ށ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ '' ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022'' ގެ ތިންވަނަ ދުވަހުގެ މެޗުތައް ނަރުދޫ، މިލަންދޫ، ކަނޑިތީމު، ގޮއިދޫ، ކޮމަންޑޫ އަދި ފުނަދޫއިން ކާމިޔާބު ކޮށްފިއެވެ.
ގްރޫޕް އޭގައި ނަރުދޫގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ފީވަކާއި ނަރުދޫއެވެ. މި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ނަރުދޫއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ނަރުދޫ ޓީމްގެ ޖޯޒީ ނަމްބަރު 21، މުޙައްމަދު ނިޔާޒެވެ. ދެވަނަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ފޯކައިދޫއާއި މިލަންދޫއެވެ. މި މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ މިލަންދޫއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ މިލަންދޫ ޓީމްގެ ޖޯޒީ ނަމްބަރު 10، އިބްރާހީމް ޝިޔާމެވެ.
ގްރޫޕް ބީގައި ފޭދޫގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ކަނޑިތީމާއި ބިލެއްފައްސެވެ. މި މެޗު 6-3 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ކަނޑިތީމުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ކަނޑިތީމެގެ ޖޯޒީ ނަމްބަރު 80، މުޙައްމަދު ޝާންއެވެ. ދެވަނަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ގޮއިދޫއާއި ނޫމަރާއެވެ. މި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ ގޮއިދޫއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ގޮއިދޫގެ ޖޯޒީ ނަމްބަރު 7، އިބްރާހީމް ރިފާޒެވެ.

ގްރޫޕް ސީގައި ޅައިމަގުގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ޅައިމަގާއި ކޮމަންޑޫއެވެ. މި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ކޮމަންޑޫއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ކޮމަންޑޫގެ ޖޯޒީ ނަމްބަރު 32، ވިލްދާން އަހްމަދެވެ. ދެވަނަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ފުނަދޫއާއި މާއުނގޫދުއެވެ. މި މެޗު 8-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ ފުނަދޫއިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ފުނަދޫގެ ޖޯޒީ ނަމްބަރު 11، ޒިދާން ހަސަން ޒަރީރެވެ.

11 އޮކްޓޯބަރ 2022 (މާދަމާގެ މެޗުތައް)
ގްރޫޕް އޭ
މަރޮށި – މިލަންދޫ (16:00)
ފޯކައިދޫ – ފީވަށް (17:00)
ގްރޫޕް ބޯ
ނޫމަރާ – ފޭދޫ (16:00)
ގޮއިދޫ – ކަނޑިތީމް (17:00)
ގްރޫޕް ސީ
މާއުނގޫދޫ – ކޮމަންޑޫ (16:00)
ފުނަދޫ – ޅައިމަގު (17:00)
މި ފިއެސްޓާގައި ފުޓްސަލް މުބާރާތުގެ އިތުރުން ށ. އަތޮޅުގެ އަންހެން ބޭފުޅުންނަށް ޚާއްސަކޮށްގެން ބާއްވާ މިލައުތުރު ހޭންޑްބޯލް މުބާރާތް ވެސް ކުރިއަށް ގެންދިޔުމަށް ވަނީ ތާވަލު ކޮށްފައެވެ. ށ. އަތޮޅުގެ 10 ރަށަކުން 10 ޓީމް ބައިވެރިވެފައިވާ ހޭންޑްބޯލް މުބާރާތް ފަށާނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.
މިލައުތުރު ސްޕޯޓްސް ފިއެސްޓާގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ''ތިލަދުން'' އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!