ޑިންގީއަކާއި ލޯންޗެއްޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި އެކްސިޑެންޓް ހިނގާފައި ވަނީ މިރޭ 18:50 ހާއިރު ވިލިމާލޭ ދެކުނު ފަރާތު ކަނޑުތެރެއިން ކަމަށެވެ.

Ad
rt

މި އެކްސިޑެންޑްގައި ޑިންގީއާއި ލޯންޗް މުޑިއެރުމުގެ ސަބަބުން ޑިންގީ ވަނީ އަޑިއަށް ގޮސްފައެވެ. އަޑިއަށް ގޮސްފައިވަނީ ކ. ގުރައިދޫގައި ދުއްވާ ޑިންގީއެއްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މި ހާދިސާގައި ދެ ފިރިހެނަކަށް ވަނީ އަނިޔާވެފައެވެ. އެ ދެ މީހުން މިހާރު ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އަށް ގެންދެވި ފަރުވާދޭން ފަށާފައެވެ.

މި އެކްސިޑެންޓް ހިނގި ސަރަހައްދުގައި ފުލުހުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

މި ހާދިސާގައި ޑިންގީ އަޑިއަށް ގޮސްފައިވާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތައް އެކަމަށް ސަމާލު ވުމަށް ފުލުހުން ވަނީ އިލްތިމާސް ކުރަށްވާފައެވެ.