އާސަންދައިން ހޯދާފައިވާ ހިދުމަތްތަކުގެ ތަފްސީލު ބެލޭނެ މޯބައިލް އެޕްލިކޭޝަނެއް ތައާރަފްކޮށްފި އެވެ.

އެ އެޕްލިކޭޝަން އިފްތިތާހްކޮށްދެއްވީ އާސަންދަ ކުންފުނީގެ 10 ވަަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

Ad
rt

"އާސަންދަ މޯބައިލް އެޕްލިކޭޝް" މެދުވެރިކޮށް އާސަންދަ ސްކީމް މެދުވެރިކޮށް ހޯދާ ހިދުމަތުގެ ތަފްސީލް ކޮންމެ ވަގުތަކު ކޮންމެ ތަނެއްގައި ހުރެގެން ވެސް ބަލާލެވޭނެ އެވެ.

އެ ހިދުމަތަށް ރެޖިސްޓްރީވުމުން އެމީހަކު ހޯދާފައިވާ ހިދުމަތްތަކުގެ ތަފްސީލް ފެންނާނެއެވެ. އަދި ބޭސް ސިޓީތަކުގެ ތަފްސީލްތައް ވެސް ފެންނާނެ އެވެ. މީގެ އިތުރުން އެމީހަކު ހޯދާފައިވާ ހިދުމަތްތަކަށް ހަރަދުވާ މިންވަރު ވެސް ފެންނަން ހުންނާނެ އެވެ.

އެ އެޕްލިކޭޝަނުން ހިދުމަތް ހޯދުމުން ފޯނަށް ނޮޓިފިކޭޝަން އަންނަގޮތަށް ހަދާފައިވާއިރު، އެމީހަކު ހޯދި ހިދުމަތާއި ހިދުމަތް ހޯދި ތަނާއި ހަރަދުވި އަދަދުގެ ތަފްސީލް މެސެޖުން އެނގޭނެ ކަމަށް އާސަންދައިން ބުނެ އެވެ. އެ މެސެޖް ލިބޭނީ އާސަންދަ ހިދުމަތުގައި ރެޖިސްޓްރީކޮށްފައިވާ ފޯން ނަންބަރަށެވެ.

އާސަންދައިން ދަނީ ޢާއްމުންނަށް ބޭނުންވާ މުހިންމު ޚިދުމަތްތަކެއް ތައާރަފްކުރަމުންނެވެ.