ކެލާގައި އަލަށް ހެދި ކުނިކޮށި ބޭނުންކުރަން ފަށައިފި

ފޮޓޯ: އެމްވީ ބިއުޓިފުލް ކެލާ
ފޮޓޯ: އެމްވީ ބިއުޓިފުލް ކެލާ

ހއ.ކެލާ އިރުމަތި ފަރާތުގައި އަލަށް ހެދި ކުނިކޮށި (ކެލާ ވޭސްޓް މެނޭޖްމެންޓް ސެންޓަރ) މިއަދު ރަސްމީކޮށް ބޭނުން ކުރަން ފަށައިފިއެވެ.

އަލަށް ހެދި ކުނިކޮށި މިއަދު ބޭނުން ކުރަން ފެށުމާއިއެކު، ކުރިން ބޭނުން ކުރަމުން ދިޔަ ކުނިކޮށްޓައް އެއްވެސް ބާވަތެއްގެ ކުންޏެއް އެޅުން މިހާރު ވަނީ ކެލާ ކައުންސިލުން މަނާ ކޮށްފައެވެ.

ކެލާ ކައުންސިލުން ވިދާޅުވެފައި ވަނީ ކުނީގެ ގޮތުގައި ހިމެނޭ އެއްވެސް ބާވަތެއްގެ އެއްޗެއް މިއަދުން ފެށިގެން ކެލާ ވޭސްޓް މެނޭޖްމެންޓް ސެންޓަރަށް ފިޔަވައި އެހެން ތަންތަނަށް ގެންދިޔުމަކީ ވެސް މަނާ ކަމެއްކަމަށެވެ.

ދަގަނޑާއި ބިއްލޫރިއާއި ޕްލާސްޓިކާއި ފަތްކުނީގެ އިތުރުން ގަސްލަކުޑިފަދަ ކުނިތައް އެ ތަކެއްޗަށް ހާއްސަ ކުރެވިފައިވާ ބައިބަޔަށް އެޅުމަށާއި ކުނި ވަކިނުކޮށް ކުނިކޮށްޓަށް ކުނި އެޅުމަކީ ވެސް މަނާކަމެއް ކަމުގައި އެ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

ހެދިފައިވާ އުސޫލުތަކާއި އެއްގޮތަށް އަމަލު ނުކުރާ ފާރާތްތަކާއި މެދު ޤާނޫނީ ފިޔަވަޅު ވެސް އަޅާނެކަމުގައި އެ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

އެ ކައުންސިލުން އިތުރަށް ވިދާޅުވެފައި ވަނީ ކުނިކޮށި ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 ން މެންދުރު 12:00 އަށް، އަދި މެންދުރުފަހު 14:00 ން ހަވީރު 16:30 އަށް ކަމަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި