ބާރަށު ޒުވާނުންގެ ދިރުމުގެ ވޮލީ މުބާރާތް، މިފަހަރު ވެސް ތިލަދުންމައްޗަށް ހުޅުވާލައިގެން

މިދިޔަ އަހަރު ބާރަށުގައި ބޭއްވި މުބާރާތުގެ ޗެމްޕިއަން ސުރިއާ ސްޕޯޓްސް ޓީމް،
މިދިޔަ އަހަރު ބާރަށުގައި ބޭއްވި މުބާރާތުގެ ޗެމްޕިއަން ސުރިއާ ސްޕޯޓްސް ޓީމް،

ހއ. ބާރަށުގެ ޖަމިއްޔާއެއް ކަމުގައިވާ ބާރަށު ޒުވާނުންގެ ދިރުމުގެ ފަރާތުން އިންތިޒާމް ކޮށްގެން އެންމެ އުތުރުގެ ދެ އަތޮޅު ކަމުގައިވާ ހއ. އަދި ހދ. އަތޮޅަށް ހުޅުވާލައިގެން ބޭއްވުމަށް ނިންމާފައިވާ ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

5 ޑިސެމްބަރ 2022 ގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ދެ ޖިންސަށް ވެސް ވަނީ ހުޅުވާލާފައެވެ. ބާރަށު ޒުވާނުންގެ ދިރުމުގެ ވާދައިގެ ތައްޓަށް ކުޅޭ މި މުބާރާތުގެ، ފުރަތަމަ 16 މުބާރާތް ބާއްވާފައި ވަނީ ރަށު ފެންވަރުގައެވެ. ނަމަވެސް މިދިޔަ އަހަރުގެ މުބާރާތުން ފެށިގެން، މި މުބާރާތް މިހާރު ކުރިއަށް ގެންދަނީ ތިލަދުންމަތީގެ ރަށްތަކަށް ހުޅުވާލައިގެންނެވެ. މި އަހަރުގެ މުބާރާތަކީ އެ ޖަމިއްޔާއިން ބާއްވާ 18 ވަނަ މުބާރާތެވެ.

މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ހއ އަދި ހދ އަތޮޅުގެ ރަށްރަށުގެ ޓީމުތަކުން މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު، ނުވަތަ ސިޓީ 5 ނޮވެމްބަރ 2022 ވަނަ ދުވަހުގެ ރޭ 21:00 ގެ ކުރިން އެ ޖަމިއްޔާގެ އިދާރާއަށް، ނުވަތަ  ޖަމިއްޔާގެ އީ.މެއިލްއަށް ފޮނުއްވަމުން އެ ފަރާތުން ވަނީ އެދިލައްވާފައެވެ. އެ ޖަމިއްޔާގެ އީ. މެއިލްއަކީ [email protected] އެވެ.

މި މުބާރާތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން އެ ޖަމިއްޔާގެ ކުޅިވަރާބެހޭ ސެކްރެޓަރީ މުޙައްމަދު ޙަސަންގެ ފޯނު 9996301 އާ ގުޅުއްވަމަށް އެ ޖަމިއްޔާއިން ވަނީ އެދިލައްވާފައެވެ.

ފާއިތުވި އަހަރުގެ މުބާރާތުގެ ފިރިހެން ޑިވިޛަންގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ބާރަށު ސޫރިޔާ ސްޕޯޓްސް ކުލަބެވެ. އަންހެން ޑިވިޛަންގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ދިއްދޫ ވޮލީ ޓީމެވެ.

ބާރަށު ޒުވާނުންގެ ދިރުމަކީ 1993 ވަނަ އަހަރު ރަޖިސްޓަރީ ކޮށްފައިވާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއަކީ ފާއިތުވި 29 އަހަރު ދުވަހުގެ ތެރޭގައި ވެސް ހުއްޓުމެއްނެތި ބާރަށުގެ ތަރައްޤީއަށް މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާއެކެވެ. ހާއްސަކޮށް ރަށުފެންވަރުގައި ކުޅިވަރު ކުރިއެރުވުމުގެ ގޮތުން ގިނަ މުބާރާތްތަކެއް އެ ޖަމިއްޔާއިން ހުއްޓުމެއްނެތި އަންނަނީ ހިންގަމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި