ހއ. މޮޅަދޫ ދެކުނުގައި "ވަދުމަސްކަނދެއް" އިއްޔެ އަޅައިފިއެވެ.
މަސްވެރިކަމާބެހޭ ވުޒާރާ، މިނިސްޓްރީ އޮފް ފިޝަރީޒް މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރގެ ވަޒީރު، ޑރ. ހުސައިން ރަޝީދު ހަސަން ކުރެއްވި ޓްވީޓެއްގައި ވިދާޅީ، އަޑިއަށް ފެތުނު ކަނދުގެ ބަދަލުގައި، އައު "ވަދުމަސްކަނދެއް" މޮޅަދޫގެ 1.5 މޭލު ދެކުނު ސަރަހައްދެއްގައި ފިޝަރީޒް މިނިސްޓްރީގެ ކަނދުފަތިޓީމުން އިއްޔެ ހަވީރު އަޅާފައިވާ ކަމަޑެވެ.
މިކަނދުގައި ދަތުރުފަތުރު ކުރުމުގެ ސަލާމަތައްޓަކައި ލައިޓެއްވެސް ވަނީ ހަރުކޮށްފައި ކަމަށް މިނިސްޓަރު ޑރ. ހުސެން ވިދާޅުވިއެވެ. އަދި އެ ލައިޓް ރަނގަޅަށް މަސައްކަތްކުރާ ކަމަށާއި، ކަނދު ރީތިކޮށް ފެންމަތީ އޮތްކަމަށް ވެސް މިނިސްޓަރު ވަނީ ފާހަގަ ކުރަށްވާފައެވެ.
ހއ. މުޅަދޫ ދެކުނުގައި މިއަދު އެޅި #ވަދުމަސްކަނދު ގެ ލައިޓުވެސް ރަނގަޅަށް އެބަމަސައްކުރޭ! އަދި އެކަނދު އޮތީ ރީތިކޮށް ފެންމަތީ! pic.twitter.com/iPgvKATyru
— Hussain R. Hassan (@DrHussainHassan) December 30, 2021
މި ކަނދު އެޅުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި މޮޅަދޫ ތަމްސީލްކުރަށްވާ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވީ، މިއީ ފަރުމަސްވެރިކަމަށް ހާއްސަކޮއްގެން ދިވެހިރާއްޖޭގައި އެޅުނު ފުރަތަމަ ކަނދު ކަމަށެވެ.
މި ވަދުމަސްކަނދުގެ ސަބަބުން ސަރަހައްދުގެ ފަރުމަސްވެރިކަމަށް ކުރިއެރުން ލިބޭނެކަންޔަގީން ކުރަށްވާކަމަށް ވެސް ޝިފާޢު ވަނީ ވިދާޅުވެފައެވެ.
ފަރުމަސްވެރިކަމަށް ހާއްސަކޮއްގެން ދިވެހިރާއްޖޭގައި އެޅުނު ފުރަތަމަ ކަނދު، #ވަދުމަސްކަނދު، ހއ.މުޅަދޫގެ 1.5 މޭލު ދެކުނު ސަރަހައްދެއްގައި މިއަދު ހަވީރު އަޅާފި. މިކަނދުގެސަބަބުން ސަރަހައްދުގެ ފަރުމަސްވެރިކަމަށް ކުރިއެރުން ލިބޭނެކަންޔަގީން.
ޝުކުރިއްޔަަ މިނިސްޓަރ @DrHussainHassan pic.twitter.com/RBxZTYQ2zH
— MP Mohamed Shifau (@mhshifau) December 30, 2021
ފިއްލަދޫގެ ބޭރުގައި އޮންނަ "ދޮށިމަސްކަނދު" ކަނޑައިގެން ގޮސްފައިވާތީ، އެ ކަނދު ވެސް މަސްވެރިކަމާބެހޭ ވުޒާރާގެ ފަރާތުން އިއްޔެ ވަނީ އަލުން އަޅާފައެވެ.
މި ކަނދު އަޅާފައި ވަނީ ފިއްލަދޫގެ 15 މޭލު އިރުމަތީ ސަރަހައްދެއްގައެވެ. މި މަސައްކަތުގައި ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ސަފީގު ވެސް ވަނީ އަމަލީގޮތުން ބައިވެރިވެ މަސައްކަތް ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!