

ހދ.ނޮޅިވަރަމް ފެނަކަ ބްރާންޗްގެ އާ އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އިޢުލާން ކޮށްފިއެވެ. މިއީ ފެނަކައިން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރި ދެވަނަ އިޢުލާނެވެ. ފުރަތަމަ މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ އޮފީހުން އިޢުލާން ކޮށްފައި ވަނީ ފާއިތުވި އަހަރު ޑިސެމްބަރ މަހުގެ 19 ވަނަ ދުވަހުއެވެ. މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކުންފުނިން ކުރިންކުރި އިޢުލާނަށް އެކަށީގެންވާ […]

ފުލުގައި އޮތް ބާންލީ އަތުން ޔުނައިޓެޑަށް ޕޮއިންޓެއް
Sports

ފުލުގައި އޮތް ބާންލީ އަތުން ޔުނައިޓެޑަށް ޕޮއިންޓެއް

އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލުގެ ފުލުގައި އޮތް ބާންލީއާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. އަންގާރަ ދުވަހުގެ ރޭ ބާންލީގެ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގައި ޔުނައިޓެޑަށް އެދެވޭ ނަތީޖާއެއް ނުނެރެވުނު ނަމަވެސް އެ ޓީމުން ވަނީ ބާންލީގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. މެޗުގެ ވަރަށް ކުރީކޮޅު ޔުނައިޓެޑަށް ލިބުނު ހިލޭ ޖެހުމަކުން […]

ހދ. އަތޮޅު މަދަރުސާ 12 ކްލާސްރޫމްގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ހދ. އަތޮޅު މަދަރުސާ 12 ކްލާސްރޫމްގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ. ވައިކަރަދޫގައި ހުންނަ ހދ. އަތޮޅު މަދަރުސާގައި އިމާރާތް ކުރަން ފަށާފައިވާ 12 ކުލާސް ރޫމުގެ ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތާއި ގުޅިގެން 07 ފެބްރުއަރީ 2022 ގައި ފިނޭންސްމިނިސްޓްރީން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެދިލެއްވުމުގެ މަތިން، ހދ. އަތޮޅު މަދަރުސާގެ 12  ކްލާސްރޫމް އިމާރާތުގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. މިމަސައްކަތަށް ބިޑު ހުށ...

ސެނެގާލް، ފުރަތަމަ ފަހަރަށް އެފްރިކާގެ ރަސްކަމަށް
Sports

ސެނެގާލް، ފުރަތަމަ ފަހަރަށް އެފްރިކާގެ ރަސްކަމަށް

އެފްރިކަން ކަޕް އޮފް ނޭޝަންސް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ސެނެގާލުން ކާމިޔާބު ކޮށްފިއެވެ. އާދީއްތަ ދުވަހުގެ ރޭ ކެމަރޫންގެ އޮލެމްބޭ ސްޓޭޑިއަމްގައި މިސްރާއި ދެކޮޅަށް ކުޅުނު ފައިނަލް މެޗުގެ ސެނެގާލް ކާމިޔާބު ކޮށްފައިވަނީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެފައި އޮތުމުން ނަތީޖާ ނެރެންޖެހި ޕެނަލްޓީގައި 4-2 އިން މިސްރު މައްޗަށް ކުރި ހޯދައިގެންނެވެ. މި މުބާރާތުގެ ފައިނަލަށް ސެނެގާލް އައިސްފައި ވަނީ ސެމީ ފައިނަލުގައި […]

ޓެކާސް ފުޓްސަލް މުބާރާތުގެ ހދ. އަތޮޅު ބުރު މިއަދު ފަށަނީ
Thiladhunmathi News

ޓެކާސް ފުޓްސަލް މުބާރާތުގެ ހދ. އަތޮޅު ބުރު މިއަދު ފަށަނީ

ޓެކާސްއިން މުޅި ރާއްޖެއަށް އަމާޒުކޮށް ބާއްވާ، ޓެކާސް މައިލޯ ޗެމްޕިއަންޝިޕް މޯލްޑިވްސް ކަޕްގެ ހދ. އަތޮޅުގެ މެޗުތައް މިއަދު ފަށާނެއެވެ. މި މުބާރާތުގެ ހދ. އަތޮޅުގެ މެޗުތައް ފުރަތަމަ ފެށުމަށް ނިންމާފައި ވަނީ 18 ޖަނަވަރީ 2022 ގައެވެ. ނަމަވެސް މުބާރާތުގެ ފެށުން 07 ފެބްރުއަރީ 2022 އަށް ލަސްކޮށްފައި ވަނީ ހދ.އަތޮޅުގެ ގިނަ ރަށްތަކެއްގައި ކޯވިޑްގެ ހާލަތު ގޯސްވުމުންނެވެ. އޭރު މުބާރާތް ކުޅުމަށް ހަމަޖެހިފައި އޮތީ ވެސް ކުޅުދުއްފުށީގައެވެ. ކުޅުދުއްފުށީގެ ކޯވިޑްގެ ހާލަތު އަދިވެސް ރަނގަޅުވެފައި […]

ލައިޕްޒިގް ބަލިކޮށް ބަޔާނުން ފަރަގު ބޮޑުކޮށްފި
Sports

ލައިޕްޒިގް ބަލިކޮށް ބަޔާނުން ފަރަގު ބޮޑުކޮށްފި

ޖަރުމަނު ބުންޑަސް ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ބަޔާން މިޔުނިކާއި އާރްބީ ލައިބްޒިގް ބައްދަލުކުރި މެޗު ބަޔާނުން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގައި ފަރަގު ބޮޑު ކޮށްފިއެވެ. މި މެޗު ބަޔާނުން ކާމިޔާބު ކޮށްފައި ވަނީ 3-2 ގެ ނަތީޖާއަކުންނެވެ. ވާދަވެރި ކުޅުމެއް ދެ ޓީމްގެ ފަރާތުން ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ބަޔާނުންނެވެ. މި ލަނޑު 12 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ޖަރުމަނުގެ ތަޖުރިބާކާރު ފޯވާޑް ތޯމަސް މުލާއެވެ. ލެވަންޑޯސްކީ […]

ރައީސް ވިދާޅުވި ގޮތަށް ހަނިމާދޫ ބަނދަރުގެ މަސައްކަތް ކުރިއަށް ނުދާތީ ރައްޔިތުންގެ ކަންބޮޑުވުން
Thiladhunmathi News

ރައީސް ވިދާޅުވި ގޮތަށް ހަނިމާދޫ ބަނދަރުގެ މަސައްކަތް ކުރިއަށް ނުދާތީ ރައްޔިތުންގެ ކަންބޮޑުވުން

ހދ. ހަނިމާދޫގައި ބަނދަރުގެ މަސައްކަތް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވި ގޮތަށް ކުރިއަށް ނުދާތީ، ބަނދަރުގެ މަސައްކަތް ރައީސް ވިދާޅުވިގޮތަށް ކުރިއަށް ގެންދިޔުމަށް ގޮވާލައި ހަނިމާދޫ ބަނދަރުގައި ބެނާއެއް ދަމައިފިއެވެ. މިއަދު  ހަނިމާދޫ ބަނދަރުގައި ދަމާފައިވާ ބެނާގައި ލިޔެފައި ވަނީ ” ރައީސް ވިދާޅުވި ގޮތަށް ބޭރުތޮށީގައި ރިވެޓްމެންޓް ޖަހައިދީ” މިހެންނެވެ. ހަނިމާދޫގެ ބަނދަރު އަޕްގްރޭޑް މަޝްރޫއު ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލ...

އެފްއޭ ކަޕުން ވެސް ޔުނައިޓެޑް ކަޓައިފި
Sports

އެފްއޭ ކަޕުން ވެސް ޔުނައިޓެޑް ކަޓައިފި

އިނގިރޭސި އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި އިނގިރޭސި ފުޓްބޯޅައިގެ ދެވަނަ ފަންތީގެ ޓީމެއް ކަމަށްވާ މިޑްލްސްބަރާ އަތުން ބަލިވެ މެންޗެސްޓާ ޔުނައިޓެޑް މުބާރާތުން ކަޓައިފިއެވެ. ހުކުރު ދުވަހުގެ ރޭ ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 1-1 ގެ ނަތީޖާއިން އެއްވަރު ވެފައއެވެ. އިތުރު ވަގުތު ކުޅުނު ނަމަވެސް ނަތީޖާއަށް ބަދަލެއް އައިސްފައި ނުވާތީ މެޗުގެ ނަތީޖާ ނެރެފައި ވަނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީ ޖަހައިގެން މިޑްލްސްބަރާއިން […]

ބޯގަންވިލާ މަލުގެ ކުލަތަކުން ހަނިމާދޫއަށް އިތުރު ހިތްގައިމުކަމެއް
Report

ބޯގަންވިލާ މަލުގެ ކުލަތަކުން ހަނިމާދޫއަށް އިތުރު ހިތްގައިމުކަމެއް

ހަނދާންވާން ފެށިއިރު ވެސް ރަށުގައި ބޯގަންވިލާ ހުރެއެވެ. ނަމަވެސް އޭރު އެއީ އެހާ އާންމު މާ ގަހެއް ނޫނެވެ. ހާއްސަކޮށް ތަފާތު ކުލަކުލައިގެ ބޯގަންވިލާ އޭރު ރަށުގައި ނުހުރެއެވެ. ފެންނަނީ ހަމައެކަނި އެއް ކުލައެއް ނުވަތަ ދެ ކުލައެކެވެ. މަދު ގެއެއްގެ ދޮރޯށި މައްޗަށް ބޯގަންވިލާ އަރުވާފައި އޮންނާތީ ފެނެއެވެ. އުމުރުން ދުވަސްވީ ބައެއް މީހުން އޭރު ބުނާތީ އަޑު އިވެއެވެ. ބޯގަންވިލާ ގަހަކީ ވަރަށް ނާމާން ގަހެކެވެ. އެއީ އެ ދުވަސްވަރުގެ ވަރަށް ގިނަ މީހުންގެ […]

ފާއިތުވި އަހަރަކީ މަރޮށީގެ އަންހެނުންގެ ކޮމެޓީއަށް ކާމިޔާބު އަހަރެއް
Thiladhunmathi News

ފާއިތުވި އަހަރަކީ މަރޮށީގެ އަންހެނުންގެ ކޮމެޓީއަށް ކާމިޔާބު އަހަރެއް

ފާއިތުވި 2021 ވަނަ އަހަރަކީ ށ.މަރޮށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް ކާމިޔާބު އެތައް ހަރަކާތްތަކެއް ހިންގާފައިވާ ކާމިޔާބު އަހަރެއް ގޮތުގައި އެ ކޮމެޓީގެ ފާއިތުވި އަހަރު ލަނޑުދަނޑިތައް ހާސިލުވީ މިންވަރު އަންގައިދޭ ރިޕޯޓުގައި ހާމަ ކޮށްފިއެވެ. އެ ކޮމެޓީން އިސް ނަގައިގެން ފާއިތުވި އަހަރު ރަށު ފެންވަރުގައި ވަނީ ގިނަ ހަރަކާތްތަކެއް ހިންގާފައެވެ. އެ ހަރަކާތްތަކުގެ ތެރޭގައު އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ ރަށުގެ ދުވަސްވީ މީހުންނަށް ޒިޔާރަތްކޮށް ހާލުބަލައި [...

ބިލެތްފަހީގައި ފުޓްސަލް ދަނޑެއް އަޅައިދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ބިލެތްފަހީގައި ފުޓްސަލް ދަނޑެއް އަޅައިދޭނެ ފަރާތެއް ހޯދަނީ

ށ. ބިލެތްފަހީ ގައި ފުޓްސަލްދަނޑެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. އެރަށުގައި ތަރައްގީ ކުރަން ނިންމާފައި ވަނީ އޭ ގްރޭޑްގެ ފުޓްސަލް ދަނޑެކެވެ. މި ދަނޑު އަޅައިދޭނެ ބަޔަކު ހޯދަން އެރަށު ކައުންސިލުން އިއުލާންކޮށްފައި ވަނީ އެ ކައުންސިލުން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި އެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދުމަށެވެ. މި މަސައްކަތައް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް، މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ދ...

ފާއިތުވި އަހަރު މިލަންދޫ އަންހެނުންގެ ކޮމެޓީން ވަނީ ގިނަ ހަރަކާތްތަކެއް ހިންގާފައި
Thiladhunmathi News

ފާއިތުވި އަހަރު މިލަންދޫ އަންހެނުންގެ ކޮމެޓީން ވަނީ ގިނަ ހަރަކާތްތަކެއް ހިންގާފައި

ފާއިތުވި 2021 ވަނަ އަހަރު ށ.މިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އެ ރަށުގައި ގިނަ ހަރަކާތްތަކެއް ހިންގާފައިވާ ކަމުގައި އެ ކޮމެޓީގެ ފާއިތުވި އަހަރު ލަނޑުދަނޑިތައް ހާސިލް ކުރެވިފައިވާ މިންވަރު އަންގައިދޭ ރިޕޯޓުގައި ހާމަ ކޮށްފިއެވެ. މިގޮތުން ފާއިތުވި އަހަރު އެ ކޮމެޓީން ކުރިއަށް ގެންގޮސްފައިވާ ހަރަކާތްތަކުގެ ތެރޭގައި އެ ކޮމެޓީން އިސް ނަގައިގެން މިލަންދޫ ސްޕޯޓްސް ކުލަބާއި ގުޅިގެން ހޭންޑްބޯލް މުބާރާތެއް ކުރިއަށް ގެންދިޔުމުގެ އިތުރުން ހޭންޑްބޯލް ކޯޗިން ކޭމްޕެއް ވަނީ ކުރިއަށް ގެންގ...