ހިޔާގެ ފްލެޓްތަކުން ކުލި ދެއްކުން އިތުރު ތިން މަސް ދުވަހަށް ފަސްކޮށްދީފައިވާކަން ސަރުކާރުން ޢިއުލާން ކޮށްފިއެވެ.
މިކަން ޢިއުލާންކުރެއްވީ، އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި މިރޭ ސަރުކާރުން ބާއްވަމުން ގެންދާ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙެވެ.
ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓް ކަށަވަރުވި ގިނަ ބަޔަކު މިހާރު އެތަންތަނަށް ބަދަލުވުމުގެ މަސައްކަތް ފަށާފައިވާއިރު ގިނަ ޢާއިލާތަކުން ވަނީ އެތަންތަނަށް ބަދަލުވެސް ވެފައެވެ.
އެ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތް ކުރުމަށް ކުލި ނުހިނގާ ގޮތަށް ކުރިން ވަނީ ތިން މަހުގެ މުއްދަތެއް ދީފައެވެ. މި މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާނެއެވެ.
އެހެންނަމަވެސް އަދިވެސް ގިނަ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނިންމާލެވިފައި ނުވާތީ އެ ފްލެޓްތައް ލިބުނު ފަރާތްތައް ވަނީ ކުލި ނުހިނގާ މުއްދަތު އިތުރުކޮށް ދިނުމަށް އެދިފައެވެ.
ހުޅުމާލޭ ފޭސް 2 ގައި ކުރީ ސަރުކާރުން ހިންގަންފެށި ހިޔާ މަޝްރޫޢުގެ ދަށުން 6,720 ފުލެޓް އިމާރާތްކޮށްފަ ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!