އޮންލައިންކޮށް ފިޠުރު ޒަކާތް ބަލައިގަން އެންމެފަހު ވަގުތަކީ، މާދަން ހަވީރު 6 ޖަހަންދެން
އޮންލައިންކޮށް ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ އެންމެފަހު ވަގުތަކީ 28 ރަމަޟާން 1443 (29 އޭޕްރިލް 2022) ވަނަ ދުވަހުގެ 18:00 ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ. ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކޭނީ މިނިސްޓްރީގެ ކައުންޓަރުތަކުންނާއި ބަނޑޭރި ޕޯޓަލް މެދުވެރިކޮންނެވެ. ޒަކާތް އޮންލައިންކޮށް ދެއްކޭނީ އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުންނާއި، އުރީދޫގެ އެމްފައިސާ، އެސްއެމްއެސް، ދިރާގުގެ ދިރާގުޕޭ، އެސްއެމްއެސް، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފައިސާ މޮބައިލް، ބޭންކް...