އެޓަރނީ ޖެނެރަލްގެ އޮފީސް (އޭޖީ) އާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން ޤާނޫނީ ގޮތުން ޢާންމުން ހޭލުންތެރިކުރުވުމުގެ ކެމްޕޭނެއް ފަށައިފިއެވެ.
އޭޖީ އޮފީހުން ބުނެފައިވަނީ، މި ކެމްޕޭނުގެ އަމާޒަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއިން ކަށަވަރުކޮށް ދީފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަމާއި ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ދާއިރާގައި ހިމެނޭ ފަރާތްތަކުގެ ދައުރު ޢާންމުންނަށް އޮޅުންފިލުވައިދިނުންކަމަށެވެ.
އެގޮތުން މިކެންޕޭނުގައި، ޢާންމުންނަށް ފަސޭހައިން ދޭހަވާނެ ގޮތަށް ތައްޔާރުކޮށްފައިވާ ކުރު ވީޑިއޯ ކްލިޕްތަކާއި އިންފޯގްރަފިކް ބޭނުންކޮށްގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
ކެމްޕެއިންގެ މަޤްޞަދަކީ ޤާނޫނީ ނިޒާމަށް ރައްޔިތުން ހޭލުންތެރި ކުރުވައި، އިންޞާފަށް ވާސިލުވާނެ ގޮތް ރައްޔިތުންނަށް ބުނެދިނުންކަމަށް އޭޖީ އިން ބުނެއެވެ.
މި ކެމްޕެއިން ކުރިއަށް ގެންދާނީ އޭޖީ އޮފީހުގެ ސޯޝަލް މީޑިއާ އެކައުންޓްތަކުންނެވެ. މިގޮތުން، ޓްވިޓަރ، ފޭސްބުކް، ޔޫޓިއުބް އަދި އިންސްޓަގްރާމްގައެވެ.
މިފަދަ ކެމްޕޭނެއް ކުރިއަށް ގެންދިއުމުގައި ޔޫ.އެން.ޑީ.ޕީގެ ފަރާތުން އޭޖީ އޮފީހަށް ދެއްވަމުން ގެންދަވާ އެހީ އާއި އެއްބާރުލުމަށް އިޙްލާސްތެރިކަމާއެކު ޝުކުރު ދަންނަވާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!