މައި ޚަބަރަށް ދިޔުމަށް

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,448 Stories
2,699 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ބަންގްލަދޭޝްގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންފި
Raajje

ބަންގްލަދޭޝްގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންފި

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ. ބޮޑުވަޒީރު ޝައިޚް ޙަސީނާގެ މި ދަތުރުފުޅަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ކުރަށްވާ ދަތުރުފުޅެކެވެ. ބަންގުލަދޭޝްގެ ބޮޑު ވަޒީރު ރާއްޖެއަށް ކުރައްވާ މި ފުރަމާނަ ދަތުރުފުޅަކީ ރައީސް ޞާލިޙް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެކަމަނާ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ބޮޑުވަޒީރު ޝައިޚް ޙަސީނާ އަދި އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން...

އުމަރު ޒާހިރުގެ ހަށިކޮޅު ފަސްދާނުލައިފި
Raajje

އުމަރު ޒާހިރުގެ ހަށިކޮޅު ފަސްދާނުލައިފި

ޤައުމީ ޚިދުމަތްތެރިޔާ، ކުރީގެ މިނިސްޓަރު، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރުގެ ހަށިކޮޅު ރަސްމީ އިއްޒަތުގައި މިރޭ ފަސްދާނުލައިފި އެވެ. އުމަރުޒާހިރު އަވަހާރަވީ ކޯވިޑްގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ހޮސްޕިޓަލް ދަރުމަވަންތަ ހޮސްޕިޓަލްގައި މިއަދު މެންދުރުފަހު 14:02 ގައެވެ. އެމަނިކުފާނުގެ ހަށިކޮޅު ފަސްދާނުލީ މިރޭ އިޝާ ނަމާދަށް ފަހު ގަލޮޅު ސަހަރާގަ އެވެ. އުމަރުޒާހިރުގެ މައްޗަށް ކުރެވުނު ކަށުނަމާދު އިމާމްވެ ކުރެއްވީ އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރ، ކުރީ...

ކުޅުދުއްފުށީގައި ގާއިމުކުރި ކޮމިއުނިޓީ ޖިމް ހުޅުވައިފި
Thiladhunmathi News

ކުޅުދުއްފުށީގައި ގާއިމުކުރި ކޮމިއުނިޓީ ޖިމް ހުޅުވައިފި

ކުޅުދުއްފުށީ ސިޓީގައި ސަރުކާރުން ގާއިމުކުރި ކޮމިއުނިޓީ ޖިމް މިއަދު ހުޅުވައިފިއެވެ. މި ޖިމަކީ މިނިސްޓްރި އޮފް ޔޫތް ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ކުޅުދުއްފުށީ ސިޓީ ކޮމިއުނިޓީ ސެންޓަރުގައި ޤާއިމްކޮށްދީފައިވާ ޖިމެކެވެ. މި ޖިމް ހުޅުވައިދެއްވައި، މިކަމާގުޅިގެން ބޭއްވުނު ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައި ވަނީ ކުޅުދުއްފުށީ ސިޓީގެ ކުޅިވަރު އަދި އިޖުތިމާއީ ޚިދުމަތްތެރިއެއްކަމަށް އަބޫބަކުރު ހުސެން (ޕެލޭ) އެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރަފްވެރި މެހެމާނު ޕެލޭ ވަނ...

އުމަރު ޒާހިރު އަވަހާރަވެއްޖެ
Raajje

އުމަރު ޒާހިރު އަވަހާރަވެއްޖެ

ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ކުރީގެ މިނިސްޓަރު، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު އަވަހާރަވެއްޖެއެވެ. އެމަނިކުފާނު އަވަހާރަވީ ކޯވިޑްގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ހޮސްޕިޓަލް ދަރުމަވަންތަ ހޮސްޕިޓަލްގައެވެ. ކޯވިޑްގެ އާލާސްކަންފުޅާއި ގުޅިގެން އެމަނިކުފާނު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވަނީ މި މަހުގެ 12 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އެމަނިކުފާނުގެ އުމުރުފުޅަކީ 85 އަހަރެވެ. ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ހުޅުމާ...

ބާރަށުން ގޯތި ދޫކުރުމަށް އެކުލަވާލާފައިވާ އުޞޫލަށް ރައްޔިތުންގެ ހިޔާލު ހޯދަނީ
Thiladhunmathi News

ބާރަށުން ގޯތި ދޫކުރުމަށް އެކުލަވާލާފައިވާ އުޞޫލަށް ރައްޔިތުންގެ ހިޔާލު ހޯދަނީ

ހއ. ބާރަށުން ބަންޑާރަގޯތި ދޫކުރުމަށްޓަކައި އެކުލަވާލާފައިވާ އުޞޫލަށް ރައްޔިތުންގެ ހިޔާލު ހޯދަން އެރަށު ކައުންސިލުން ފުރުޞަޠު ހުޅުވާލައިފިއެވެ. މިގޮތުން ބާރަށު ކައުންސިލުން ވިދާޅުވީ، އެރަށުން ބަންޑާރަގޯތި ދޫކުރުމަށްޓަކައި އެ ކައުންސިލުން އެކުލަވާލާފައިވާ އުޞޫލަށް ރަތްޔިތުންގެ ހިޔާލާއި މަޝްވަރާ  ބޭނުންވާ ކަމަށެވެ. މިގޮތުން އެ ކައުންސިލުން އާންމު ކުރަށްވާފައިވާ، ބާރަށުން ބަންޑާރަގޯތި ދޫކުރުމަށްޓަކައި އެކުލަވާލާފައިވާ އުޞޫލަށް ހިޔާލުހުށަހެޅުމަށް ބޭނުންފުޅުވާ ފަރާތްތަކުން 26 ޑިސެމްބަރު 2021 ވާ އާދިއް...

މީޑިއާކައުންސިލުން ނޫސްވެރިންނަށް ހާއްސަ ދިވެހި ބަހުގެ ވޯރކްޝޮޕެއް
Raajje

މީޑިއާކައުންސިލުން ނޫސްވެރިންނަށް ހާއްސަ ދިވެހި ބަހުގެ ވޯރކްޝޮޕެއް

ނޫސްވެރިންނަށް ހާއްސަ ދިވެހި ބަހުގެ ވޯރކްޝޮޕެއް ހިންގަން މޯލްޑިވްސް މީޑިއާކައުންސިލުން ނިންމައިފިއެވެ. މިއީ ނޫސްވެރިންނަށާއި ނޫސްވެރިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން މީޑިއާކައުންސިލާއި ދިވެހި ބަހުގެ އެކަޑަމީ ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ، ދިވެހި ބަހުގެ ހާއްސަ ވޯރކްޝޮޕެކެވެ. މި ވޯރކްޝޮޕް ފެށުމަށް ނިންމާފައިވަނީ މި ހިނގާ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހުއެވެ. ފަސް ދުވަހުގެ މުއްދަތައް ހިންގާ މި ވޯރކްޝޮޕްއަކީ ދިވެހިރާއްޖޭގައި މަސައްކަތް ކުރާ ނޫސްވެރިންނަށާއި ނޫސްވެރިކަމަށް ޝަ...

ނޮޅިވަރަމް ފެނަކަ އާ އޮފީސް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ
Thiladhunmathi News

ނޮޅިވަރަމް ފެނަކަ އާ އޮފީސް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ

ހދ. ނޮޅިވަރަމް ފެނަކަ އާ އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ޢިއުލާން ކޮށްފިއެވެ. މި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމުން ފެނަކައިން ބުނެފައިވަނީ އެ ކުންފުނިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްްގޮތަށް ހއ. މާރަންދޫ ފެނަކަ އާ އޮފީސް އިމާރާތް، އިމާރާތް ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާ...

އައިއޯސީސީއިން، އިސްލާމީ ޙަޟާރަތާގުޅޭ ފުރިހަމަ މަޢުލޫމާތު ހިމެނޭ 30 އެޕިސޯޑްގެ ޕްރޮގްރާމެއް އުފައްދަނީ
Raajje

އައިއޯސީސީއިން، އިސްލާމީ ޙަޟާރަތާގުޅޭ ފުރިހަމަ މަޢުލޫމާތު ހިމެނޭ 30 އެޕިސޯޑްގެ ޕްރޮގްރާމެއް އުފައްދަނީ

ދީނީ ގިނަ ޢަދަދެއްގެ ޢިލްމުވެރިންނާއި ތަފާތު ދާއިރާތަކުގެ ޢިލްމީ ފުންނާބު އުސް ބޭފުޅުން ހިމެނޭހެން އުފައްދާފައިވާ އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން( އައިއޯސީސީ)އިން އިސްލާމީ ޙަޟާރަތާ ގުޅޭ ފުރިހަމަ މަޢުލޫމާތު ހިމެނޭ ގޮތައް 30 އެޕިސޯޑްގެ މައްޗަށް އެކުލެވިގެންވާ ޚާއްޞަ ޕްރޮގްރާމެއް އުފައްދަން ނިންމައިފިއެވެ. އައިއޯސީސީން ބުނީ އެ ޖަމާއަތުގެ އިސްލާމިކް އެޑްވައިޒަރީ ކައުންސިލްގެ ކޮމިޓީގައި އިއްޔެ މިކަަމަށް މަޝްވަރާ ހިންގާފައިވާ ކަމަށެވެ. މިގޮތުން އިސްލާމީ ޙަޟާރަތު އެ އަސާސެއްގ...

ލޯކަލް ޓޫރިޒަމްގެ މަންޒިލެއްގޮތުގައި ބިލެތްފަހި ޕްރޮމޯޓް ކުރުމަށް ލޯގޯއެއް ފަރުމާ ކުރުމުގެ ފުރުސަތު
Thiladhunmathi News

ލޯކަލް ޓޫރިޒަމްގެ މަންޒިލެއްގޮތުގައި ބިލެތްފަހި ޕްރޮމޯޓް ކުރުމަށް ލޯގޯއެއް ފަރުމާ ކުރުމުގެ ފުރުސަތު

ލޯކަލް ޓޫރިޒަމްގެ މަންޒިލެއްގޮތުގައި ށ. ބިލެތްފަހި ޕްރޮމޯޓް ކުރުމަށް ލޯގޯއެއް ފަރުމާ ކުރުމުގެ ފުރުސަތު ބިލެތްފަހީ ކައުންސިލުން ހުޅުވާލައިފިއެވެ. މިގޮތުން ބިލެތްފަހި ކައުންސިލުން ވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެކައުންސިލުން ކަނޑައަޅާ މިންގަޑުތަކާއި ހިމަނަން ބޭނުންވާ ސިފަތަކާއި އެކު މިއަދުން ފެށިގެން ރަސްމީ ބަންދުނޫން 07 ދުވަސް ތެރޭގައި ލޯގޯ ފަރުމާކޮށް އެ ކައުންސިލަށް ހުށައެޅުމަށް ފުރުސަތުހުޅުވާލާފައެވެ. ބިލެތްފަހި ކައުންސިލުން ހިޔާރުކުރާ އެންމެ ރީތި، ރަނގަޅު ލޯގޯއަކަށް އިނާމެއް ދޭގޮތަށް...

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން: ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު އެމްޑީޕީން ހުޅުވާލައިފި
Raajje

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން: ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު އެމްޑީޕީން ހުޅުވާލައިފި

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ހުޅުވާލައިފިއެވެ. އެމްޑީޕީއިން ކުރި ޢިއުލާނެއްގައި ބުނީ، ކޮމަންޑޫ ދާއިރާ ޕާލިމަންޓަރީ ބައި އިލެކްޝަން ޕްރައިމަރީ މިހިނގާ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް އެ ޕާޓީން ނިންމާފައިވާ ކަމަށެވެ. މި ބައި-އިލެކްޝަންގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް މިއަދު ހުޅުވާލާފައިވާއިރު، މި ބައި އިލެކްޝަން ގައި ވާދަކުރަން ބޭނުންވާ އެމްޑީޕީގެ މެމްބަރުން މަޤާމައް ކުރިމަތިލާންއެދޭ ފޯމް ފު...

ނުކުޅެދޭ މީހުންގެ ޝަކުވާތަކަށް އެދެވޭ ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ
Raajje

ނުކުޅެދޭ މީހުންގެ ޝަކުވާތަކަށް އެދެވޭ ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ލޯފަން މީހުންނާއި ބައްދަލުކުރައްވައި އެބޭފުޅުންނަށް ދަތިވާކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. އިއްޔެ ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ބައެއް ލޯފަން މީހުންނާއި، އެހެނިހެން ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންގެ އިތުރުން، އެންސްޕާގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ. މި ބައްދަލުވުމުގައި ބައިވެރިން މައިގަނޑު ގޮތެއްގައި ފާހަގަކުރަ...

ދަރިވަރުން ޤުރުއާނަށް ދޭ އަހައްމިއްޔަތުކަން ކުޑަކުރުމުގެ ނިޔަތެއް ނެތް: މިނިސްޓްރީ
Raajje

ދަރިވަރުން ޤުރުއާނަށް ދޭ އަހައްމިއްޔަތުކަން ކުޑަކުރުމުގެ ނިޔަތެއް ނެތް: މިނިސްޓްރީ

ދަރިވަރުން ޤުރުއާނަށް ދޭ އަހައްމިއްޔަތުކަން ކުޑަކުރުމުގެ ނިޔަތެއް ނެތްކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވިދާޅުވެއްޖެއެވެ. އެޑިޔުކޭޝަން މިނިސްޓްރީއިން މިހެން ވިދާޅުވީ، ޤުރުއާނާއި އިސްލާމް ފޮތްތަކުގައި ހުރި އާޔަތްތައް އުނިކުރަން އުޅޭކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޚަބަރާ ގުޅޭގޮތުން އެ މިނިސްޓްރީން މިއަދު ނެރުއްވި ނޫސްބަޔާނެއްގައި އެވެ. އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވާ ގޮތުގައި، އަލަށް ޗާޕްކޮށްގެން ނެރުނު ބައެއް ފޮތްތަކާއި ކުރީގެ ޗާޕްތަކުގައި ޤުރުއާނުގެ ބައެއް އާޔަތްތަކާއި...

ރާއްޖޭން އޮމިކްރޯން ވޭރިއަންޓްގެ އިތުރު 4 ކޭސް ފެނިއްޖެ
Raajje

ރާއްޖޭން އޮމިކްރޯން ވޭރިއަންޓްގެ އިތުރު 4 ކޭސް ފެނިއްޖެ

ކޯވިޑް-19ގެ އެންމެ ފަހުން ފެނުނު ވޭރިއަންޓް، އޮމިކްރޯން ގެ އިތުރު 4 ކޭހެއް ރާއްޖެއިން ފެނިއްޖެއެވެ. އެކަން ހާމަކުރަށްވާފައި ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އޮމިކްރޯން އަށް ޕޮޒިޓިވް އިތުރު ހަތަރު ކޭހެއް ރާއްޖެއިން ފެނިފައިވާ ކަމަށެވެ. ޕޮޒިޓިވް ކޭސްތައް ފެނިފައިވާ މީހުންނަކީ ރާއްޖޭން ބޭރުން އައި މީހުން ކަމަށް ޑރ. އަފްޒަލް ވަނީ ވިދާޅުވެފައެވެ. އަދި...

ނޮޅިވަރަންފަރު ކައުންސިލް މުވައްޒަފަކު ޕޮޒިޓިވްވެ، ޚިދުމަތްތަކަށް ބުރޫ އަރައިފި
Thiladhunmathi News

ނޮޅިވަރަންފަރު ކައުންސިލް މުވައްޒަފަކު ޕޮޒިޓިވްވެ، ޚިދުމަތްތަކަށް ބުރޫ އަރައިފި

ހދ. ނޮޅިވަރަންފަރު ކައުންސިލް އިދާރާގެ މުވައްޒަފަކު ކޯވިޑް-19އަށް ޕޮޒިޓިވްވުމާއި ގުޅިގެން އާންމު ރައްޔިތުން އެ އިދާރާއަށް ގޮސްގެން ހޯދާ ޚިދުމަތްތައް ފޯރުކޮށްދިނުން މިއަދުން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ނިންމުން ނިންމަންޖެހުނީ، ނޮޅިވަރަންފަރު ކައުންސިލް އިދާރާގެ މުވައްޒަފަކު ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އެ އިދާރާގެ މުވައްޒަފުންގެ ތެރޭގައި ބަލިއޮތް މިންވަރު ދެނެގަތުމަށް ބޭނުންވާތީ ކަމަށް ކައުންސިލުން ވަނީ ވިދާޅުވެފައެވެ. ކައުންސިލް އިދާރާއަށް މިވަގުތު މުވައްޒަފުންގެ ދަތިކަން...

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ޤާނޫނު އުވާލުމުގެ ބިލު ތަސްދީޤުކުރައްވައިފި
Raajje

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ޤާނޫނު އުވާލުމުގެ ބިލު ތަސްދީޤުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ޤާނޫނު އުވާލުމުގެ ބިލު މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 44 ވަނަ ޖަލްސާގައި، މި އަހަރުގެ ނޮވެންބަރު 29 ވީ ހޯމަ ދުވަހު އެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓިއިން ދެމުންދިޔަ ޚިދުމަތްތައް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވި...