ހއ. އިހަވަންދޫ ފުޓްބޯޅަ ދަނޑުގައި އަޅަނީ ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމިއްޔާ ފީފާއިން އެޕުރޫވުކޮއްފައި ވާކޮލިޓީ ރަނގަޅު ޓާފު ކަމަށާއި، ޓާފު ރޯލްތަކަށް ގެއްލުންދިން މީހުންނަށް ހިތްވަރުދީ ވާހަކަދައްކަމުން ދިއުމަކީ ބަލާގަނެވޭނެ ކަމެއްނޫން ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

ޝިފާޢު މިހެން ވިދާޅުވީ، އިހަވަންދޫ ފުޓްބޯޅަ ދަނޑުގައި އަޅާ ޓާފާއި ގުޅިގެން އެރަށުގެ ޒުވާނުންތަކެއް ވަނީ އެމީހުންގެ ކަންބޮޑުވުން ކައުންސިލާއި ހިއްސާކޮށްފައި ކަމަށާއި، އެކަން ބޮޑުވުންތައް އަންނަ އާދީތައް ދުވަހު ސަރުކާރާއި ރަސްމީކޮށް ހިއްސާކުރަށްވާނެ ކަމަށް އިހަވަންދޫ ކައުންސިލުން ވިދާޅުވެ ދައްކަވާފައިވާ ވާހަކަ ތަކަށް ރައްދު ދެއްވައި ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ.

Ad
rt

އިހަވަންދޫ ދަނޑުގައި އަޅަން ގެނެސްފައިހުރި ޓާފް ރޯލްތަކުން ރޯލެއްގައި މީހަކު ކަޓަރު އަޅައި އެ ޓާފް ރޯލް ބޭނުން ނުކުރެވޭވަރަށް ހަލާކުކޮށްލި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް އަދި ހއ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަޙްމަދު ޞަބާޙް "ތިލަދުން"އަށް ވިދާޅުވީ، އެ ޓާފް ރޯލުގައި ކަޓަރުއެޅި އެޅުން އެ ކައުންސިލުން ބަލައި ނުގަންނަކަމަށާއި، އެ ކަން ކުށްވެރިކުރާ ކަމަށެވެ. އަދި އެއީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫންކަމަށް ވިދާޅުވިއެވެ.

އިހަވަންދޫ ކައުންސިލް މެންބަރު އަހްމަދު ރިޟްވާން "ތިލަދުން"އަށް ވިދާޅުވީ، ދަނޑުގައި އަޅާ ޓާފާމެދު ރަށުގެ ގިނަ ޒުވާނުންތަކެއްގެ ހިތްހަމަ ނުޖެހުން ހުރިކަމަށެވެ. އޭނާ ވިދާޅުވީ އެއީ ދޭހާ އަތްވާއި ވާރޭގައި އެތައް ދުވަހެން ވަންދެން ޓާފް ނާޅައި ބަހައްޓާފައި ހުރި ޓާފްތަކެއްކަމުން އެ ޒުވާނުންގެ ހިތްހަމަނުޖެހުމަކީ އެ ޓާފްތަކުގެ މިހާރުގެ ހާލަތު ކަމަށް ވިދާޅުވިއެވެ.

މިވާހަކަތާއި ގުޅިގެން ޝިފާޢު ވިދާޅުވީ، އިހަވަންދޫ ދަނޑުގައި އަޅަން ޓާފުގެނެސް ނޭޅި މާބޮޑަށްވެސް ލަސްވެއްޖެ ކަމަށެވެ. އެހެންނަމަވެސް ޓާފަކީ ވެހޭހާވާރެއެއްގަޔާއި ދޭހާއަތްވެއްގައި ހުރެގެންފީވާއެއްޗެއްނޫން ކަމަށް ވިދާޅުވިއެވެ.

ދަނޑުގައި އަޅާ ޓާފާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ސަރުކާރާއި ހިއްސާކުރާނަން: އިހަވަންދޫ ކައުންސިލް

"މިފަދަވާހަކަތަކަކީ ކައުންސިލަރުންގެ ގޮތުގައި ރަތްޔިތުން ތަންސީލުކުރާބަޔަކުދައްކާ ވާހަކަޔަކަށްވުރެ ގަޅިވާހަކައެއް، މިހާރުވެސް ޒުވާނުންއެދެނީ އަވަހަށް ދަޑުގައި ކުޅެވޭނެ ގޮތް ހަދާދިނުމަށް، އިހަވަންދޫ ދަނޑުގައިއަޅަނީ ފީފާ އެޕުރޫވުކޮއްފައިވާ ކޮލިޓީ ރަނގަޅުޓާފު. ޕީޕީއެމް އަށް ނިސްބަތްވާ ބައެއް ކައުންސިލަރުން ޓާފު ރޯލްތަކަށް ގެއްލުންދިންފަރާތްތަކަށް ހިތްވަރުދީ ވާހަކަދައްކަމުން ދިއުމަކީ ބަލާގަނެވޭނެ ކަމެއްނޫން." ޝިފާޢު ވިދާޅުވެފައި ވެއެވެ.

ޝިފާޢު ވަނީ، އިހަވަންދޫ ދަނޑުގައި ޓާފު އެޅުން ހުއްޓުވައި މަސައްކަތް ލަސްކުރުމަށް އިހަވަންދޫ ކައުންސިލްގެ ޕީޕީއެމް އަށް ނިސްބަތްވާ ބައެއްމެމްބަރުން އަންނަނީ ބުރަމަސައްކަތްތަކެއް ކުރަމުން ކަމަށް ވިދާޅުވެފައެވެ.