ހއ. ދިއްދޫ މުލައްމާގޭ މުހައްމަދު އައްޝަމަށް ފުރުޅުލީ ގޮނޑީގައި އިތުރު މީހެއްގެ އެހީތެރިކަމާއި ނުލައި ގެއަށް ވަދެނުކުމެވޭނޭ ގޮތަށް، އެ ގޭގެ ދޮރުމަތީގައި ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުގެ ފަރާތުން ރޭމްޕެއް އަޅައިފިއެވެ.
މުހައްމަދު އައްޝަމަކީ އުމުރުން 9 އަހަރުގައި ކުޅެން އުޅެނިކޮށް ފަޔަށް ލިބުނު އަނިޔާއަކާއި ގުޅިގެން ފުރުޅުލީ ގޮނޑި ބޭނުން ކުރަމުން އަންނަ ކުއްޖެކެވެ. ފާއިތުވި ހަތަރު އަހަރެއްހާ ދުވަހު އެ ގޭގެ ދޮރުމަތީގައި، ފުރުޅުލީ ގޮނޑީގައި ގެއަށް ވަދެ ނުކުމެވޭނޭ އިންތިޒާމެއް ހަމަޖެހިފައި ނެތުމުގެ ސަބަބުން އައްޝަމް ގެއަށް ވަދެ ނުކުމެފައި ވަނީ އެހެން މީހުންގެ އެހީތެރިކަމާއި އެކުއެވެ.
މިކަމާއި ގުޅޭގޮތުން "ތިލަދުން" އަށް މަޢުލޫމާތު ދެއްވަމުން މިޑްލް ސްޕޯޓްސް ކުލަބުގެ ރައީސް ނަޝްވާން އިބްރާހީމް ވިދާޅުވެފައި ވަނީ މި މަސައްކަތަކީ އެ ކުލަބުގެ އިޖުތިމާޢީ ޒިންމާގެ ދަށުން މި އަހަރު ކުރިއަށް ގެންދެވުނު ފުރަތަމަ މަސައްކަތް ކަމަށެވެ.
އައްޝަމަށް ފުރޮޅުލީ ގޮނޑީގައި ގެއަށް ވަދެ ނުކުމެވޭނޭގޮތް މިޑްލް ސްޕޯޓްސް ކުލަބުން ފަހި ކޮށްދީފިhttps://t.co/SPKhtGlf92 pic.twitter.com/bd4kWg2X2y
— Thiladhun (@thiladhun) February 14, 2022
ނަޝްވާން އިތުރަށް ވިދާޅުވެފައި ވަނީ ރޭމްޕް އެޅިގެންދިޔަ މަގަކީ ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ތަރައްޤީ ކޮށްފައިވާ މަގަކަށް ވުމުން މި މަސައްކަތް ކޮސްފައި ވަނީ ދިއްދޫ ކައުންސިލުން ހޯދަންޖެހޭ ހުއްދަތައް ހޯދުމަށް ފަހުގައި ކަމަށެވެ.
ނަޝްވާން އިތުރަށް ވިދާޅުވެފައި ވަނީ އާންމުން ވަދެނުކުމެވާ ހުރިހާ މުއައްސަސާއެއްގައި މިފަދަ ރޭމްޕްތައް މިހާރު ތަރައްޤީ ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށާއި، އެފަދަ ތަންތަން ފަރުމާކުރާއިރު އެބައިތައް ހިމަނަން ޖެހޭ ކަމަށެވެ. އޭރުން މުޖުތަމަޢުގައި ދިރިއުޅެމުން އަންނަ ފުރޮޅުލީ ގޮނޑި ބޭނުންކުރާ ފަރާތްތަކަށް މުއައްސަސާތަކަށް ގޮސް އެހެން މީހެއްގެ އެހީތެރިކަމާއި ނުލާ ޚިދުމަތް ހޯދައި ގަނެވޭނެ ކަމަށެވެ.
މިޑްލް ސްޕޯޓްސް ކްލަބުގެ މި އެހީތެރިކަމަކީ އައްޝަމަށާއި، ޢާއިލާއަށް ލިބުނު ބޮޑު އެހީތެރިކަމަކާއި، އުފަލެއް
ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން 2019 ވަނަ އަހަރު ދިއްދޫ އެޓޯލް އެޑިއުކޭޝަން ސެންޓަރުގައި ވެސް ވަނީ ރޭމްޕެއް އަޅައި ފުރޮޅުލީ ގޮންޑި ބޭނުންކުރާ ފަރާތްތަކަށް އެތަނަށް ވަދެ ނުކުމެވޭނޭ އިންތިޒާމް ހަމަޖައްސާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!