ހދ އަތޮޅާއި ށ. އަތޮޅުގެ ހައިޑްރޮގްރެފިކް ސަރވޭ ކުރުމަށް އިންޑިއަން ނޭވީ ޝިޕް "ސަތުލެޖް" އިއްޔެ ރާއްޖެއަށް އަތުވެއްޖެ އެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރިއަށް ގެންދާ ހައިޑްރޯގްރެފިކް ސަރވޭ ކުރިއަށްދާނީ އޭޕްރީލް 21 އިން މެއި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
ފޭސްތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ސަރވޭގެ ތެރެއިން، 2021 ވަނަ އަހަރުވަނީ ހދ. ކުޅުދުއްދުށީ ސަރަޙައްދު ސަރވޭ ކޮށްފައެވެ.
2007 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ނޭޝަނަލް ހައިޑްރޯގްރެފިކް އޮފީހާގުޅިގެން ރާއްޖޭގައި ކުރަމުންދާ ހައިޑްރޮގްރެފިކް ސަރވޭއަކީ ދިވެހިރާއްޖޭގައިނިޔަމިކަމަށް ބޭނުންކުރަމުން އަންނަ ކަރުދާސް ޗާޓާއި، ޖީޕީއެސް އަދި އެކްޑިސްގައިބޭނުންކުރެވޭ އިލެކްޓްރޯނިކް ޗާޓުތައް އަޕްޑޭޓްކުރުމާއި، އެންކަރޭޖު އަދި އެޕްރޯޗް ޗާޓްހެދުމަށްޓަކައި ކުރެވޭ ސަރވޭއެކެވެ.
މި ސަރވޭގެ އަލީގައި ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރެވިރާއްޖޭގައި އެންމެ ގިނައިން ހިނގާ ކަނޑުމަތީގެ ހާދިސާކަމުގައިވާ ފަރަށް އެރުންފަދަހާދިސާތައް މަދުކުރެވުމުގެ ނަތީޖާއެއްގެ ގޮތުން މިފަދަ ހާދިސާތަކުން އޮޑިވެރިންނަށްގެއްލުން ލިބުމުގެ ފުރުސަރު ކުޑަކުރެވިގެންދާނެއެވެ. އަދި މި މަސައްކަތުގެ ސަބަބުންއިންޝުއަރެންސް ކްލެއިމްތައް ލީގަލައިޒްކުރުމަށާއި، އިޤްތިޞާދު ފުޅާކުރުމަށް ބޭނުންވާމަޢުލޫމާތު ލިބިގެންދާނެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ތިމާވެއްޓަށް ލިބޭގެއްލުންތައް ދިރާސާކުރުމަށް ބޭނުންވާނެ މަޢުލޫމާތާއި ކޯސްޓަލް ޒޯން މެނޭޖްމަންޓްފަދަ މުހިންމު މަސައްކަތްތަކަށް ބޭނުންވާނެ މަޢުލޫމާތު ލިބިގެންދާނެއެވެ.

ހައިޑްރޮގްރެފިކް ސަރވޭ ކުރުމަށް އިންޑިއަން ނޭވީ ޝިޕް "ސަތުލެޖް" ގައި ރާއްޖެޒިޔާރަތްކުރި ސަރވޭ ޓީމުގެ ފަރާތުން ވަނީ އިއްޔެ އެމްއެންޑީއެފްގެ ކޯސްޓްގާޑުގެކޮމާންޑަރ ކާނަލް އިބްރާހީމް ޙިލްމީއާއި ބައްދަލުކުރައްވައި، ސަރވޭ މަސައްކަތްތައްކުރިއަށްދާނެ ގޮތާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މި މަޝްވަރާ ބައްދަލުވުމުގައި،ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެންސީޓިސީ) ގެ ޑިރެކްޓަރ ޖެނެރަލް،ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ޒަކަރިއްޔާ މަންސޫރާއި ކޯސްޓްގާޑުގެ ސީނިއަރބައެއް އޮފިސަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!