ށ. ނޫމަރާ ސްކޫލުގެ 04 ކްލާސްރޫމް އިމާރާތުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީން އިޢުލާން ކޮށްފިއެވެ.
މިކަމާއި ގުޅިގެން މިއަދު އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިންކުރެވުނު އިޢުލާނާއި ގުޅިގެން، މި މަސައްކަތަށް ޝަރުތު ހަމަވާ އެއްވެސް ފަރާތެއް ކުރިމަތިލާފައި ނުވާތީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.
މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލަޕްމެންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށް އެކަންޏެވެ.
މި މަސައްކަތަށް ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 24 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމް ހުށަހެޅުއްވައި ރަޖިސްޓަރީގެ ކަންކަން ނިންމެޗުމަށް އެ މިނިސްޓްރީން ވަނީ އެދިލައްވާފައެވެ. އެ ލިންކް މެދުވެރިކޮށް ރަޖިސްޓްރީގެ ކަންކަން ނުނިންމޭ ފަރާތްތަކުން yazeedh.mohamed@moe.gov.mv މި މެއިލް އެޑްރެސްއަށް މެއިލް ކުރައްވައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ރަޖިސްޓަރީގެ ކަންކަން ނިންމެވުމަށް އެ މިނިސްޓްރީން ވަނީ އެދިލައްވާފައެވެ.
ލުންކް: https://forms.moe.gov.mv/
މި މަސައްކަތާއި ގުޅޭގޮތުން އެއްވެސް ސުވާލެއް ވާނަމަ ބަޔާންކުރެވިދިޔަ މެއިލް އެޑްރެސްއަށް މެއިލް ކުރައްވައިގެން އެކަމެއް ސާފުކުރެއްވުމަކީ މަސައްކަތައް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމަށާއި، ވުމާއެކު އެއްވެސް ސުވާލެއްވާނަމަ 27 ފެބްރުއަރީ 2022 ގެ 14:00 ގެ ކުރިން އެކަން ސާފުކޮށް ނިންމެވުމަށް އެ މިނިސްޓްރީން ވަނީ އެދިލައްވާފައެވެ.
މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 25000 (ފަންސަވީސްހާސް) ރުފިޔާ ހުށަހަޅން ޖެހޭއިރު، މި މަސައްކަތަށް ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 02 މާރިޗު 2022 ވާ ބުދަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފިޒިކަލް ފެސިލިޓީސް ޑެވެލޮޕްމެންޓް ސެކްޝަން (ވެލާނާގެ 8 ވަނަ ފަންގިފިލާ) ޖަލްސާކުރާ މާލަމުގައެވެ.
މި މަސައްކަތާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވާ އިޢުލާނުގައި އިތުރަށް ވިދާޅުވެފައި ވަނީ މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭނޭ ޝަރުތުތައް މި މަސައްކަތާއި ގުޅިގެން އަންމު ކޮށްފައިވާ ބީލަން ފޮތުގައި ހިމެނިފައިވާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!