ރިސޯޓެއްގެ ކައިރީ ދެ ލޯންޗް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނިގޮތުގައި ދެ ލޯންޗް ޖެހި އެކްސިޑެންޓް ހިނގާފައި ވަނީ ވޮއްމުލި ރިސޯޓްގެ ކައިރީގައެވެ.
މި އެކްސިޑެންޓް ހިނގައިގެން އެ ސަރަހައްދުގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުން އަންނަކަމަށް ވެސް ފުލުހުން ބުނެއެވެ.
މި ހާދިސާގައި އެކްސިޑެންޓްވި އެއް ލޯންޗްގައި ތިބި ދެ މީހަކަށް އަނިޔާވެގެން ފަރުވާދިނުމަށް ވަނީ ކުޑަހުވަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެއީ ދިވެހި އަންހެނަކާއި ފިރިހެނެކެވެ.
''އެ މީހުންނަށް ސީރިއަސް އަނިޔާއެއް ނުވާކަމަށް މަޢުލޫމާތު ލިބޭ'' ފުލުހުން ބުނެފަވެއެވެ.
ފުލުހުން ބުނިގޮތުގައި މި އެކްސިޑެންޓްގެ މައްސަލަ އެ އިދާރާއިން ދަނީ ބަލަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!