ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ ލޯގޯ ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު އެ ކައުންސިލުން ހުޅުވާލައިފިއެވެ.
މިކަމާއި ގުޅިގެން އިއްޔެ އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ލޯގޯ ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު އާއްމު ވިޔަފާރިވެރިންނަށާއި ކުންފުނިތަކަށާއި އާއްމު ފަރުދުންނަށް ވެސް ހުޅުވާލެވިފައިވާ ކަމަށެވެ.
ލޯގޯ ފަރުމާކޮށް ހުށަހަޅުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް އޮކްޓޯބަރ މަހުގެ ހަވަނަ ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓަރީ ކުރުމަށް އެ ކައުންސިލުން އެދިލައްވާފައިވާއިރު، ރަޖިސްޓަރީވާ ފަރާތްތަކަށް މަޢުލޫމާތު ޝީޓް ފޮނުވުމަށް ހަމަޖެހިފައިވާ ކަމުގައި އެ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.
ލޯގޯ ހުށަހެޅުމުގެ ބައްދަލުވުން އޮކްޓޯބަރ މަހުގެ 27 ވަނަ ދުވަހުގެ 13:00 ގައި އެ ކައުންސިލުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ލޯގޯ ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމާއި ހާޒިރުވާ ފަރާތުގެ އައިޑީކާޑުގެ ކޮޕީއެއް ހުށަހަޅުމަށް އެ ކައުންސިލުން އެދިލައްވައެވެ.
މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން އެ އިދާރާގެ ނަމްބަރ: 6500023 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ.
ހުށަހެޅޭ ލޯގޯތަކުގެ ތެރެއިން އެއްވަނައަށް ހޮވޭ ލޯގޯއަކަށް 5000 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް އެ ކައުންސިލުން ވަނީ ކަނޑައަޅާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!