މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,448 Stories
2,716 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ހުޅުމާލޭގައި ޕޫލަކަށް ވެއްޓި ކުޑަކުއްޖަކު ނިޔާވެއްޖެ
Raajje

ހުޅުމާލޭގައި ޕޫލަކަށް ވެއްޓި ކުޑަކުއްޖަކު ނިޔާވެއްޖެ

ހުޅުމާލޭގައި ސުވިމިން ޕޫލަކަށް ވެއްޓި 4 އަހަރު ކުއްޖަކު ނިޔާވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ހުޅުމާލެ އޯޝަން ފްރަންޓް ރެސިޑެންސް ސުވިމިން ޕޫލަށް 4 އަހަރުގެ ފިރިހެން ކުއްޖަކު ވެއްޓިގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓު މިއަދު ހަވީރު 5:10 ހާއިރު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. އަދި 5:40 ހާއިރު އެ ކުއްޖާ ނިޔާވެފައިވާ ކަމަށް އެ ހުޅުމާލެ ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ […]

މަރޮށި ސިއްހީ މަރުކަޒުގެ ހިދުމަތް 16 ގަޑިއިރަށް ބަދަލުކޮށްފި
Thiladhunmathi News

މަރޮށި ސިއްހީ މަރުކަޒުގެ ހިދުމަތް 16 ގަޑިއިރަށް ބަދަލުކޮށްފި

ށ. މަރޮށި ސިއްހީ މަރުކަޒުގެ ޚިދުމަތް 16 ގަޑިއިރަށް ބަދަލުކޮށްފިއެވެ. މަރޮށި ސިއްހީ މަރުކަޒުން ވިދާޅުވީ، އެ މަރުކަޒުގައިގެ ދަރަޖަ 2 ސެޕްޓެމްބަރ 2021 ގައި 1 ވަނަ ދަރަޖައިން 2 ވަނަ ދަރަޖައަށް ބަދަލުވެފައިވާ ކަމަށެވެ. އެހެންކަމުން 01 ޖެނުއަރީ 2022 ން ފެށިގެން އެ މަރުކަޒު ވަނީ 16 ގަޑިއިރަށް ޚިދުމަތް ބަދަލު ކުރެވިފައިކަމަށް މަރޮށި ސިއްހީ މަރުކަޒުން ވިދާޅުވެއެވެ. މި ބަދަލާއެކު އެ މަރުކަޒުގެ ޑޮކްޓަރުންގެ ޑިއުޓީ ހަމަޖެހިފައި ވަނީ ހެނދުނު 8:00 […]

ހުޅުމާލޭން ވިއްކަން ނިންމި ބިންތައް ގަނެވޭނީ ހަމައެކަނި މާލޭ ރަށްވެހިންނަށް: އެޗްޑީސީ
Raajje

ހުޅުމާލޭން ވިއްކަން ނިންމި ބިންތައް ގަނެވޭނީ ހަމައެކަނި މާލޭ ރަށްވެހިންނަށް: އެޗްޑީސީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ވިއްކަން ކަނޑައެޅި 60 ބިން ހަމައެކަނި މާލޭގެ ރައްވެހިންނަށް ގަނެވޭގޮތަށް އުސޫލަށް ބަދަލުގެނެސް އާންމުކޮށްފިއެވެ. ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ކުރިން އާންމުކޮށްފައިވާ އުސޫލުގައިވާ ގޮތުން 18 އަހަރުން މަތީ ރާއްޖޭގެ ކޮންމެ ރަށެއްގެ ރައްވެއްސަކަށް ވެސް ބިން ގަނެވެއެވެ. ނަމަވެސް އެޗްޑީސީން ވަނީ އެ އުސޫލަށް ބަދަލުގެނެސް މިހާރު އެ ބިންތައް ގަނެވޭނީ ހަމައެކަނި މާލޭ ރައްވެހިންނަށް ކަމަށް ކަނޑައަޅާފައެވެ. މި ބިންތައް ގަތުމުގެ ޝަރުޠުތައް: މާލޭގައި ރަޖިސްޓްރީވެ...

މޮޅަދޫ ދެކުނުގައި "ވަދުމަސްކަނދެއް" އަޅައިފި
Thiladhunmathi News

މޮޅަދޫ ދެކުނުގައި "ވަދުމަސްކަނދެއް" އަޅައިފި

ހއ. މޮޅަދޫ ދެކުނުގައި “ވަދުމަސްކަނދެއް” އިއްޔެ އަޅައިފިއެވެ. މަސްވެރިކަމާބެހޭ ވުޒާރާ، މިނިސްޓްރީ އޮފް ފިޝަރީޒް މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރގެ ވަޒީރު، ޑރ. ހުސައިން ރަޝީދު ހަސަން ކުރެއްވި ޓްވީޓެއްގައި ވިދާޅީ، އަޑިއަށް ފެތުނު ކަނދުގެ ބަދަލުގައި، އައު “ވަދުމަސްކަނދެއް” މޮޅަދޫގެ 1.5 މޭލު ދެކުނު ސަރަހައްދެއްގައި ފިޝަރީޒް މިނިސްޓްރީގެ ކަނދުފަތިޓީމުން އިއްޔެ ހަވީރު އަޅާފައިވާ ކަމަޑެވެ. މިކަނދުގައި ދަތުރުފަތުރު ކުރުމުގެ ސަލާމަތައްޓަކައި ލައިޓެއްވެސް ވަނީ ހަރުކޮށްފައި ކަމަށް މިނިސްޓަރު ޑރ. ހުސެން ވ...

ރާޝިދު ވެސް ފޯމް ހުށަހަޅައިފި
Thiladhunmathi News

ރާޝިދު ވެސް ފޯމް ހުށަހަޅައިފި

ހުސްވެފައިވާ ކޮމަންޑޫ ދާއިރާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރަން ބާއްވާ ބައި އިލެކްޝަންގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރާކުރާ ކެންޑިޑޭޓް މުޙައްމަދު ރާޝިދުގެ ކެންޑިޑެންސީ ފޯމް އިލެކްޝަން ކޮމިޝަން (އީސީ)އަށް މިއަދު ހުށަހަޅައިފިއެވެ. ރާޝިދަކީ މި އިންތިޚާބުގައި ވާދަކުރުމަށް އީސީއަށް ދެވަނަ އަށް ފޯމް ހުށަހެޅި ފަރާތެވެ. މީގެކުރިން އެމްއެންޕީގެ ކެންޑިޑޭޓު ޢަބްދުލް ޙަންނާން އިދުރީސް ވަނީ ފޯމު ހުށަހަޅާފައެވެ. ރާޝިދަކީ ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އެވެ. އަދި...

ޑރ. އަނާރާ އަދާލަތުން ވަކިވާން ހުށަހަޅުއްވައިފި
Raajje

ޑރ. އަނާރާ އަދާލަތުން ވަކިވާން ހުށަހަޅުއްވައިފި

އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން( އައިއޯސީސީ)ގެ އެއް ނައިބު ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ. އަނާރާ ނައީމް އެ ޕާޓީން ވަކިވާން ހުށަހަޅުއްވައިފިއެވެ. އަދާލަތު ޕާޓީގައި އިސްކޮށް މަސައްކަތްކުރެއްވި މަޝްހޫރު ދީނީ ޢިލްމްވެރިޔާ ޑރ. އަނާރާ ވަނީ އޭނާ އަދާލަތު ޕާޓީން ވަކިވާން ހުށަހަޅުއްވާފައިވާކަމަށް މިއަދު ވިދާޅުވެފައެވެ. އަދާލަތުން ވަކިވާން ހުށަހެޅުއްވިކަން ހާމަކުރަށްވާ، އެކަމަށް އެދި ހުށަހެޅުއްވި ސިޓީގައި ޑރ. އަނާރާ ވަނީ ވޭތުވި ދުވަސްތ...

ސިއްހީ ފަންނުވެރިންނަށް ވަޒީފާގެ ކުރިއެރުން ލިބޭނެ އޮނިގަނޑެއް ނެތް މައްސަލަ ކޯޓަށް
Raajje

ސިއްހީ ފަންނުވެރިންނަށް ވަޒީފާގެ ކުރިއެރުން ލިބޭނެ އޮނިގަނޑެއް ނެތް މައްސަލަ ކޯޓަށް

ހެލްތް ޕްރޮފެޝަންގެ ފަންނީ ވަޒީފާތަކުގެ ކުރިއެރުން ލިބޭނެ ގޮތެއް ވެފައިނުވަނީ، ވަޒީފާގެ ކުރިއެރުން ލިބޭނެ އޮނިގަނޑެއް ނެތުމުގެ ސަބަބުންކަމަށްވާތީ، ސިވިލް ކޯޓަށް މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ. ޕަބްލިކް އިންޓްރަސްޓް ލޯ ސެންޓަރާއި، މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލްސް ޔޫނިއަނުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ، ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ފަންނީ އޮނިގަނޑެއް ހަދާ ތަންފީޒު ކުރަމުން ނުގެންދާތީ ޞިއްޙީ ދާއިރާގެ މުވައްޒަފުންނަށް އެއް ހަމައަކުން ވަޒީފާގެ ކުރިއެރުން ލިބުމުގެ ޙައްޤ...

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން: ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުން ބުރާސްފަތި ދުވަހުގެ ރޭ
Thiladhunmathi News

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން: ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުން ބުރާސްފަތި ދުވަހުގެ ރޭ

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުން މި އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބާއްވަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ. އީސީން ބުނީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުމަށް ހަމަޖެހިފައިވައި ވަނީ މި މަހުގެ 30 ވަނަ ދުވަހުގެ ރޭ 21:00 ގައިކަމަށެވެ. އެކަން ކުރިއަށް ގެންދިޔުމަށް ނިންމާފައި ވަނީ އިންތިޚާބާބެހޭ ޤައުމީ...

މަންތާ އެއާ އެޕްރެންޓިސްޝިޕް ޕްރޮގްރާމް "މަންތާ ވިންގްސް" އިފްތިތާޙްކޮށްފި
Business

މަންތާ އެއާ އެޕްރެންޓިސްޝިޕް ޕްރޮގްރާމް "މަންތާ ވިންގްސް" އިފްތިތާޙްކޮށްފި

ރާއްޖޭގެ އަމިއްލަ އެއާލައިނެއްކަމަށްވާ މަންތާ އެއާގެ، އެޕްރެންޓިސްޝިޕް ޕްރޮގްރާމް “މަންތާ ވިންގްސް” އިފްތިތާޙްކޮށްފިއެވެ. މި އެޕްރެންޓިސްޝިޕް ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. މި އެޕްރެންޓިސްޝިޕް ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވުމުގެ ގޮތުން އެމަނިކުފާނު ވަނީ “މަންތާ ވިންގްސް” ގެ ބައިވެރިނަންނަށް ލިޔުން ޙަވާލުކޮށްދެއްވާފައެވެ. މި އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ވައިގެ ދަތުރު ފަތުރުގެ ސިނާޢަތުގައި ހިމެނޭ އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމަށާއި، ޒުވާނުން...

އެމްއެންޕީގެ ހަންނާނު ފޯމު ހުށަހަޅައިފި
Thiladhunmathi News

އެމްއެންޕީގެ ހަންނާނު ފޯމު ހުށަހަޅައިފި

‏ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް ޢަބްދުލް ޙަންނާން އިދުރީސްގެ ކެނޑިޑެންސީ ފޯމު މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅައިފިއެވެ. ހަންނާނަކީ މި އިންތިޚާބުގައި ވާދަކުރުމަށް އީސީއަށް ފުރަތަމަ ފޯމް ހުށަހެޅި ފަރާތެވެ. އޭނާއަށް އެމްއެންޕީގެ ޓިކެޓް ރަސްމީކޮށް ހަވާލުކޮށްފައި ވަނީ އިއްޔެ ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. ކޮމަންޑޫއަށް އުފަން، މިހާރު ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރައްވަމުން އަންނަ ހައްނާނަކީ ތައުލީމީ ދާއިރ...

ހިޔާ ފްލެޓްގެ ކުލި ނުނަގާ މުއްދަތު އިތުރުކޮށްދީފި
Raajje

ހިޔާ ފްލެޓްގެ ކުލި ނުނަގާ މުއްދަތު އިތުރުކޮށްދީފި

ހިޔާގެ ފްލެޓްތަކުން ކުލި ދެއްކުން އިތުރު ތިން މަސް ދުވަހަށް ފަސްކޮށްދީފައިވާކަން ސަރުކާރުން ޢިއުލާން ކޮށްފިއެވެ. މިކަން ޢިއުލާންކުރެއްވީ، އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި މިރޭ ސަރުކާރުން ބާއްވަމުން ގެންދާ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙެވެ. ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓް ކަށަވަރުވި ގިނަ ބަޔަކު މިހާރު އެތަންތަނަށް ބަދަލުވުމުގެ މަސައްކަތް ފަށާފައިވާއިރު ގިނަ ޢާއިލާތަކުން ވަނީ އެތަންތަނަށް ބަދަލުވެސް ވެފައެވެ. އެ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތް ކުރުމ...

އާސަންދައިން ހޯދި ހުރިހާ ހިދުމަތެއް ބެލޭނެ މޯބައިލް އެޕެއް
Raajje

އާސަންދައިން ހޯދި ހުރިހާ ހިދުމަތެއް ބެލޭނެ މޯބައިލް އެޕެއް

އާސަންދައިން ހޯދާފައިވާ ހިދުމަތްތަކުގެ ތަފްސީލު ބެލޭނެ މޯބައިލް އެޕްލިކޭޝަނެއް ތައާރަފްކޮށްފި އެވެ. އެ އެޕްލިކޭޝަން އިފްތިތާހްކޮށްދެއްވީ އާސަންދަ ކުންފުނީގެ 10 ވަަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ. “އާސަންދަ މޯބައިލް އެޕްލިކޭޝް” މެދުވެރިކޮށް އާސަންދަ ސްކީމް މެދުވެރިކޮށް ހޯދާ ހިދުމަތުގެ ތަފްސީލް ކޮންމެ ވަގުތަކު ކޮންމެ ތަނެއްގައި ހުރެގެން ވެސް ބަލާލެވޭނެ އެވެ. އެ ހިދުމަތަށް ރެޖިސްޓްރީވުމުން އެމީހަކު ހޯދާފައިވާ ހިދުމަތްތަކުގެ ތަފްސީ...

އިދިކޮޅު ޓިކެޓް މޫސާ ފަތުހީއަށް
Thiladhunmathi News

އިދިކޮޅު ޓިކެޓް މޫސާ ފަތުހީއަށް

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓް ދޭނެ ފަރާތަކީ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ގާނޫނީ ވަކީލު މޫސާ ފަތުހީ އާދަމް ކަމަށް ނިންމައިފިއެވެ. ޕްރޮގްރެސިވް ކޯލިޝަނުން ވަނީ އެ ކޯލިޝަންގައި ހިމެނޭ ޕީ.ޕީ.އެމްއާއި ޕީ.އެން.ސީގެ މެމްބަރުންގެ ތެރެއިން އެ އެކޯލިޝަންގެ ޓިކެޓްގައި އެ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ މެންބަރުނަށް ޕްރައިމަރީއަށް ކުރިމަތިލުމަށް މި މަހުގެ 21 ވަނަ ދުވަހު ހުޅުވާލާފައެވެ. އެ ފުރުޞަތު ބަންދުވީ 23 ޑިސެމްބަރުގައެވެ. އެ...

ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ގުޅުން ބަދަހިކުރުމާބެހޭ 4 އެއްބަސްވުމެއް
Raajje

ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ގުޅުން ބަދަހިކުރުމާބެހޭ 4 އެއްބަސްވުމެއް

ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ގުޅުން ބަދަހިކުރުމާބެހޭ 4 އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ނެވެ. މި އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީ...

ޑިންގީއަކާއި ލޯންޗެއް ޖެހި އެކްސިޑެންޓްވެ، ޑިންގީ އަޑިއަށް
Raajje

ޑިންގީއަކާއި ލޯންޗެއް ޖެހި އެކްސިޑެންޓްވެ، ޑިންގީ އަޑިއަށް

ޑިންގީއަކާއި ލޯންޗެއްޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި އެކްސިޑެންޓް ހިނގާފައި ވަނީ މިރޭ 18:50 ހާއިރު ވިލިމާލޭ ދެކުނު ފަރާތު ކަނޑުތެރެއިން ކަމަށެވެ. މި އެކްސިޑެންޑްގައި ޑިންގީއާއި ލޯންޗް މުޑިއެރުމުގެ ސަބަބުން ޑިންގީ ވަނީ އަޑިއަށް ގޮސްފައެވެ. އަޑިއަށް ގޮސްފައިވަނީ ކ. ގުރައިދޫގައި ދުއްވާ ޑިންގީއެއްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މި ހާދިސާގައި ދެ ފިރިހެނަކަށް ވަނީ އަނިޔާވެފައެވެ. އެ ދެ މީހުން މިހާރު ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އަށް...