ހދ. އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ "ހދ.އަތޮޅު ޤުރުއާން މުބާރާތް 2022" ގެ އެއްވަނަ ނޮޅިވަރަމުން ހޯދައިފިއެވެ.
މި މުބާރާތުގެ އެއްވަނަ ނޮޅިވަރަމުން ދިފާޢު ކުރިއިރު، މި އަހަރުގެ މުބާރާތުން ދެ ވަނަ ހޯދީ ވައިކަރަދޫ އެވެ. އަދި ތިން ވަނަ ހޯދީ މަކުނުދޫ އެވެ.
މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 6 ވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަހުގެ ނިޔަލަށް ނޮޅިވަރަމުގައެވެ.
މުބާރާތުގެ ވަނަތައް
މުޅި މުބާރާތުން އެއްވަނަ - ފައިޙާ އަބްދުﷲ އަޤީލް/ ވައިކަރަދޫ
މުޅި މުބާރާތުން ދެވަނަ – ރާޔާ އަންވަރު/ މަކުނުދޫ
މުޅި މުބާރާތުން ތިންވަނަ – އަފްނާން އަހްމަދު އަފްރާހް / ނޮޅިވަރަން
ބަލައިގެން ކިޔެވުމުގެ ގޮފިން 1 ވަނަ - ފައިޙާ އަބްދުﷲ އަޤީލް/ ވައިކަރަދޫ
ބަލައިގެން ކިޔެވުމުގެ ގޮފިން 2 ވަނަ - ރާޔާ އަންވަރު/ މަކުނުދޫ
ބަލައިގެން ކިޔެވުމުގެ ގޮފިން 3 ވަނަ - އަފްނާން އަހްމަދު އަފްރާހް / ނޮޅިވަރަން
ނުބަލާ ކިޔެވުމުގެ ގޮފިން 2 ވަނަ – ޢީން މުޙައްމަދު ރަޝީދު / ނޮޅިވަރަން
ނުބަލާ ކިޔެވުމުގެ ގޮފިން 3 ވަނ – ޢައްމާރު އަބްދުﷲ އަޤީލް / ވައިކަރަދޫ
ފައުންޑޭޝަން ސްޓޭޖް ނުބަލާ ކިޔެވުމުގެ ގޮފިން 3 ވަނަ – ޔޫސުފް ކައިލް ބިން ނާފިޢު / މަކުނުދޫ
ފައުންޑޭޝަން ސްޓޭޖް ނުބަލާ ކިޔެވުމުގެ ގޮފިން 2 ވަނަ - ޢީން މުޙައްމަދު ރަޝީދު / ނޮޅިވަރަން
ކީސްޓޭޖް 1 ނުބަލާ ކިޔެވުމުގެ ގޮފިން 3 ވަނަ – ޢަޒާ ޢަބްދުﷲ ޝަރީފް/ ނޮޅިވަރަން
ކީސްޓޭޖް 1 ބަލައިގެން ކިޔެވުމުގެ ގޮފިން 3 ވަނަ – މަހްދީ ބިން ޢަލީ އިބްރާހީމް/ ހަނިމާދޫ
ކީސްޓޭޖް 2 ނުބަލާ ކިޔެވުމުގެ ގޮފިން 3 ވަނަ - ޢައްމާރު އަބްދުﷲ އަޤީލް / ވައިކަރަދޫ
ކީސްޓޭޖް 2 ބަލައިގެން ކިޔެވުމުގެ ގޮފިން 3 ވަނަ – ނަބްހާން ނިޡާމް / ވައިކަރަދޫ
ކީސްޓޭޖް 3 ނުބަލާ ކިޔެވުމުގެ ގޮފިން 3 ވަނަ – އާޔަތުﷲ ބުނު އަބްދުލްކަރީމް/ ވައިކަރަދޫ
ކީސްޓޭޖް 3 ބަލައިގެން ކިޔެވުމުގެ ގޮފިން 3 ވަނަ – މިންޙާ އަބްދުލްމުހައިމިން/ ނެއްލައިދޫ
ކީސްޓޭޖް 4 ބަލައިގެން ކިޔެވުމުގެ ގޮފިން 3 ވަނަ – އަފްނާން އަޙްމަދު އަފްރާހް/ ނޮޅިވަރަން
ކީސްޓޭޖް 1 ނުބަލާ ކިޔެވުމުގެ ގޮފިން 2 ވަނަ – ޢިޝްޔާ އަޙްމަދު ޝިފާއު/ ނޮޅިވަރަން
ކީސްޓޭޖް 2 ބަލައިގެން ކިޔެވުމުގެ ގޮފިން 2 ވަނަ – މުޙައްމަދު އިބްރާހީމް/ މަކުނުދޫ
ކީސްޓޭޖް 3 ބަލައިގެން ކިޔެވުމުގެ ގޮފިން 2 ވަނަ – ފާތިމަތު ނަބާތު/ ނޮޅިވަރަން
ކީސްޓޭޖް 4 ބަލައިގެން ކިޔެވުމުގެ ގޮފިން 2 ވަނަ – ރާޔާ އަންވަރު / މަކުނުދޫ
ކީސްޓޭޖް 2 ބަލައިގެން ކިޔެވުމުގެ ގޮފިން 1 ވަނ – ޢަލީ ނާޒިހް / ވައިކަރަދޫ
ކީސްޓޭޖް 4 ބަލައިގެން ކިޔެވުމުގެ ގޮފިން 1 ވަނަ – ފައިޙާ އަބްދުﷲ އަޤީލް/ ވައިކަރަދޫ
ހދ. އަތޮޅު ޤުރުއާން މުބާރާތުގައި މި އަހަރު ބައިވެރިވެފައި ވަނީ 12 ރަށަކުންނެވެ. މުބާރާތުގައި ބައިވެރިވެފައިވާ ރަށްތަކަކީ މަކުނުދޫ، ވައިކަރަދޫ، ނޮޅިވަރަމް، ނެއްލައިދޫ، ނޭކުރެންދޫ، ކުމުންދޫ، ނޮޅިވަރަންފަރު، ކުރިނބީ، ހިރިމަރަދޫ، ނައިވާދޫ، ފިނޭގެ އިތުރުން ހަނިމާދޫއެވެ.
މި އަހަރުގެ މުބާރާތުގައި ޖުމްލަ 130 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އެއީ ނުބަލާ ކިޔެވުމުގެ ގޮފީގައި 35 ދަރިވަރުން އަދި ބަލައިގެން ކިޔެވުމުގެ ގޮފީގައި 95 ދަރިވަރުންނެވެ.
މިމުބާރާތަކީ، އަތޮޅުގެ ރައްޔިތުންގެ މެދުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވުމުގެ މަޤްސަދުގައި ކޮންމެ އަހަރަކު އަތޮޅު ކައުންސިލުން ބާއްވާ މުބާރާތެކެވެ.
ކޯވިޑް-19 ގެ ހާލަތާ ގުޅިގެން މިދިޔަ އަހަރު މިމުބާރާތް ބޭއްވިފައި ނުވާއިރު، ހދ. އަތޮޅު ޤުރުއާން މުބާރާތް އެންމެ ފަހުން ބާއްވާފައިވަނީ 2019 އޭޕްރީލް 18 އިން 20 އަށް ހދ. ނެއްލައިދޫގައެވެ. މިމުބާރާތުގައި އަތޮޅުގެ 11 ރަށަކުން 132 ބައިވެރިން ވާދަކޮށްފައި ވެއެވެ. މި މުބާރާތުގެ އެއްވަނަ ހޯދާފައިވަނީ ހދ. ނޮޅިވަރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!