ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމް ކޮށްގެން އެ ރަށުގައި ބާއްވާ ޖަމާއަތްތެރިކަމުގެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ 16 އަހަރުން މަތީގެ ދެޖިންސަށް ވެސް ހުޅުވާލާފައެވެ. ނަމަވެސް އުމުރުން 18 އަހަރު ނުފުރޭ ކުދިން ބައިވެރި ކުރަން ނިންމާފައި ވަނީ ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން ހުށަހެޅުމުންނެވެ.

Ad
rt

ކޯހުގައި ބައިވެރިވާ ފަރާތްތަކަކީ އަސާސީ ތައުލީމު ލިބިފައިވާ ފަރާތްތަކަކަށް ވާން ޖެހެއެވެ. ކޯސް ހިންގުމަށް ބޭނުންވާ އެންމެހާ ތަކެތި ފޯރުކޮށްދެނީ ހިންގާ ފަރާތުންނެވެ. މި ކޯހުގައި ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނުނަގާނެއެވެ.

ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކަމަށްޓަކައި ފުރިހަމަ ކުރަންޖެހޭ އޮންލައިން ފޯމް ފުރިހަމަ ކުރުމަށް ފަހު މި މަހުގެ 25 ވަނަ ދުވަހުގެ 13:00 ގެ ކުރިން ސަބްމިޓް ކުރުމަށް އިންތިޒާމްކުރާ ފަރާތުން އެދެއެވެ.