Skip to main content

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
286 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

ނެއްލައިދޫ ޑަބްލިއުޑީސީން ކުރިއަށް ގެންދިޔަ ކައްކާ ކޯސް ކާމިޔާބުކަމާއިއެކު ނިންމާލައިފި
Thiladhunmathi News

ނެއްލައިދޫ ޑަބްލިއުޑީސީން ކުރިއަށް ގެންދިޔަ ކައްކާ ކޯސް ކާމިޔާބުކަމާއިއެކު ނިންމާލައިފި

ހދ.ނެއްލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ) އިން އެ ރަށުގައި ކުރިއަށް ގެންދިޔަ ކައްކަން ދަސްކޮށްދޭ ކޯސް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. މި ކޯހަކީ ނެއްލައިދޫ ޑަބްލިއުޑީސީއާއި އަފްގާން ކުކްބުކްއާއި ގުޅިގެން 23 ޖޫން 2022 އިން 29 ޖޫން 2022 ގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވާ ކޯހެކެވެ. ނެއްލައިދޫ ކައުންސިލްގެ ނައިބު ރައީސް އަޙްމަދު ރަޝީދު “ތިލަދުން” އަށް ވިދާޅުވީ، ޖުމްލަ 25 ބައިވެރިން މި ކޯސް ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި މި ކޯހަކީ އެ […]

މަކުނުދޫ ކައުންސިލް ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
Thiladhunmathi News

މަކުނުދޫ ކައުންސިލް ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލް ޤުރުއާން މުބާރާތް 1443 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މަކުނުދޫ ކައުންސިލުން އިންތިޒާމް ކޮށްގެން އެރަށުގެ ހުރިހާ އުމުރެއްގެ ފަރާތްތަކަށް ވެސް ބައިވެރިވެވޭގޮތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ މަކުނުދޫ ރައްޔިތުންގެ މެދުގައި ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރުކޮށް، ޤުރުއާން ކިޔެވުމުގެ ވާދަވެރި ރޫހެއް އުފައްދައި ތަޖުވީދު ހަމަތަކުގެ މަތީން ތަރުތީލުކޮށް ޤުރުއާން ކިޔެވުމ...

އީދަށް ކުމުންދޫގައި "ގާކޮޅު ވޮލީ ޗެލެންޖް" ބާއްވަނީ
Sports

އީދަށް ކުމުންދޫގައި "ގާކޮޅު ވޮލީ ޗެލެންޖް" ބާއްވަނީ

ހދ. ކުމުންދޫގައި މި އަހަރު އީދުގެ މުނާސަބާ ފާހަގަ ކުރުމުގެ ގޮތުން “ގާކޮޅު ވޮލީ ޗެލެންޖް 1443” ގެ ނަމުގައި ވޮލީ މުބާރާތެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. ދެ ޖިންސުގެ ޓީމްތަކަށް ވެސް ބައިވެރިވެވޭގޮތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި އަންހެން ތިން ޓީމް، އަދި ފިރިހެން ފަސް ޓީމް ވަނީ ބައިވެރިވެފައެވެ. އަންހެން ކެޓަގަރީގައި ބައިވެރިވެފައިވާ ޓީމްތަކަކީ ޓީމް ފްލޯރާ، ޓީމް ރޫބީގެ އިތުރުން ޓީމް ވޮލީ ސްޓާއެވެ. ފިރިހެން ކެޓަގަރީގައި ބައިވެރިވެފައިވާ ފަސް ޓީމަކީ […]

ކޮރަލްސްއިން ބާއްވާ ވާދެމުމާއި ފައިގަތަޅާ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި
Thiladhunmathi News

ކޮރަލްސްއިން ބާއްވާ ވާދެމުމާއި ފައިގަތަޅާ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ހދ. ކުޅުދުއްފުށި ސިޓީ ކުލަބް ކޮރަލްސްއިން އީދު ފާހަގަކުރުމުގެ ގޮތުން އެ ރަށުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ “ކުލަބް ކޮރަލްސް ވާދެމުން 1443” އާއި “ކުލަބް ކޮރަލްސް ފައިގަތަޅާ 1443” މި ދެ މުބާރާތާއި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ކުލަބް ކޮރަލްސްއިން ހާމަކޮށްފައިވާ ގޮތުގައި އީދުގައި ވާދެމުމުގެ މުބާރާތެއް އެ ރަށުގައި ކުރިއަށް ގެންދިޔުމުގެ މަގުސަދުގެ ތެރޭގައި ހިމެނެނީ ކުޅުދުއްފުށި ސިޓީ ކައުންސިލުން އިސްނަގައިގެން މި އަހަރު އަޟްހާ އީދު “މުއްސަނދި ސަގާފަތާއި” އެކީ ފާހަގަ ކުރުމަށް […...

ކަނޑުދަތުރުކުރާ ހޯރަފުށީ އުޅަނދުފަހަރުގެ މަޢުލޫމާތު ހިއްސާކޮށްދިނުމަށް ކައުންސިލުން އެދިއްޖެ
Thiladhunmathi News

ކަނޑުދަތުރުކުރާ ހޯރަފުށީ އުޅަނދުފަހަރުގެ މަޢުލޫމާތު ހިއްސާކޮށްދިނުމަށް ކައުންސިލުން އެދިއްޖެ

ކަނޑުދަތުރުކުރާ ހއ.ހޯރަފުށީ އުޅަނދުފަހަރުގެ މަޢުލޫމާތު ދަތުރު ފެށުމުގެ ކުރިން ހިއްސާކޮށްދިނުމަށް ހޯރަފުށީ ކައުންސިލުން އެދިއްޖެއެވެ. މިދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ތިންދުވަހު ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށް ލަފާކޮށް ރާއްޖޭގެ މޫސުމާއިބެހޭ އިދާރާއިން ވިދާޅުވެފައިވާތީ، މިއަދު ހޯރަފުށީ ކައުންސިލުން މިކަމަށް ސަމާލުވުމަށް އެދި ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ  ކަނޑުދަތުރު ކުރައްވާއިރު، އޮޑިވެރިންނާއި ކެޕްޓަނުން އަދި ފަޅުވެރިނނާއި ދަތު...

އިހަވަންދޫ ގައި ޢީދު ފާހަގަ ކުރަން އިމަގު ޖަމިއްޔާއިން ގިނަ ހަރަކާތްތަކެއް
Thiladhunmathi News

އިހަވަންދޫ ގައި ޢީދު ފާހަގަ ކުރަން އިމަގު ޖަމިއްޔާއިން ގިނަ ހަރަކާތްތަކެއް

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު)، ޖަމިއްޔާއިން އިސްނަގައިގެން މި އަހަރުގެ އަޟްހާ ޢީދުގެ މުނާސަބާ ފާހަގަ ކުރުމުގެ ގޮތުން ހއ. އިހަވަންދޫގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ. ޖުމްލަ ތިން ދުވަހަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ހަރަކާތްތަކަށް ބަލައިލާއިރު، 09 ޖުލައި 2022 (ޢީދު ދުވަސް) ޢީދު ނަމާދަށް ފަހު އަސަރީ ސައިފޮދު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ ދުވަހުގެ ހަވީރު ކުޑަކުދިންގެ ސަގާފީ ހަވީރު ބޭއްވުމަށް ނިންމާފައިވާއިރު، އެ ރޭ ކުރިއަށް ގެންދިޔުމަށް...

ނޯތު ލީގު: ކުޅުދުއްފުށި އަތުން ދިއްދޫ މޮޅުވިއިރު، ނެއްލައިދޫއާއި އިހަވަންދޫގެ މެޗަށް ހަމަހަމަ ނިމުމެއް
Sports

ނޯތު ލީގު: ކުޅުދުއްފުށި އަތުން ދިއްދޫ މޮޅުވިއިރު، ނެއްލައިދޫއާއި އިހަވަންދޫގެ މެޗަށް ހަމަހަމަ ނިމުމެއް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ދިވެހި ލީގުގެ ކޮލިފައިން ބުރުގައި، އެންމެ އުތުރުގެ ދެ އަތޮޅުގެ މެދުގައި ކުޅޭ، އެމްޓީސީސީ ނޯތު ލީގުގެ ފަސްވަނަ ދުވަހުގެ މެޗުތަކުގައި ދިއްދޫ ބްލެކް ޒީނޯއާއި ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖް ބައްދަލުކުރި މެޗު ދިއްދޫއިން ކާމިޔާބުކުރި އިރު، ޓީމް ނެއްލައިދޫއާއި އިހަވަންދޫ ކުލަބް ޕޯލްސްޓާ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. މިއަދު ހަވީރު ދިއްދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު […]

ވީއޭއެމް އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ސްޕޯޓްސް ކްލަބް ސިޓީން ކާމިޔާބުކޮށްފި
Sports

ވީއޭއެމް އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ސްޕޯޓްސް ކްލަބް ސިޓީން ކާމިޔާބުކޮށްފި

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެސޯސިއޭޝަންކަޕް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޕޯޓްސް ކުލަބް ސިޓީން ކާމިޔާބު ކޮށްފިއެވެ. މިރޭ ސޯސަލް ސެންޓަރުގެ އިންޑޯ ވޮލީ ކޯޓުގައި ކުޅުނު ފައިނަލްމެޗް، ސްޕޯޓްސް ކުލަބް ސިޓީން ކާމިޔާބު ކޮށްފައި ވަނީ 3-2 ސެޓުން ވެމްކޯ ބަލިކޮށްގެންނެވެ. މި މެޗުގައި ދެ ޓީމްގެ ފަރާތުން ވެސް ބަލާހިތްވާކަހަލަ ވާދަވެރި މޮޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. ފުރަތަމަ ސެޓުގައި ވެމްކޯގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ސެޓް ވެމްކޯއިން ކާމިޔާބު […]

ނޯތު ލީގު: އިހަވަންދޫ އަތުން ހަނިމާދޫއަށް މުހިންމު މޮޅެއް، ދިއްދޫއިން ބޮޑުތަފާތަކުން ނެއްލައިދޫ ބަލިކޮށްފި
Thiladhunmathi News

ނޯތު ލީގު: އިހަވަންދޫ އަތުން ހަނިމާދޫއަށް މުހިންމު މޮޅެއް، ދިއްދޫއިން ބޮޑުތަފާތަކުން ނެއްލައިދޫ ބަލިކޮށްފި

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ދިވެހި ލީގުގެ ކޮލިފައިން ބުރުގައި، އެންމެ އުތުރުގެ ދެ އަތޮޅުގެ މެދުގައި ކުޅޭ، އެމްޓީސީސީ ނޯތު ލީގުގެ ހަތަރުވަނަ ދުވަހުގެ މެޗުތަކުގައި ޓީމް ހަނިމާދޫއާއި އިހަވަންދޫ ކުލަބް ޕޯލްސްޓާ ބައްދަލުކުރި މެޗު ހަނިމާދޫއިން ކާމިޔާބުކުރި އިރު، ދިއްދޫ ބީއެކްސް ސްޕޯޓްސް ކުލަބާއި ޓީމް ނެއްލައިދޫ ބައްދަލުކުރި މެޗު ބީއެކްސްއިން ކާމިޔާބު ކޮށްފޮއެވެ. އިއްޔެ ހަވީރު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި […]

މަކުނުދޫ އަންހެނުންގެ ކޮމިޓީގެ ލޯގޯއާއި ދިދަ ފަރުމާކުރުމާ ކޮށްދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

މަކުނުދޫ އަންހެނުންގެ ކޮމިޓީގެ ލޯގޯއާއި ދިދަ ފަރުމާކުރުމާ ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ.މަކުނުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ލޯގޯއާއި ދިދަ ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދުމަށް މަކުނުދޫ ކައުންސިލުން އިޢުލާން ކޮށްފިއެވެ. މަކުނުދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރަސްމީ ލޯގޯއާއި ދިދަ ފަރުމާކޮށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެ ކޮމެޓީން ހޮވާ އެންމެ ރީތި ލޯގޯއާއި ދިދަ ހުށަހަޅުއްވާ ފަރާތަށް 2000.00 (ދެ ހާސް ރުފިޔާ)ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މަކުނުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ލޯގޯއާއި ދިދަ ފަރުމާކޮށް...

ކެލާ ރަމްޒުކޮށްދޭ މޮނިއުމެންޓު ފަރުމާކޮށްދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ކެލާ ރަމްޒުކޮށްދޭ މޮނިއުމެންޓު ފަރުމާކޮށްދޭނެ ފަރާތެއް ހޯދަނީ

ތިލަދުންމަތީ އުތުރުބުރީ ކެލާ ރަމްޒުކޮށްދޭ މޮނިއުމަންޓު ފަރުމާ ކޮށްދިނުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އެ ފުރުޞަތު ކެލާ ކައުންސިލުން ހުޅުވާލައިފިއެވެ. މިކަމާއި ގުޅިގެން މިއަދު އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވަނީ، މޮނިއުމެންޓް ފަރުމާ ކުރުމުގައި ވިސްނަންވީ ކަންކަމުގެ މަޢުލޫމާތު ވަރަށް ތަފްސީލްކޮށް ހިމަނާފައެވެ. މިގޮތުން ހުށަހަޅާ ޑިޒައިން އޮރިޖިނަލް ޑިޒައިނަކަށް ވާނެ ޖެހޭނެކަމަށާއި، މޮނިއުމެންޓެއްގެ ކޮޕީއަކަށް ނުވަތަ މޮނިއުމެންޓެއްގެ ބައެއްގެ ކޮޕީއެއް ހިމަނައިގެން ނުވާނެ ކަމަށ...

ނޯތު ލީގު: ނެއްލައިދޫ އަތުން ހަނިމާދޫ މޮޅުވިއިރު، އިހަވަންދޫއާއި ކުޅުދުއްފުށި މެޗަށް ހަމަހަމަ ނިމުމެއް
Thiladhunmathi News

ނޯތު ލީގު: ނެއްލައިދޫ އަތުން ހަނިމާދޫ މޮޅުވިއިރު، އިހަވަންދޫއާއި ކުޅުދުއްފުށި މެޗަށް ހަމަހަމަ ނިމުމެއް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ދިވެހި ލީގުގެ ކޮލިފައިން ބުރުގައި، އެންމެ އުތުރުގެ ދެ އަތޮޅުގެ މެދުގައި ކުޅޭ، އެމްޓީސީސީ ނޯތު ލީގުގެ ތިންވަނަ ދުވަހުގެ މެޗުތަކުގައި ޓީމް ހަނިމާދޫއާއި ޓީމް ނެއްލައިދޫ ބައްދަލުކުރި މެޗު ހަނިމާދޫއިން ކާމިޔާބު ކުރިއިރު، އިހަވަންދޫ ކުލަބް ޕޯލްސްޓާއާއި ކުޅުދުއްފުށި ޒިގްޒެގް ފޯ ޔޫތު ލިންކޭޖް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. މިއަދު ހަވީރު ހަނިމާދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި ނެއްލައިދޫގެ […]

ނޯތު ލީގު: ކުޅުދުއްފުށި ފެށުން ރަނގަޅުކުރިއިރު ދިއްދޫއާއި އިހަވަންދޫ މެޗަށް ހަމަހަމަ ނިމުމެއް
Sports

ނޯތު ލީގު: ކުޅުދުއްފުށި ފެށުން ރަނގަޅުކުރިއިރު ދިއްދޫއާއި އިހަވަންދޫ މެޗަށް ހަމަހަމަ ނިމުމެއް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ދިވެހި ލީގުގެ ކޮލިފައިން ބުރުގައި، އެންމެ އުތުރުގެ ދެ އަތޮޅުގެ މެދުގައި ކުޅޭ، އެމްޓީސީސީ ނޯތު ލީގުގެ ފުރަތަމަ މެޗުގައި ޓީމް ހަނިމާދޫ ބަލިކޮށް ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖް މުބާރާތުގެ ފެށުން ރަނގަޅު ކުރިއިރު، ދިއްދޫ ބީއެކްސް ސްޕޯޓްސް ކުލަބާއި އިހަވަންދޫ ކުލަބް ޕޯލްސްޓާ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. އިއްޔެ ހަވީރު ހަނިމާދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި […]

މުރައިދޫ ކުޑަ ކަތީބެ ނިޔާވުން، ތިލަދުންމަތީގެ ޚިދުމަތްތެރި ދަރިއެއްގެ ވަކިވުން
Column

މުރައިދޫ ކުޑަ ކަތީބެ ނިޔާވުން، ތިލަދުންމަތީގެ ޚިދުމަތްތެރި ދަރިއެއްގެ ވަކިވުން

ހއ. މުރައިދޫ އަބްދުއް ރަޙްމާން އިބްރާހީމް، މުރައިދޫ މީހުންގެ ނަމުންނަމަ ބޮޑު ތުއްތުބެ ނުވަތަ ކުޑަ ކަތީބެއަކީ  މުރައިދޫއަށާއި ބޮޑު ތިލަދުންމައްޗަށް ދިގު މުއްދަތެއްގައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ވަރަށް ޚިދުމަތްތެރި ބޭފުޅެކެވެ. ތިލަދުންމަތީގެ ހަރު އުމުރުގެ ގިނަބަޔަކު ދަންނަ ހަރުދަނާ ސަހުސިއްޔަތެކެވެ. އަބްދުއް ރަޙްމާން ނިޔާވެފައި ވަނީ 28 މެއި 2022 ވީ ހޮނިހިރު ދުވަހުއެވެ. ނިޔާވިއިރު އައިޑީ ކާޑުން ފެންނަ ގޮތުގައި އުމުރަކީ 103 އަހަރެވެ. މުރައިދޫގެ ދޮށީ އުމުރުގެ މީހުން ބުނާގޮތުންނަމަ އަބްދުއް [...

ބިލެއްފަހި ކައުންސިލް ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
Thiladhunmathi News

ބިލެއްފަހި ކައުންސިލް ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ށ. ބިލެއްފަހި ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ “ބިލެއްފަހު ކައުންސިލް ފުޓްސަލް ކަޕް 2022” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އެ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ޒުވާނުންގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކޮށް އެންމެންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، އެ ރަށުގައު ހުނަރުވެރި ފުޓްސަލް ކުޅުންތެރިންތަކެއް އުފެއްދުމެވެ. އަދި މީގެ އިތުރުން އެ ރަށުގެ އާބާދީއަކީ ދުޅަހެޔޮ އާބާދީއަކަށް...