މި އަހަރު އަޟްހާ އީދު ފާހަގަ ކުރުމުގެ ގޮތުން ތިލަދުންމަތީގެ ތިން ރަށެއް ހިމެނޭހެން ޖުމްލަ 18 ރަށެއްގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފިއެވެ.
އީދުގައި ހަވާއެރުވުމަށް ހަމަޖެހިފައިވާ ތިލަދުންމަތީގެ ތިން ރަށަކީ ހއ.ބާރަށް، ހއ.ދިއްދޫގެ އިތުރުން ހއ.ވަށަފަރެވެ.
ދެން ހަވާ އެރުވުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ނ. ވެލިދޫ، ނ. ހޮޅުދޫ، ނ. ފޮއްދޫ، ރ. މާކުރަތު، ބ. ފުޅަދޫ، ބ. ދަރަވަންދޫ، ބ. އޭދަފުށި، ކ. ދިއްފުށި، ކ. ގުރައިދޫ، ކ. ހިއްމަފުށި، ކ. ގާފަރު، އއ. ތޮއްޑޫ، އއ. އުކުޅަސް، ގދ. ފިޔޯރީގެ އިތުރުން ސ.ހިތަދޫއެވެ.
އެމްއެންޑީއެފުން ވިދާޅުވެފައި ވަނީ، އެ މުއައްސަސާގެ ފަރާތުން އެއްވެސް ރަށެއްގައި އީދު ފާހަގަކުރުމަށް ހަވާ އަރުވަން ނިންމައިފައި ނުވާ ކަމަށެވެ. ނަމަވެސް ވިޔަފާރި އުސޫލުން ހަވާ އެރުވުމަށް 18 ރަށަކުން ސިފްކޯގައި އެދިފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.
ހަވާ އެރުވުމުގެ ހުއްދަ ދީފައިވަނީ ހަމައެކަނި ސިފައިންގެ ކުންފުނި ސިފްކޯއަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!