ލައިސަންސް ނެތް މީހަކު ދުއްވި އުޅަނދެއް ޓޯކޮށްފި
ލައިސަންސް ނެތް މީހަކު ދުއްވި އުޅަނދެއް ފުލުހުން ޓޯކޮށްފިއެވެ. ފުލުހުން ބުނީ، ސިނަމާލެ ބްރިޖު އެއާޕޯޓު ލައިޓާއި ހިސާބުން އުޅަނދެއް ހުއްޓުވައި ޗެކްކޮށްފައިވާ ކަމަށެވެ. ޗެކު ކުރިއިރު އެ އުޅަނދު ދުއްވި މީހާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތްކަމަށް ފުލުހުން ބުންޏެވެ. އެހެންވެ އޭނާ ދުއްވި އުޅަނދު ޓޯކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ. ފުލުހުން އިއްޔެ ވެސް ވަނީ ގަވާއިދާ ޚިލާފަށް ދުއްވި އުޅަނދެއް ބްރިޖް މަތިން ހުއްޓުވާފައެވެ. އަދި އެ އުޅަނދު […]