މަރޮށި ސިއްހީ މަރުކަޒުގެ ހިދުމަތް 16 ގަޑިއިރަށް ބަދަލުކޮށްފި

Maroshi health centre

ށ. މަރޮށި ސިއްހީ މަރުކަޒުގެ ޚިދުމަތް 16 ގަޑިއިރަށް ބަދަލުކޮށްފިއެވެ.

މަރޮށި ސިއްހީ މަރުކަޒުން ވިދާޅުވީ، އެ މަރުކަޒުގައިގެ ދަރަޖަ 2 ސެޕްޓެމްބަރ 2021 ގައި 1 ވަނަ ދަރަޖައިން 2 ވަނަ ދަރަޖައަށް ބަދަލުވެފައިވާ ކަމަށެވެ.

އެހެންކަމުން 01 ޖެނުއަރީ 2022 ން ފެށިގެން އެ މަރުކަޒު ވަނީ 16 ގަޑިއިރަށް ޚިދުމަތް ބަދަލު ކުރެވިފައިކަމަށް މަރޮށި ސިއްހީ މަރުކަޒުން ވިދާޅުވެއެވެ.

މި ބަދަލާއެކު އެ މަރުކަޒުގެ ޑޮކްޓަރުންގެ ޑިއުޓީ ހަމަޖެހިފައި ވަނީ ހެނދުނު 8:00 އިން މެންދުރު 14:00 އަށް އަދި
ރޭގަނޑު 20:00 އިން 22:00 އަށެވެ.

މެންދުރު 13:00 އިން 14:00 އަށް ފްލޫ ކްލިނިކްގެ ޚިދުމަތް ދޭން ނިންމާފައިވާއިރު، ނަރުހުންދޭ ޚިދުމަތްތައް ދޭނީ
ހެނދުނު 8.00 އިން 00:00 އަށެވެ. އަދި ޕަބްލިކް ހެލްތް ޔުނިޓްގެ ޚިދުމަތް ދޭނީ ހެނދުނު 8:15 އިން 13:30 އަށެވެ.

މިނޫން ގަޑިތަކުގައި މަރުކަޒުގެ ހިދުމަތްލިބޭނީ ހަމައެކަނި އެމެޖެންސީ ހާލަތްތަކުގައިކަމަށް މަރޮށި ސިއްހީ މަރުކަޒުން ވިދާޅުވެއެވެ.

މަރޮށްޓަކީ އާބާދީގައި 970 އަށް ވުރެ ގިނަ މީހުން ހިމެނޭ ރަށެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި