ހެލްތް ޕްރޮފެޝަންގެ ފަންނީ ވަޒީފާތަކުގެ ކުރިއެރުން ލިބޭނެ ގޮތެއް ވެފައިނުވަނީ، ވަޒީފާގެ ކުރިއެރުން ލިބޭނެ އޮނިގަނޑެއް
ނެތުމުގެ ސަބަބުންކަމަށްވާތީ، ސިވިލް ކޯޓަށް މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ.

ޕަބްލިކް އިންޓްރަސްޓް ލޯ ސެންޓަރާއި، މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލްސް ޔޫނިއަނުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ، ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ފަންނީ އޮނިގަނޑެއް ހަދާ ތަންފީޒު ކުރަމުން ނުގެންދާތީ ޞިއްޙީ ދާއިރާގެ މުވައްޒަފުންނަށް އެއް ހަމައަކުން ވަޒީފާގެ ކުރިއެރުން ލިބުމުގެ ޙައްޤުން މަޙުރޫމްވެފައިވާކަމަށެވެ.

Ad
rt

އެހެންކަމުން ސިވިލް ސާރވިސްގެ މުވައްޒަފުންގެ ތެރެއިން ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ 489 މުވައްޒަފުންނާއި އެ މުވައްޒަފުން ނިސްބަތްވާ މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލްސް ޔޫނިއަންގެ ފަރާތުން ޕަބްލިކް އިންޓްރަސްޓް ލޯ ސެންޓަރުން މިއަދު ސިވިލް ކޯޓަށް
މައްސަލައެއް ހުށަހަޅާފައިވާނެކަމަށް އެ ބަޔާނުގައި ބުނެފަވެއެވެ.

"މި މައްސަލަ ރައްދުވާ ފަރާތްތަކަކީ ސިވިލް ސަރވިސް ކޮމިޝަނާއި މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީ އޮފް ފިނޭންސްއެވެ. ރާއްޖޭގެ ގާތްގަނޑަކަށް ހުރިހާ އަތޮޅެއްގައި މަސައްކަތްކުރާ ޞިއްޙީދާއިރާއަށް ނިސްބަތްވާ ސިވިލް ސާރވިސް މުވައްޒަފުން މި މައްސަލާގައި ހިމެނެއެވެ." އެ ބަޔާނުގައި ބުނެފަވެއެވެ.

މިއަދު މި ހުށަހެޅި މައްސަލައަކީ، 2008 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށްވެސް ސިވިލް ސާރވިސްގެ
ހެލްތް ޕްރޮފެޝަންގެ ފަންނީ ވަޒީފާތަކުގެ ކުރިއެރުން ލިބޭނެ ގޮތެއް ވެފައިނުވަނީ، ވަޒީފާގެ ކުރިއެރުން ލިބޭނެ އޮނިގަނޑެއް
ނެތުމުގެ ސަބަބުންކަމަށްވާތީ، އެކަމަކީ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަސާސީ ހައްޤުން
މަހްރޫމްވުންކަމަށްވާތީ، ވަޒީފާގެ ކުރިއެރުން ލިބޭނެ އޮނިގަނޑެއް ތައްޔާރުކޮށް ތަންފީޛުކުރުމަށް ސިވިލް ސަރވިސް ކޮމިޝަނާއި
މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީ އޮފް ފިނޭންސާއި ކަމާގުޅޭ ދައުލަތުގެ އެންމެހާ އިދާރާތަކުގެ މައްޗަށް އަމުރުކޮށްދެއްވުން
އެދި ހުށަހެޅި މައްސަލައެއްކަމަށް އެ ބަޔާނުގައި ބުނެފަވެއެވެ.