ހުޅުމާލޭގައި ސުވިމިން ޕޫލަކަށް ވެއްޓި 4 އަހަރު ކުއްޖަކު ނިޔާވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ހުޅުމާލެ އޯޝަން ފްރަންޓް ރެސިޑެންސް ސުވިމިން ޕޫލަށް 4 އަހަރުގެ ފިރިހެން ކުއްޖަކު ވެއްޓިގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓު މިއަދު ހަވީރު 5:10 ހާއިރު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.
އަދި 5:40 ހާއިރު އެ ކުއްޖާ ނިޔާވެފައިވާ ކަމަށް އެ ހުޅުމާލެ ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބައްލަވަމުން ގެންދަވާކަމަށް ފުލުހުން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!