ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓް ދޭނެ ފަރާތަކީ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ގާނޫނީ ވަކީލު މޫސާ ފަތުހީ އާދަމް ކަމަށް ނިންމައިފިއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ވަނީ އެ ކޯލިޝަންގައި ހިމެނޭ ޕީ.ޕީ.އެމްއާއި ޕީ.އެން.ސީގެ މެމްބަރުންގެ ތެރެއިން އެ އެކޯލިޝަންގެ ޓިކެޓްގައި އެ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ މެންބަރުނަށް ޕްރައިމަރީއަށް ކުރިމަތިލުމަށް މި މަހުގެ 21 ވަނަ ދުވަހު ހުޅުވާލާފައެވެ.

Ad
rt

އެ ފުރުޞަތު ބަންދުވީ 23 ޑިސެމްބަރުގައެވެ. އެ މުއްދަތުގައި އެ ކޯލިޝަން ޓިކެޓް ހޯދަން ޕްރައިމަރީގައި ވާދަކުރަން ކުރިމަތިލީ މޫސާ ފަތުހީއެވެ.

މޫސާ ފަތުހީ އަކީ ކޮމަންޑޫއަށް ނިސްބަތްވާ ބޭފުޅެކެވެ. އޭނާ ވަނީ ށ. އަތޮޅު ރައީސް ކަމާއި އެ އަތޮޅު އަތޮޅު ވެރިޔާގެ މަގާމު ވެސް މީގެ ކުރިން ފުރުއްވައިފަ އެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރު ހުސައިން ވަހީދު މި މަހުގެ 13 ވީ ހޯމަދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ.

ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ބާއްވަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމާފައި ވަނީ، 2022 ފެބުރުވަރީ 05 ވާ ހޮނިހިރު ދުވަހު އެވެ