މިރޭ ބެންފީކާއާއި ދެކޮޅަށް މެސީއަށް ނުކުޅެވޭނެ
ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ލިއޮނެލް މެސީގެ ކުޑަކަޅުވާ މަސްގަނޑަށް ލިބިފައިވާ އަނިޔާގެ ސަބަބުން މިރޭ ޔުއެފާ ޗެމްޕިއަންސް ލީގުގައި ޕޯޗުގަލްގެ ބެންފީކާއާއި ދެކޮޅަށް ނުކުޅެވޭނެކަން ޔަގީން ވެއްޖެއެވެ. މެސީއަށް އަނިޔާވެފައި ވަނީ ފާއިތުވި ހަފްތާގައި ޗެމްޕިއަންސް ލީގުގައި ބެންފީކާއާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗު 1-1 ގެ ނަތީޖާއިން އެއްވަރުވިއިރު، އެ މެޗުގައި ޕީއެސްޖީން ކާމިޔާބުކުރި ލަނޑު ޖަހާފައި ވަނީ މެސީއެވެ. ނަމަވެސް ދެވަނަ ހާފުގައި މެސ...