ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ އާރުވީ ސްޕޯޓްސް އެކަޑަމީން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ "އާރުވީއެސްއޭ ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022" ގައި އިއްޔެ ކުޅުނު މެޗުތައް ހޯރަފުށީ އެއާޕޯޓާއި ޓީމް މާރަންދޫން ކާމިޔާބު ކޮށްފިއެވެ.

އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ފްރިގޭޓާއާއި ހޯރަފުށީ އެއާޕޯޓެވެ. މި މެޗު 10-15 އިން ކާމިޔާބު ކޮށްފައި ވަނީ ހޯރަފުށީ އެއާޕޯޓް ޓީމުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ހޯރަފުށީ އެއާޕޯޓް ޓީމްގެ ޖޯޒީ ނަމްބަރު 11، ޖުނާއެވެ.

Ad
rt

އިއްޔެ ހަވީރު ކުޅުން ދެވަނަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ޓީމް މާރަންދޫއާއި އިހަވަންދޫ އިމަގެވެ. މި މެޗު 16-7 އިން ކާމިޔާބު ކޮށްފައި ވަނީ މާރަންދޫ ޓީމުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ މާރަންދޫ ޓީމްގެ ޖޯޒީ ނަމްބަރު 7، ފާތިމަތު ޝިފާނާއެވެ.

މި މުބާރާތުގައި މިއަދު ވެސް ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ބާވީސް ސްޕޯޓްސް ކުލަބާއި އިހަވަންދޫ އިމަގެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ޓީމް މާރަންދޫއާއި ހޯރަފުށީ އެއާޕޯޓް ޓީމެވެ.

މުޅި ހއ.އަތޮޅަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 (ފަނަރަ ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ތިލަދުން އޮންލައިން ނިއުސްއެވެ.

އާރުވީ ސްޕޯޓްސް އެކަޑަމީ ރަޖިސްޓަރީ ކޮށްފައި ވަނީ 2020 ވަނަ އަހަރުއެވެ. އެ އެކަޑަމީގައި މިހާރު ވެސް ދެ އުމުރުފުރާއެއްގައި 100 އަށް ވުރެ ގިނަ ދަރިވަރުން ދަނީ ފުޓްބޯޅައިގެ އިތުރުން ހޭންޑްބޯޅައިގެ ތަމްރީންތައް ހަދަމުންނެވެ. އެ އެކަޑަމީ ކާމިޔާބު ކަމާއިއެކު ހިންގާތާ މިހާރު ވަނީ އަހަރަކަށް ވުރެ ގިނަދުވަސް ވެފައެވެ.