އަދުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އަކީ، ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް ކައުންސިލްތަކާއި ގުޅިގެން ކަންކަން ކުރާ ވެރިއެއްކަމަށް މަކުނުދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރ މުޙައްމަދު ރާޢީ ވިދާޅުވެއްޖެ އެވެ.
ރާޢީ މިހެން ވިދާޅުވީ ހދ. ކުމުންދޫ ކައުންސިލްއާއި އެކު ރޭ މުލިއާ ގޭގައި ކުރިއަށްދިޔަ ބައްދަލުވުމަށްފަހު މީސްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގައެވެ. މިބައްދަލު ކުރެއްވުމުގައި ކުމުންދޫ ކައުންސިލްގެ ރައީސް އަދި ހދ. އަތޮޅު ކައުންސިލްގެ ނައިބް ރައީސް އަމީން މުހައްމަދާއި އެކުންސިލްގެ މެންބަރަކު ވަނީ ބައިވެރިވެފަ އެވެ.
މި ބައްދަލުވުމަށް ފަހު ރާޢީ ވަނީ، މަކުނުދޫ ދާއިރާގައި މިސަރުކާރުން ހިންގުމަށް ހަމަޖެހިފައިވާ ބޮޑެތި މަޝްރޫޢު ތަކާއި ގުޅޭގޮތުން އަލިއަޅުވާލާފައިވެއެވެ. އެގޮތުން މަކުނުދޫ އެއާޕޯޓާއި ނޭކުރަންދޫގައި ބިނާކުރުމަށް ހަމަޖެހިފައިވާ ކަރެކްޝަނަލް ސެންޓަރގެ މަސައްކަތްތަށް މި އަހަރުތެރޭ ފެށިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމުގައި ވިދާޅުވެފައިއެވެ.
"މުޅި ހދ އަތޮޅުގެ ތަރައްޤީގެ މުހިއްމު ދައުރެއް އަދާކުރާނެ، އަދި ޓޫރިޒަމް ޒޯނަކަށް އަތޮޅު ބަދަލު ކޮށްލާނެ މެގަ ޕްރޮޖެކްޓް ކަމުގައިވާ ހަނިމާދޫ އެއާޕޯޓް ޕްރޮޖެކްޓްގެ މަސައްކަތް ދާދި އަވަހަށް ފެށިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ލިބިގެން ދިއުމަކީ ލިބުނު ނުހަނު ބޮޑު އުފަލަކާއި ހިތްހަމަޖެހުމެކެވެ."
ރާޢީގެ މިޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ރާޢީ ވިދާޅުވީ ރާއްޖޭ މިއަދު ދެކެމުން މިދާ ތަރައްޤީގެ ބާނީ އަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކަމަށެވެ.
މީގެ އިތުރުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އަކީ، ވަކި އަތޮޅެއް ވަކި ރަށެއް ފަރަޤު ނުކޮށް ތަރައްޤީގެ ސާލެއް މުޅި ރާއްޖެ އަށް ފަތުރާލަދެއްވި އޯގާތެރި ރައީސް ކަމަށާއި އެކަމަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވާކަމުގައި ވިދާޅުވި އެވެ.
މިބައްދަލު ވުމަށް ފަހު ކުމުންދޫ ކައުންސިލުން ވިދާޅުވެފައިވަނީ، ބަނދަރު މަޝްރޫޢު އާއި ގުޅޭ ގޮތުން ރައްޔިތުންގެ ކަންބޮޑުވުންތައް އެކައުންސިލުން ވާނީ ރައީސް އިބްރާހިމް މުޙައްމަދު ސާލިޚް އަށް ހުށަހަޅާފައި ކަމަށާއި ބަނދަރުގެ ކަންކަން ހައްލު ކޮށްދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީން ކަން އެމަނިކުފާނު ދެއްވާފައިވާކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!