ޔާސިރުގެ ތާއީދު ފައްޔާޒަށް
އަންނަ މެއި މަހުގެ 14 ވަނަ ދުވަހު އޮންނަ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން އިންތިހާބާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ތާއީދު ކުރަށްވާ ކެންޑިޑޭޓަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ. މިހާތަނަށް ފާޅުކަން ބޮޑުގޮތެއްގައި ޔާސިރު އެއްވެސް ކެންޑިޑޭޓަކަށް ތާއީދުކޮށް މަސައްކަތްކުރައްވާތަން ނުފެންނާތީ އޭނާގެ ތާއީދު އޮތީ ކޮން ކެންޑިޑޭޓަކާއެކުގައި ކަން މިހާތަނަށް އޮތީ އާންމުންނާ ހަމައަށް ތިލަނުވެއެވެ. ޔާސިރަކީ ކުޅުދުއްފުށީ ސިޓީގައި އެމްޑީޕީގ...