ފަހަކަށް އައިސް ކުލިކް ކޮމްޕިއުޓާރސްގެ “ވަންޑޭ އޮފަރ” އަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރު ކުރަމުން ނެވެ.
އެއީ އެކި ޕްރޮޑަކްޓް ތަކުން ބޮޑު ޑިސްކައުންޓެއް ލިބޭހެން، ވަކި ހާއްސަ ދުވަހަކަށް ކްލިކްގެ ފިހާރަތަކުން އަޅުވަމުން އަންނަ ބޮޑު އޮފާއެއްގެ ސަބަބުން ނެވެ.
22.4.22 ރީތި މިތާރީހުގައި އެފިހާރައިން މިފަހަރު ބޮޑު ތަނުން އަގު ހެޔޮކޮށްފައިވަނީ ޓީވީ އާއި ލެޕްޓޮޕްގެ އިތުރުން އިލެކްޓޮރޯނިކްސް ގެ ބާވަތްތަކެވެ.
ފުޅާ ދާއިރާއެއްގައި ގިނަ ބްރޭންޑްތަކެއްގެ ކޮލިޓީ ލެޕްޓޮޕް ރާއްޖެ އެތެރެކޮށް ވިއްކަމުން އަންނަ ކުލިކްގެ ފިހާރަތަކުން މިއަދު އަގު ހެޔޮކޮށްފައިވާ ތަކެތީގެ ތެރޭގައި 3 ލެޕްޓޮޕެއް ހިމެނެ އެވެ. އެ ގޮތުން، 14500 އަށް ވިއްކާ ޑެލް ބްރޭންޑުގެ 15 އިންޗީގެ ލެޕްޓޮޕްއެއް މިއަދު ވިއްކާ އަގަކީ 9880 ރުފިޔާ އަށެވެ. އެހެން ދުވަސް ތަކުގައި 7900 އަށް ވިއްކާ ލެނޯވާ އައިޑިޔާ ޕެޑް3 މިއަދު ލިބެނީ 6500 އަށެވެ. ލެނޯވާ ވީ15 އެއް 8999 އަށެވެ.
ކުލިކްގެ ފިހާރަތަކަކީ އެކި ބްރޭންޑްތަކުގެ އެކި ސައިޒުގެ ޓީވީވެސް ލިބެންހުރި ފިހާރަތަކެކެވެ. އެގޮތުން މިއަދު އަގު ހެޔޮކޮށްފައިވަނީ 50 އަދި 43 އިންޗީގެ ހައިސެން ޓީވީއާއި 40 އިންޗީގެ ސަމްސަންގް ޓީވީ އެވެ. އެހެން ދުވަސްތަކުގައި 6795 އަށް ލިބެން ހުރި 40 އިންޗީގެ ސަމްސަންގް ޓީވީންވަނީ 3,295 ގެ ޑިސްކައުންޓެއް ދީފައެވެ. މިއަދު އެޓީވީ ގަންނަ ނަމަ ލިބޭނީ 3500 އަށެވެ.
މީގެ އިތުރުން 1 ޓީބީގެ ހާޑާއި، 2 ޓީބީ އަދި 500 ޖީބީގެ އެސްއެސްޑީ ހާޑު، ސްމާޓް ވޮޗް، ވެބްކެމްގެ އިތުރުން ޑީޖޭ ސްޕީކަރ ސިސްޓަމެއްގެ އަގުވެސް ވަނީ ހެޔޮކޮށްފަ އެވެ.
..
Exclusive prices just for one day!
Save the date.----------
Lenovo V15 (Intel Core i3 -...
Posted by ClickComputers on Tuesday, April 19, 2022
ރޯދަ މަހުގެ ދުވަސްތަކުގައި ކުލިކްގެ ފިހާރަތައް ހުޅުވާފައި ހުންނާނީ ހުކުރު ދުވަހު 14:00 އިން 16:30 އަށް އަދި ރޭގަނޑު 21:00 އިން 23:00 އަށެވެ. ހުކުރު ދުވަސް ފިޔަވާ އެހެނިހެން ދުވަސްތަކުގަައި ހެނދުނު 10:00 - 12:00 އަށް 13:00 - 16:30 އަދި ރޭގަނޑު 21:00 އިން 23:00 އަށެވެ.
ޓެކްނޮލޮޖީ ދާއިރާގެ ގިނަ ބާވަތްތަކެއް އެއްފުރާޅެއްގެ ދަށުން ހެޔޮ އަގެއްގައި ހޯދަން ބޭނުންނަމަ ދާންވީ ކުލިކްގެ ފިހާރަތަކަށެވެ. މާފަންނު މަޖީދީމަގު ސަންފްރަޓް އާއި އިންވެގެން ކުލިކްގެ ފިހާރަ އެއް ހުންނަ އިރު މާފަންނު އީދު މިސްކިތް ހުންނަ މަގުގައި ހުންނަ ލެމަންގުރާސް ކުރިމަތީގައި ވެސް ކުލިކްގެ ފިހާރައެއް ހުރެއެވެ. ކުލިކްގެ ސާވިސް ސެންޓަރ މިހާރު ހުންނަނީ އެތަނުގަ އެވެ.
ކުލިކް ކޮމްޕިއުޓަރސް އަކީ މީގެ 18 އަހަރު ކުރިން ފެށިގެން ކޮންޕިއުޓަރާއި ޓެކްނޮލޮޖީގެ އާލާތްތައް ރާއްޖެ އެތެރެކޮށް އަތްފޯރާ ފަށުގައި ވިއްކަމުން އަންނަ ފިހާރަ އެކެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7992472 ނުވަތަ 7796956 އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!