ހދ. ނޮޅިވަރަމް ފުޓްބޯޅަދަނޑުގެ ވަށާފާރު ރޭނުމާއި ފެންސްޖެހުމާއި ގޯލް ފެންސްޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ.

މިއީ މި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާންކުރި ދެވަނަ ފަހަރެވެ. އެ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިޢުލާން ކުރެވިފައި މިވަނީ ފުރަތަމަ ފަހަރު ހުޅުވާލެވުނު ފުރުޞަތުގެ ދަށުން އެކަށީގެންވާ އަންދާސީ ހިސާބެއް ހުށަހަޅާފައި ނުވާތީއެވެ.

Ad
rt

އެ ކައުންސިލުން އިތުރަށް ވިދާޅުވެފައި ވަނީ މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުން 27 ފެބުރުވަރީ 2022 ވާ (އާދީއްތަ) ދުވަހުގެ 13:00ގެ ކުރިން އެ ކައުންސިލްގެ ނަމްބަރ (6520043) އަށް ގުޅުއްވައިގެން ނުވަތަ ތިރީގައި ހިމަނާފައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓަރީގެ ކަންކަން ނިންމަވަން ވާނެ ކަމަށެވެ. ރަޖިސްޓަރީ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ލިބިނުލައްވާނެ ކަމަށާއި، ރަޖިސްޓަރީ ވާ ފަރާތްތަކަށް މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެ ކައުންސިލުން މެއިލް ކުރައްވާނެ ކަމަށެވެ.

ބީލަމުގައި ނަންނޯޓް ކުރުމުގެ ލިންކް: https://forms.gle/VUEm5JKYbfHjUdTa7

އެ ކައުންސިލުން އިތުރަށް ވިދާޅުވެފައި ވަނީ މި މަސައްކަތާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 27 ފެބުރުވަރީ 2022 ވާ (އާދީއްތަ) ދުވަހުގެ 13:00ގެ ކުރިން (info@nolhivaran.gov.mv ) މި މެއިލް އެޑްރެސްއަށް މެއިލް ކުރައްވައި އެކަމެއް ސާފްކުރަންވާނެ ކަމަށެވެ.

އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ 28 ފެބުރުވަރީ 2022 ވާ (ހޯމަ) ދުވަހުގެ 13:00ގައި ނޮޅިވަރަމް ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.