Skip to main content

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
286 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

ނެއްލައިދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީގެ ފުރަތަމަ މެޗުގައި ނިކަ ސިޓީއާއި އެފްސީ ފްރެންޑްސް
Thiladhunmathi News

ނެއްލައިދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީގެ ފުރަތަމަ މެޗުގައި ނިކަ ސިޓީއާއި އެފްސީ ފްރެންޑްސް

ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ނެއްލައިދޫ ކައުންސިލް ކަޕް 2022” ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ނިކަ ސިޓީ ސްޕޯޓްސް ކުލަބާއި އެފްސީ ފްރެންޑްސް ބައްދަލުކުރަން ޖެހިއްޖެއެވެ. މި މުބާރާތުގައި ޖުމްލަ ފަސް ޓީމެއް ބައިވެރިވެފައި ވާއިރު، މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ތިން ޓީމަށް ސެމީގެ ޖާގަ ލިބޭ ގޮތަށެވެ. މިގޮތުން ލީގު ބުރު ނިމުނު […]

ފިނޭ ކައުންސިލް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ޔަންގް ސްޓާއަށް
Thiladhunmathi News

ފިނޭ ކައުންސިލް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ޔަންގް ސްޓާއަށް

ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލާއި، އެރަށު ވައި ސްޕޯޓްސް އެންޑް ރި ކްރިއޭޝަން ކުލަބް ގުޅިގެން ކުރިއަށް ގެންދިޔަ “ފިނޭ ކައުންސިލް ފުޓްސަލް ޓޯނަމަންޓް 2022” ގެ ޗެމްޕިއަންކަން ޔަންގް ސްޓާއިން ކާމިޔާބު ކޮށްފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު 16 ޖުލައި 2022 ވީ ހޮނިހިރު ދުވަހުގެ ރޭ ފިނޭ ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު، ފައިނަލުގައި ބައްދަލު ކޮށްފައި ވަނީ ޔަންގް ސްޓާއާއި ވީއެސްއާރުސީއެވެ. މި މެޗު ޔަންގް ސްޓާއިން ކާމިޔާބު ކޮށްފައި ވަނީ 5-1 […]

އެރިކްސަން މެންޗެސްޓާ ޔުނައިޓެޑަށް
Sports

އެރިކްސަން މެންޗެސްޓާ ޔުނައިޓެޑަށް

ޑެންމާކްގެ ހުނަރުވެރު މިޑްފީލްޑަރ ކްރިސްޓިއަން އެރިކްސަން ހިލޭ ޓްރާންސްފާއެއްގެ ދަށުން މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކޮށްފިއެވެ. ނެދަލެންޑްސްގެ އަޔެކްސްއަށާއި އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެންހަމްއަށާއި ބްރެންޓްފޯޑްގެ އިތުރުން އިޓަލީގެ އިންޓަ މިލާނަށް ވެސް ކުޅެފައިވާ އުމުރުން 30 އަހަރުގެ އެރިކްސަން ޔުނައިޓެޑަށް ސޮއިކޮށްފައި ވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގެ ދަށުން އެރިކްސަން 2025 ވަނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް ޔުނައިޓެޑްގައި މަޑުކުރާނެއެވެ. ޔުނައިޓެޑަށް...

ހަނިމާދޫ "ސާއްބަ ވެޓްރަންސް ފުޓްސަލް މުބާރާތް" ފަށައިފި
Thiladhunmathi News

ހަނިމާދޫ "ސާއްބަ ވެޓްރަންސް ފުޓްސަލް މުބާރާތް" ފަށައިފި

ހދ.ހަނިމާދޫގައި ރަޖިސްޓަރީކޮށްގެން ހިންގަމުން އަންނަ ކުލަބެއް ކަމަށްވާ ސާއްބަ އެކުވެރި ކުލަބުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ސާއްބަ ވެޓްރަންސް ފުޓްސަލް މުބާރާތް ފަށައިފިއެވެ. މި މުބާރާތް މިއަދު ހަވީރު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ފަށާފައިވާއިރު، މިއަދު ވަނީ ދެ މެޗު ކުޅެފައެވެ. ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ އޯލްޑް ސްޓާއާއި ނައިރު ކަންމައްޗެވެ. މި މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ނައިރު ކަންމައްޗެވެ. ދެވަނަ މެޗުގައި ބައްދަލު ކޮށްފައި […]

"ސަމާޒް ކެލާ ސްޕަރ ލީގު 2022" މިއަދު ފަށަނީ، ޗެމްޕިއަން ޓީމަށް 30000 ރުފިޔާ
Thiladhunmathi News

"ސަމާޒް ކެލާ ސްޕަރ ލީގު 2022" މިއަދު ފަށަނީ، ޗެމްޕިއަން ޓީމަށް 30000 ރުފިޔާ

ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ސަމާޒް ކެލާ ސްޕަރ ލީގު 2022” ފުޓްބޯޅަ މުބާރާތް މިއަދު ފެށުމަށް އެ ކައުންސިލުން ތައްޔާރު ވެއްޖެއެވެ. މި މުބާރާތް މިއަދު ހަވީރު ކެލާ ފުޓްބޯޅަ ދަނޑުގައި ފަށާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ވިސެންޑޯ ޑި ސިންކޫއާއި ޓީއޯ ސްޕޯޓްސް ކުލަބެވެ. މި މުބާރާތުގައި ޖުމްލަ ފަސް ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެ ޓީމް ތަކަކީ ކިހައްޑިހަ އެފްސީ، ވިސެންޑޯ ޑި ސިންކޫ، ކެލާ ވެޓެރަންސް […]

ފިނޭ ކައުންސިލް ފުޓްސަލް މުބާރާތާއި ވޮލީ މުބާރާތް ފަށައިފި
Thiladhunmathi News

ފިނޭ ކައުންސިލް ފުޓްސަލް މުބާރާތާއި ވޮލީ މުބާރާތް ފަށައިފި

ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލާއި ވައި ސްޕޯޓްސް އެންޑް ރި ކްރިއޭޝަން ކުލަބް ގުޅިގެން ކުރިއަށް ގެންދާ “ފިނޭ ކައުންސިލް ފުޓްސަލް ޓޯނަމަންޓް 2022” އާއި “ފިނޭ ކައުންސިލް ވިމެންސް ވޮލީބޯލް ޓޯނަމަންޓް 2022” ފަށައިފިއެވެ. ފުޓްސަލް މުބާރާތް 13 ޖުލައި 2022 ވީ ބުދަ ދުވަހުގެ ރޭ ފިނޭ ފުޓްސަލް ދަނޑުގައި ފަށާފައިވާއިރު، ފުރަތަމަ ރޭ ވަނީ ދެ މެޗު ކުޅެފައެވެ. ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ޔަންގް ސްޓާއާއި ވީއެސްއާރުސީއެވެ. މި މެޗު […]

ޑެމްބެލޭ އެއްބަސްވުން އައުކޮށްފި
Sports

ޑެމްބެލޭ އެއްބަސްވުން އައުކޮށްފި

ފްރާންސްގެ ފޯވާޑް އުސްމާނޭ ޑެމްބެލޭ ބާސެލޯނާއާއިއެކު ހަދާފައިވާ އެއްބަސްވުން އައުކޮށް އިތުރު ދެ އަހަރު އެ ޓީމުގައި މަޑުކުރަން ނިންމައިފިއެވެ. އުމުރުން 25 އަހަރުގެ ޑެމްބެލޭ ބާސާއާއިއެކު ކުރިން ހަދާފައިވާ އެއްބަސްވުން މި ހޫނު މޫސުމުގައި ހަމަވި ނަމަވެސް މިހާރު އޭނާ ވަނީ 30 ޖޫން 2024 ގެ ނިޔަލަށް އެ ޓީމުގައި މަޑުކުރަން ނިންމާފައެވެ. ޑެމްބެލޭ ބާސެލޯނާއާއި ގުޅިފައިވަނީ 2017 ވަނަ އަހަރު ބޮރޫޝިއާ ޑޯޓްމަންޑުން 96.8 މިލިއަން ޕައުންޑްގެ ފީއަކަށެވެ. ޑެމްބެލޭ ބޮޑު އަގުގައި […]

ވިމްބަލްޑަން ޓެނިސް މުބާރާތް ޖޮކޮވިޗް ކާމިޔާބުކޮށްފި
Sports

ވިމްބަލްޑަން ޓެނިސް މުބާރާތް ޖޮކޮވިޗް ކާމިޔާބުކޮށްފި

ވިމަބަލްޑަން ޓެނިސް މުބާރާތް ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ސާބިއާގެ ނޮވާކް ޖޮކޮވިޗް ކާމިޔާބު ކޮށްފިއެވެ. ޖިކޮވިޗް މި މުބާރާތް ޖުމްލަ ހަތްފަހަރު ކާމިޔާބު ކޮށްފައިވާއިރު، މިއީ އޭނާ މި މުބާރާތް ވިދިވިގެން ކާމިޔާބުކުރި ހަތަރުވަނަ ފަހަރެވެ. މި މުބާރާތް ވިދިވިދިގެން ހަތަރުފަހަރު ކާމިޔާބު ކޮށްފައިވާ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ޖޮކޮވިޗްގެ އިތުރުން ރޮޖާ ފެޑެރާ، ޕީޓަ ސަމްޕަރަސް އަދި ބިޔޯން ބޯގްއެވެ. އާދީއްތަ ދުވަހު ކުޅުނު ފައިނަލް މެޗުގައި ޖޮކޮވިޗާއި ދެކޮޅަށް ކުޅެފައިވަނީ އޮސްޓްރޭލިއާގެ ނިކް...

ވެކްސިން މަޢުލޫމާތު ހާމަ ނުކުރާތީ ކަންޓޭއާއި ޗީކަށް، އެމެރިކާ ޓްއާގައި ބައިވެރިނުވެވުނު
Sports

ވެކްސިން މަޢުލޫމާތު ހާމަ ނުކުރާތީ ކަންޓޭއާއި ޗީކަށް، އެމެރިކާ ޓްއާގައި ބައިވެރިނުވެވުނު

އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ބާރެއްކަމަށްވާ ޗެލްސީ ފުޓްބޯލް ކުލަބްގެ މިޑްފީލްޑްގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ދެ ކުޅުންތެރިންކަމަށްވާ އެންގޯލޯ ކަންޓޭއާއި، ލޮފްޓަސް ޗީކް، ކޯވިޑް ވެކްސިން ޖެހިކަމުގެ މަޢުލޫމާތު ފުރިހަމައަށް ހާމަކޮށްފައި ނުވާތީ އެ ޓީމުން ޕްރީ ސީޒަންގައި އެމެރިކާއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުގައި ބައިވެރި ވުމުގެ ފުރުޞަތު އެ ދެކުޅުންތެރިންނަށް ގެއްލިއްޖެއެވެ. ކޯވިޑް ވެކްސިން ފުރިހަމަކޮށް އެ މަޢުލޫމާތު ފުރިހަމައަށް ހާމަނުކުރާ ފަރާތްތަކަށް އެމެރިކާއަށް އެތެރެވުމުގެ ފު...

ނެއްލައިދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތް ފަށައިފި
Thiladhunmathi News

ނެއްލައިދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތް ފަށައިފި

ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ނެއްލައިދޫ ކައުންސިލް ކަޕް 2022” ފުޓްބޯޅަ މުބާރާތް ފަށައިފިއެވެ. މިއަދު ހަވީރު ނެއްލައިދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ފެށި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ އެފްސީ ދުންމާރިއާއި ކުލަބް ރެފިއުޖީއެވެ. މި މެޗު 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ ރެފިއުޖީއެވެ. މި މެޗުގައި ރެފިއުޖީ ޓީމަށް ލަނޑުތައް ކާމިޔާބު ކޮށްދީފައި ވަނީ ސާވިން، ނާފިޒް، ފަޔާޒްގެ އިތުރުން މުއާޒެވެ. […]

ޑި މާރިއާ ޔުވެންޓަސްއަށް
Sports

ޑި މާރިއާ ޔުވެންޓަސްއަށް

އާޖެންޓީނާގެ ހުނަރުވެރި ކުޅުންތެރިޔާ އަންހެލް ޑި މާރިއާ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން، ހިލޭ ޓްރާންސްފާއެއްގައި އިޓަލީގެ ޔުވެންޓަސްއަށް ސޮއި ކޮށްފިއެވެ. އުމުރުން 34 އަހަރުގެ ޑި މާރިއާ ފާއިތުވި ސީޒަނުގެ ނިޔަލަށް، އޭނާ ފްރާންސްގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމެއިންއާއިއެކު ހަދާފައިވާ އެއްބަސްވުން ވަނީ ހަމަވެފައެވެ. ޑި މާރިއާ ޕީސްޖީ ދޫކޮށްލާފައި މިވަނީ އެ ޓީމަށް ހަތް ސީޒަން ކުޅުމަށް ފަހުއެވެ. މެންޗެސްޓާ ޔުނައިޓެޑުން 2014 ވަނަ އަހަރު ރެއާލް މެޑްރިޑުން ޑިމާރިއާ ގެނެސްފައަނި […]

ދިއްދޫގައި އަޟްހާ ޢީދު ކުލަގަދަކޮށް ފާހަގަކުރަނީ، ހަވާ ވެސް އަރުވާނެ!
Thiladhunmathi News

ދިއްދޫގައި އަޟްހާ ޢީދު ކުލަގަދަކޮށް ފާހަގަކުރަނީ، ހަވާ ވެސް އަރުވާނެ!

ހއ.ދިއްދޫގައި މި އަހަރުގެ އަޟްހާ ޢީދު ވަރަށް ކުލަގަދަކޮށް ފާހަގަ ކުރުމަށް ތައްޔާރުވަމުން އެބަދެއެވެ. ޢީދު ދުވަހުން ފެށިގެން ޖުމްލަ ފަސް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ތާވަލުކޮށްފައިވާ ހަރަކާތްތަކުގެ ތެރޭގައި ޢީދު ސައިފޮދު، ފެންކުޅިވަރު، ޢީދު އުފާ ހަވީރު ކުޅިވަރު، ހަވާއެރުވުން، ސްޓޭޖް ޝޯ، ހަންޓިންގ ޝޯ، ކެއްކުމުގެ މުބާރާތް، ކުޑަކުދިންގެ ކުޅިވަރު، ފިރިހެނުންގެ ވާދެމުމުގެ އިތުރުން އަންހެނުންގެ ވާދަމެން ހިމެނެއެވެ. ދިއްދޫގައި ޢީދު ނަމާދު މި އަހަރު ކުރުމަށް ހަމަޖެހިފައި ވަނީ ބޮޑު ޖަމާއަތުގައެ...

އިހަވަންދޫ ކުލަބް ޕޯލްސްޓާއިން އެ ރަށުގައި ޢީދު ފާހަގަ ކުރުމަށް ގިނަ ހަރަކާތްތަކެއް
Thiladhunmathi News

އިހަވަންދޫ ކުލަބް ޕޯލްސްޓާއިން އެ ރަށުގައި ޢީދު ފާހަގަ ކުރުމަށް ގިނަ ހަރަކާތްތަކެއް

ހއ.އިހަވަންދޫ ކުލަބް ޕޯލްސްޓާއިން އެ ރަށުގައި މި އަހަރުގެ އަޟްހާ ޢީދު ކުލަގަދަކޮށް ފާހަގަ ކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަ ތައްޔާރުވެއްޖެއެވެ. ޢީދު ދުވަހުން ފެށިގެން ޖުމްލަ ފަސް ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދަން ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި ގިނަ ކުޅިވަރުތައް ހިމެނެއެވެ. މިގޮތުން 09 ޖުލައި 2022 ވަނަ ދުވަހު ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރުމަށް ފަހު ކުލަމަޖާ ކުޅުން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެއަށްފަހު އެ ދުވަހު ޢީދު ސައި ކުރިއަށް […]

ނެއްލައިދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތް އީދު ދުވަހު ފަށަނީ
Thiladhunmathi News

ނެއްލައިދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތް އީދު ދުވަހު ފަށަނީ

ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ނެއްލައިދޫ ކައުންސިލް ކަޕް 2022” ފުޓްބޯޅަ މުބާރާތް މި އަހަރުގެ އަޟްހާ އީދު ދުވަހު ފެށުމަށް ތާވަލުކޮށްފިއެވެ. ނެއްލައިދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމާއި ކުޅިވަރުގެ ރޫޙް އާލާކޮށް ޒުވާނުން ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބާރު އެޅުމުގެ އިތުރުން އެ ރަށަކީ އެއްބައި ވަންތަ ރައްޔިތަކު ދިރިއުޅޭ ރަ...

އީދު ފާހަގަ ކުރަން ތިލަދުންމަތީގެ 3 ރަށެއްގައި ހަވާ އަރުވަނީ
Thiladhunmathi News

އީދު ފާހަގަ ކުރަން ތިލަދުންމަތީގެ 3 ރަށެއްގައި ހަވާ އަރުވަނީ

މި އަހަރު އަޟްހާ އީދު ފާހަގަ ކުރުމުގެ ގޮތުން ތިލަދުންމަތީގެ ތިން ރަށެއް ހިމެނޭހެން ޖުމްލަ 18 ރަށެއްގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފިއެވެ. އީދުގައި ހަވާއެރުވުމަށް ހަމަޖެހިފައިވާ ތިލަދުންމަތީގެ ތިން ރަށަކީ ހއ.ބާރަށް، ހއ.ދިއްދޫގެ އިތުރުން ހއ.ވަށަފަރެވެ. ދެން ހަވާ އެރުވުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ނ. ވެލިދޫ، ނ. ހޮޅުދޫ، ނ. ފޮއްދޫ، ރ. މާކުރަތު، ބ. ފުޅަދޫ، ބ. ދަރަވަންދޫ، ބ. އޭދަފުށި، ކ. […]