Skip to main content

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
287 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

ކެލާގައި އަލަށް ހެދި ކުނިކޮށި ބޭނުންކުރަން ފަށައިފި
Thiladhunmathi News

ކެލާގައި އަލަށް ހެދި ކުނިކޮށި ބޭނުންކުރަން ފަށައިފި

ހއ.ކެލާ އިރުމަތި ފަރާތުގައި އަލަށް ހެދި ކުނިކޮށި (ކެލާ ވޭސްޓް މެނޭޖްމެންޓް ސެންޓަރ) މިއަދު ރަސްމީކޮށް ބޭނުން ކުރަން ފަށައިފިއެވެ. އަލަށް ހެދި ކުނިކޮށި މިއަދު ބޭނުން ކުރަން ފެށުމާއިއެކު، ކުރިން ބޭނުން ކުރަމުން ދިޔަ ކުނިކޮށްޓައް އެއްވެސް ބާވަތެއްގެ ކުންޏެއް އެޅުން މިހާރު ވަނީ ކެލާ ކައުންސިލުން މަނާ ކޮށްފައެވެ. ކެލާ ކައުންސިލުން ވިދާޅުވެފައި ވަނީ ކުނީގެ ގޮތުގައި ހިމެނޭ އެއްވެސް ބާވަތެއްގެ އެއްޗެއް މިއަދުން ފެށިގެން ކެލާ ވޭސްޓް މެނޭޖްމެންޓް ސެންޓަރަށް ފިޔަވައި އެހެން […]

ބްރެޒިލް ކުރީގެ މިޑްފީލްޑަރ ރަމިރޭސް ފުޓްބޯޅަ ކުޅުން ހުއްޓާލައިފި
Sports

ބްރެޒިލް ކުރީގެ މިޑްފީލްޑަރ ރަމިރޭސް ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީއަށް 2012 ވަނަ އަހަރު ފުރަތަމަ ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ބްރެޒިލްގެ މިޑްފީލްޑަރ ރަމިރޭސް ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ. އުމުރުން 35 އަހަރުގެ، ރަމިރޭސް ފުޓްބޯޅައިން ރަސްމީކޮށް ރިޓަޔަރ ކުރިކަން އިޢުލާން ކޮށްފައި ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓުން މެދުވެރިކޮށް ކުރި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި އޭނާ ބުނެފައި ވަނީ ފުޓްބޯޅައިގައި ހޭދަކުރެވުނު ސާދަވަރަކަށް އަހަރުގެ ތެރޭ ގައުމީ ޓީމަށާއި ކުލަބް ލެވެލްގައި ގިނަ ކަން...

ފިއްލަދޫ ކައުންސިލްގެ ލޯގޯ ފަރުމާ ކުރުމުގެ ފުރުޞަތު ހުޅުވާލައިފި
Thiladhunmathi News

ފިއްލަދޫ ކައުންސިލްގެ ލޯގޯ ފަރުމާ ކުރުމުގެ ފުރުޞަތު ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ ލޯގޯ ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު އެ ކައުންސިލުން ހުޅުވާލައިފިއެވެ. މިކަމާއި ގުޅިގެން އިއްޔެ އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ލޯގޯ ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު އާއްމު ވިޔަފާރިވެރިންނަށާއި ކުންފުނިތަކަށާއި އާއްމު ފަރުދުންނަށް ވެސް ހުޅުވާލެވިފައިވާ ކަމަށެވެ. ލޯގޯ ފަރުމާކޮށް ހުށަހަޅުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް އޮކްޓޯބަރ މަހުގެ ހަވަނަ ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓަރީ ކުރުމަށް އެ ކައުން...

ބާރަށު ޒުވާނުންގެ ދިރުމުގެ ވޮލީ މުބާރާތް، މިފަހަރު ވެސް ތިލަދުންމައްޗަށް ހުޅުވާލައިގެން
Thiladhunmathi News

ބާރަށު ޒުވާނުންގެ ދިރުމުގެ ވޮލީ މުބާރާތް، މިފަހަރު ވެސް ތިލަދުންމައްޗަށް ހުޅުވާލައިގެން

ހއ. ބާރަށުގެ ޖަމިއްޔާއެއް ކަމުގައިވާ ބާރަށު ޒުވާނުންގެ ދިރުމުގެ ފަރާތުން އިންތިޒާމް ކޮށްގެން އެންމެ އުތުރުގެ ދެ އަތޮޅު ކަމުގައިވާ ހއ. އަދި ހދ. އަތޮޅަށް ހުޅުވާލައިގެން ބޭއްވުމަށް ނިންމާފައިވާ ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. 5 ޑިސެމްބަރ 2022 ގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ދެ ޖިންސަށް ވެސް ވަނީ ހުޅުވާލާފައެވެ. ބާރަށު ޒުވާނުންގެ ދިރުމުގެ ވާދައިގެ ތައްޓަށް ކުޅޭ މި މުބާރާތުގެ، ފުރަތަމަ 16 މުބާރާތް ބާއްވާފައި […]

ބާރަށު ކައުންސިލްގެ ޔުނިޓީ ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
Thiladhunmathi News

ބާރަށު ކައުންސިލްގެ ޔުނިޓީ ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހއ. ބާރަށު ކައުންސިލްގެ ޔުނިޓީ ކަޕް 1 ވަނަ ފުޓްބޯޅަ މުބާރާތް 2022، ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން 20 އޮކްޓޯބަރ 2022 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، މުބާރާތުގައި ބާރަށުގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ކުލަބް ޖަމިއްޔާތަކަށާއި އާންމު ފަރުދުންނަށް ވެސް ޓީމްތައް ބައިވެރު ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އެ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ […]

ހަންގޭރީ ބަލިކޮށް އިޓަލީ ސެމީއަށް، ފޯރިގަދަވި ޖަރުމަނާއި އިންގްލެންޑް ބައްދަލުކުރި މެޗު އެއްވަރު
Sports

ހަންގޭރީ ބަލިކޮށް އިޓަލީ ސެމީއަށް، ފޯރިގަދަވި ޖަރުމަނާއި އިންގްލެންޑް ބައްދަލުކުރި މެޗު އެއްވަރު

ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް އޭގެ ތިންވަން ގްރޫޕުގައި ހަންގޭރީއާއި އިޓަލީ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލުން އިޓަލީ ޖާގަ ހޯދައިފިއެވެ. މި މެޗަށް ނުކުތްއިރު މެޗު އެއްވަރު ކޮށްލައިގެން ވެސް ސެމީގެ ޖާގައެއް ހޯދުމުގެ ފުރުޞަތު ހަންގޭރީއަށް އޮތެވެ. އިޓަލީ ސެމީގެ ޖާގައެއް ހޯދަން މޮޅުވުން މަޖުބޫރު މެޗުގައި، އެ ޓީމުން ވަނީ ހަންގޭރީގެ މައްޗަށް 2-0 ގެ ނަތީޖާއިން ކުރި ހޯދައި މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ. ހަންގޭރީގެ ޕުސްކަސް […]

ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމަށް މުހައްމަދު އާޒާދު އައްޔަނު ކުރައްވައިފި
Raajje

ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމަށް މުހައްމަދު އާޒާދު އައްޔަނު ކުރައްވައިފި

ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމަށް މުހައްމަދު އާޒާދު އައްޔަނު ކުރައްވައިފިއެވެ. އެ މަޤާމަށް އާޒާދު އައްޔަނު ކުރައްވާފައި މިވަނީ، 2016 ވަނަ އަހަރުން ފެށިގެން އެ މަޤާމު ފުރުއްވަމުން ގެންދެވި ފާތިމަތު ރަޒީނާ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އާޒާދަކީ ސީއެފްއޭ ޗާޓާ ހޯލްޑާއެއްގެ އިތުރުން ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ބެޗްލާސް ޑިގްރީއަކާއި ސައިންސް އިން ފައިނޭންސް ދާއިރާއިން މާސްޓާ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ފައިނޭން...

ޔުއެފާ ނޭޝަންސް ލީގު: ނެދަލެންޑްސްއާއި ކޮރޭޝިއާ ސެމީއަށް
Sports

ޔުއެފާ ނޭޝަންސް ލީގު: ނެދަލެންޑްސްއާއި ކޮރޭޝިއާ ސެމީއަށް

ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް އޭގެ ހަތަރުވަނަ ގްރޫޕުގެ އެއްވަނަ ހޯދައިގެން ނެދަލެންޑްސް، މުބާރާތުގެ ސެމީ ފައިނަލުން ފުރުޞަތު ހޯދިއިރު، ގްރޫޕް އޭގެ އެއްވަނަ ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ކޮރޭޝިއާ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ. ރޭ ނެދަލެންޑްސް އަމިއްލަ ޤައުމުގައި ބެލްޖިއަމްއާއި ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއިން ވަނީ ކާމިޔާބު ކޮށްފައެވެ. މި ނަތީޖާއާއިއެކު ނެދަލެންޑްސްއަށް ގްރޫޕްގެ އެއްވަނަ ލިބިފައި ވަނީ ކުޅުނު ހަ މެޗުން ލިބުނު 16 ޕޮއިންޓާއި […]

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ތަޖުރިބާ ދަތުރެއް އިހަވަންދޫއަށް
Thiladhunmathi News

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ތަޖުރިބާ ދަތުރެއް އިހަވަންދޫއަށް

އޭސިއާ ފައުންޑޭޝަންގެ އެހީތެރިކަމާއެކު ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ކުރިއަށް ގެންދާ  ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ ތަޖުރިބާގެ ދަތުރު އެ ޖަމިއްޔާއިން މިއަދު ހއ. އިހަވަންދޫއަށް ކޮށްފިއެވެ. މި ދަތުރުގައި އެ ޖަމިއްޔާއިން ހަނިމާދޫގައި ހިންގަމުން އަންނަ ސަޢާދާ ޕްރީސްކޫލުގެ ހަތަރު މުދައްރިސުންނާއި އެ ސްކޫލުގެ ޕީޓީއޭ ހަތް މެމްބަރުންގެ އިތުރުން ޖަމިއްޔާގެ ހަ މެމްބަރުންނާއިއެކު ޖުމްލަ 17 މީހުން ވަނީ ބައިވެރިވެފައެވެ. މި ދަތުރުގައި އިހަވަންދޫގައި ގައި ފަށާ ތަޢުލީމް ފޯރުކޮށް ދިނުމުގެ ގޮތުން އަމިއްލަ...

ރޮޖާ ފެޑެރާ ޓެނިސް ކުޅުން ހުއްޓާލައިފި
News

ރޮޖާ ފެޑެރާ ޓެނިސް ކުޅުން ހުއްޓާލައިފި

މިހާރު އިންގްލެންޑްގައި ކުރިއަށްދާ ލެވާ ކަޕުގައި ކުޅުނު މެޗުން ބަލިވުމާއިއެކު، ދުނިޔެދުއް އެންމެ މޮޅު އެއް ޓެނިސް ކުޅުންތެރިޔާ ކަމުގައިވާ ސްވިޒަލޭންށްގެ ރޮޖާ ފެޑެރާ ރަސްމީކޮށް ޓެނިސްކުޅުން ހުއްޓާލައިފިއެވެ. ލެވާ ކަޕުގައި ޔޫރަޕް ތަމްސީލް ކުރުމުގެ ގޮތުން ފެޑެރާއާއި ނަޑާލްގެ ޕެއާ ރޭ ކުޅެފައި ވަނީ އެމެރިކާގެ ޕެއާއެއް ކަމަށްވާ ޖެކް ސޯކްއާއި ފްރެންސިސް ޓިއާފޯއާއެވެ. އުމުރުން 41 އެއް އަހަރުގެ ފެޑެރާ ޓެނިހުން ރިޓަޔަރ ކުރަން އުޅޭކަން އޭނާ ވަނީ ފާއިތުވި ހަފްތާގައި ސޯސަލް މީޑިއާގައި […]

ހަންގޭރީން ޖަރުމަނު ބަލިކުރިއިރު، އިޓަލީ އަތުން ބަލިވެ އިންގްލެންޑް ރެލިގޭޓްވެއްޖެ
Sports

ހަންގޭރީން ޖަރުމަނު ބަލިކުރިއިރު، އިޓަލީ އަތުން ބަލިވެ އިންގްލެންޑް ރެލިގޭޓްވެއްޖެ

ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް ސީގައި ރޭ ހަންގޭރީއާއި ޖަރުމަނު ބައްދަލުކުރި މެޗު ހަންގޭރީން ކާމިޔާބު ކުރިއިރު، މި ގްރޫޕުގައި އިންގްލެންޑާއި އިޓަލީ ބައްދަލުކުރި މެޗު އިޓަލީން ކާމިޔާބު ކޮށްފިއެވެ. ރޭ އިޓަލީން އަމިއްލަ ޤައުމުގައި އިންގްލެންޑާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި އިޓަލީން ކާމިޔާބުކުރި ހަމައެކަނި ލަނޑު، ކާމިޔާބު ކޮށްދީފައި ވަނީ ޖިއަކޯމޯ ރަސްޕަޑޯރީއެވެ. މި ލަނޑު އޭނާ ކާމިޔާބު ކޮށްފައި ވަނީ މެޗުގެ 68 […]

ރޮނާލްޑޯ އެވަޓަން ސަޕޯޓަރެއްގެ ފޯނު ހަލާކުކޮށްލި މައްސަލަ އިނގިރޭސި އެފްއޭއިން ބަލަން ފަށައިފި
Sports

ރޮނާލްޑޯ އެވަޓަން ސަޕޯޓަރެއްގެ ފޯނު ހަލާކުކޮށްލި މައްސަލަ އިނގިރޭސި އެފްއޭއިން ބަލަން ފަށައިފި

ފާއިތުވި ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަން އަތުން މެންޗެސްޓާ ޔުނައިޓެޑް 1-0 ގެ ނަތީޖާއިން ބަލިވި މެޗަށް ފަހު، ޔުނައިޓެޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެވަޓަންގެ ސަޕޯޓަރެއްގެ ފޯނު ހަލާކުކޮށްލި މައްސަލައެއް އިނގިރޭސި އެފްއޭއިން ބަލަން ފަށައިފިއެވެ. އޭޕްރިލް ނުވަވަނަ ދުވަހު ކުޅުނު އެ މެޗުން ޔުނައިޓެޑް ބަލިވުމުން ގަދަ ހަތަރެއްގައި އެ ޓީމް ލީގު ނިންމައި މި ސީޒަންގައި ޗެމްޕިއަންސް ލީގު ކުޅުމަށް ދެކެމުން އައި ހުވަފެނަށް ބޮޑު ހުރަހެއް އެޅިގެން ދިޔައެވެ. ޔުނައިޓެޑުން […]

ނެދަލެންޑްސްއާއި ބެލްޖިއަމަށް ވެސް މޮޅެއް، ގްރޫޕް އެއްވަނަ ކަނޑައެޅޭނީ ފަހު މެޗުން
Sports

ނެދަލެންޑްސްއާއި ބެލްޖިއަމަށް ވެސް މޮޅެއް، ގްރޫޕް އެއްވަނަ ކަނޑައެޅޭނީ ފަހު މެޗުން

ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް އޭގެ ހަތަރުވަނަ ގްރޫޕުގައި ނެދަލެންޑްސްއާއި ބެލްޖިއަމުން ކުޅުނު މެޗުތައް ކާމިޔާބު ކޮށްފިއެވެ. ރޭ އަމިއްލަ ދަނޑުގައި ބެލްޖިއަމާއި ވޭލްސް ބައްދަލުކުރި މެޗު ބެލްޖިއަމުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ބެލްޖިއަމުން ކާމިޔާބުކުރި ދެ ލަނޑު ވެސް ޖަހާފައި ވަނީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ލަނޑު 10 ވަނަ މިނެޓުގައި ބަޓްޝުޔާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޑި ބްރޭނާއެވެ. މިއީ ޑި ބްރޭނާ […]

ފްރާންސަށް ފުރަތަމަ މޮޅު، ފްރާންސަށް ލަނޑު ޖަހައިދިން އެންމެ ދުވަސްވީ ކުޅުންތެރިއަކަށް ޖިރޫޑް
Sports

ފްރާންސަށް ފުރަތަމަ މޮޅު، ފްރާންސަށް ލަނޑު ޖަހައިދިން އެންމެ ދުވަސްވީ ކުޅުންތެރިއަކަށް ޖިރޫޑް

ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް އޭގެ އެކެއްގައި ފްރާންސާއި އޮސްޓްރިއާ ބައްދަލުކުރި މެޗު ފްރާންސުން ކާމިޔާބު ކޮށްފިއެވެ. ފްރާންސްގެ ޕެރިސްގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މިއީ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސަށް މިފަހަރުގެ މުބާރާތުގައި ހޯދުނު ފުރަތަމަ މޮޅެވެ. ރޭގެ މެޗު ފަށައިގެން ފްރާންސުން ވަނީ މެޗު ކޮންޓްރޯލް ކޮށްގެން ކުޅެފައެވެ. މިގޮތުން މެޗުގެ ކުރީކޮޅު ފްރާންސްގެ ފޯވަޑް އެމްބާޕޭ ލަނޑެޖެހި ނަމަވެސް ވީއޭއާރުން ބެލުމަށް […]

ހއ. އަތޮޅަށް ހުޅުވާލައިގެން ހޯރަފުށީގައި ހޭންޑްބޯޅަ މުބާރާތެއް ބާއްވަނީ
Thiladhunmathi News

ހއ. އަތޮޅަށް ހުޅުވާލައިގެން ހޯރަފުށީގައި ހޭންޑްބޯޅަ މުބާރާތެއް ބާއްވަނީ

ހއ. ހޯރަފުށީ އާރުވީ ސްޕޯޓްސް އެކަޑަމީން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކުގެ ހުޅުވާލައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ހޭންޑްބޯޅަ މުބާރާތް އަންނަ މަހުގެ ހަތްވަނަ ދުވަހު ފެށުމަށް ނިންމާފައިވާ ކަމުގައި އެ އެކަޑަމީން ހާމަކޮށްފިއެވެ. ކަނބަލުންނަށް ހާއްސަކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޓީމްތައް ބައިވެރި ކުރުމުގެ ފުރުޞަތު ދީފައި ވަނީ ސަރުކާރު މުއައްސަސާތަކުގެ އިތުރުން ކުލަބް ޖަމިއްޔާތަކަށެވެ. އެ އެކަޑަމީން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތުގަ ވަނީ ހޯރަފުށިން ތިން ޓީމްގެ އިތުރު...