މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,454 Stories
3,282 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

އީދު ފާހަގަކުރުމުގައި އެހެން ދީންތަކުގެ ގޮތްތައް ކޮޕީކުރުން ދޫކޮށްލާންޖެހޭނެ: ޚުޠުބާ
Column

އީދު ފާހަގަކުރުމުގައި އެހެން ދީންތަކުގެ ގޮތްތައް ކޮޕީކުރުން ދޫކޮށްލާންޖެހޭނެ: ޚުޠުބާ

ބޮޑު ޢީދުގެ އުފާ އަޅުގަނޑުމެން ފާހަގަކުރަމުންދާއިރު، މާތް ނަބިއްޔާ، رسول الله صلى الله عليه وسلم އަށް ﷲ تَعَالَىގެ އިރުޝާދުގައިވާ ގޮތަށް، އިސްލާމްދީނުގެ އުޞޫލުތަކަށް ތަބާވެ، ދީނުގައި ޙަރާމްކުރައްވައިފައިވާ ކަންކަން ކުރުމާއި، އުފާ ފާޅުކުރުމުގައި އެހެން ދީންތަކުގެ އަހުލުވެރީންގެ ގޮތްތައް ކޮޕީކުރުން ދޫކޮށްލާން ޖޭކަމަށް މިއަދުގެ ޢީދު ޚުޠުބާގައި ބުނެފިއެވެ. ޚުޠުބާގައި ބުނެފައި ވަނީ މާތްވެގެންވާ އަޟުޙާ ޢީދު ދުވަސް މި އަންނަނީ ހިތްތަކަށް އުފާވެރިކަން އިޢާދަކުރަމުން ކަމަށެވެ. އަދި މިއީ މިއީ ކެއުމާއި ބުއ...

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024 ފަސްކޮށްފި
Raajje

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024 ފަސްކޮށްފި

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024 އަންނަ ޖުލައި މަހު ބާއްވާގޮތަށް އެ އެވޯޑް ބާއްވާ ތާރީޚަށް ބަދަލުގެނެސްފިއެވެ. ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން މިއަދު ބުނީ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024 އަންނަ ޖުލައި މަހު ބާއްވާގޮތަށް ފަސްކޮށްފައިވާ ކަމަށެވެ. މި އެ ވޯޑު ބާއްވަން ކުރިން ނިންމާފައި އޮތީ އަންނަ ޖޫން މަހުގެ 27 ގައެވެ. ނަމަަވެސް މިހާރު އެ އެވޯޑު ބާއްވަން ނިންމާފައި ވަނީ އަންނަ ޖުލައި މަހުގެ 4 ގައެވެ. މި އެވޯޑު […]

ރައީސް އެދިވަޑައިގަތީ އީދު ފާހަގަކުރުމުގައި އިސްލާމީ އުސޫލްތައް ހިފެހެއްޓުމަށް
Raajje

ރައީސް އެދިވަޑައިގަތީ އީދު ފާހަގަކުރުމުގައި އިސްލާމީ އުސޫލްތައް ހިފެހެއްޓުމަށް

ބޮޑު ޢީދުގެ މުނާސަބާގައި ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް އެމަނިކުފާނުގެ އެންމެ މުހިންމު އިލްތިމާސަކީ، މާތްﷲ ދެއްވި ނިޢުމަތްތަކުގެ މަތީން ހަނދާންކޮށް، ޢީދުގެ އުފާ ފައުޅުކުރެއްވުމުގައި އިސްލާމީ ރިވެތި އުޞޫލުތަކުގައި ހިފެހެއްޓުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއަހަރުގެ ބޮޑު ޢީދުގެ މުނާސަބާގައި އެމަނިކުފާނު ފޮނުއްވި ތަހުނިޔާގެ މެސެޖުގައި އެންމެ އިސްކުރަށްވާފައި ވަނީ ފަލަސްތީނެވެ. މިގޮތުން މި އަހަރުގެ ބޮޑު ޢީދުގައި އެމަނިކުފާނާއި އަދި ދިވެހި ރައްޔިތުން އެންމެ އިސްކުރަ...

''މި އީދުގައި އެންމެ އިސްކުރަނީ ފަލަޞްޠީނުގެ އަހުލުވެރީންނަށް ހެޔޮ ދުޢާ ކޮށްދިނުން''
Raajje

''މި އީދުގައި އެންމެ އިސްކުރަނީ ފަލަޞްޠީނުގެ އަހުލުވެރީންނަށް ހެޔޮ ދުޢާ ކޮށްދިނުން''

އަހަރުގެ އަޟްޙާ ޢީދު (ބޮޑު އީދު)ގައި އެމަނިކުފާނާއި އަދި ދިވެހި ކޮންމެ ރައްޔިތަކުމެ އެންމެ އިސްކުރަނީ، ފަލަޞްޠީނުގެ އަހުލުވެރީންނަށް ހެޔޮ ދުޢާކޮށްދިނުންކަމަށް ރައީސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ، 1445 ވަނަ އަހަރުގެ އަޟްޙާ ޢީދުގެ މުނާސަބަތުގައި މިއަދު ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ. ބޮޑު ޢީދުގެ މުނާސަބަތުގައި ރައީސް މިއަދު ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި އެންމެ ފުރަތަމަ އިސްކުރަށްވާފައިވަނީ ފަލަޞްޠީނުގެ އަހުލުވެރީންގެ މަތިން ހަނދުމަކުރެއް...

އީދާއި ގުޅިގެން މާލޭގެ ރައްކާތެރިކަން ބެލެހެއްޓުމަށް ފުލުހުންކުރާ މަސައްކަތްތައް އިތުރުކޮށްފި
Raajje

އީދާއި ގުޅިގެން މާލޭގެ ރައްކާތެރިކަން ބެލެހެއްޓުމަށް ފުލުހުންކުރާ މަސައްކަތްތައް އިތުރުކޮށްފި

މިއަހަރުގެ އަޟްހާ އީދާއި ގުޅިގެން މާލޭގެ ރައްކާތެރިކަން ބެލެހެއްޓުމަށް ފުލުހުންކުރާ މަސައްކަތްތައް އިތުރުކޮށްފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. މި އަހަރުގެ އަޟްހާ އީދު (ބޮޑު އީދު) ދިމާވަނީ މާދަމާ އަށެވެ. އީދު ބަންދާއި ގުޅިގެން ގިނަ ބަޔަކު ވަނީ ޗުއްޓީ އަށް އަތޮޅު ތެރެއަށާއި، ރާއްޖޭން ބޭރަށް ފުރާފައެވެ. އެހެންކަމުން އީދުގެ ތައްޔާރީތަކަށް ގިނަ ބަޔަކު ބާޒާރަށް ނުކުތުމުން ފާއިތުވި ހަތަރު ފަސް ރޭ މާލޭގެ ޓްރެފިކަށް ވަނީ ވަރަށް ބާރު ބޮޑުވެފައެވެ. އެހެންވެ ޓްރެފިކް ބަލަހައްޓަން ވެސް […]

އީދު ފާހަގަކުރަންވާނީ އިސްލާމީ، އިޖުތިމާއީ އިމުގެތެރެއިންކަން ކައުންސިލްތަކަށް އަންގައިފި
Raajje

އީދު ފާހަގަކުރަންވާނީ އިސްލާމީ، އިޖުތިމާއީ އިމުގެތެރެއިންކަން ކައުންސިލްތަކަށް އަންގައިފި

މާދަމާ ފާހަގަކުރާ މިއަހަރުގެ އަޟްހާ ޢީދު (ބޮޑު އީދު) ފާހަގަކުރުމުގައި އިސްލާމްދީނުގެ އަސާސްތަކާއި ޚިލާފްނުވާގޮތުގެ މަތީން، އާންމު އިޖުތިމާއީ މިންގަނޑުތަކާއި އެއްގޮތަށް ކަމަށް ރަށު، އަތޮޅު އަދި ސިޓީ ކައުންސިލްތަކަށް ސަރުކާރުން އަންގައިފިއެވެ. ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ރަށު ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި އަދި ސިޓީ ކައުންސިލްތަކަށް އިއްޔެ ފޮނުވި ސާކިއުލާއެއްގައި ވަނީ ބޮޑު އީދު ފާހަގަކުރާއިރު، އީދު ކުޅިވަރުތައް އިސްލާމްދީނާއި ދިވެހި...

ލޯންޗެއް ކޮންޓްރޯލް ނުވެ، ކިނބިދޫ ކައިރީ އޮތް ފަޅު ރަށަކަށް އަރައިފި
Raajje

ލޯންޗެއް ކޮންޓްރޯލް ނުވެ، ކިނބިދޫ ކައިރީ އޮތް ފަޅު ރަށަކަށް އަރައިފި

ލޯންޗެއް ތ. ކިނބިދޫ ކައިރީ އޮންނަ ކުޑަ ފަޅުރަށަކަށް އަރައި މިއަދު އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުންގެ ޚިދުމަތުން ބުނީ، ތ. ކިނބިދޫ ކައިރީ އޮންނަ ނެރު ފަސްގަނޑު ކިޔާ ފަޅު ރަށަކަށް ލޯންޗެއް އަރައި އެކްސިޑެންޓެއް ހިނގައިގެން އެކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. މި ހާދިސާގެ ރިޕޯޓް ފުލުހަށް ކޮށްފައި ވަނީ ހަވީރު 17:00 ހާއިރުއެވެ. މި އެކްސިޑެންޓް ގައި ކިނބިދޫ ކައިރީ އޮންނަ ނެރު ފަސްގަނޑު ކިޔާ ފަޅު ރަށަށް އަރާފައި ވަނީ ”ވެލިމާ” ނަމަކަށް […]

''ރާއްޖޭގެ އާބާދީގެ 3 އިންސައްތަ މީހުން ލޭ ހަދިޔާ ކުރާނަމަ ބޭނުންވާ ވަރަށް ލޭ ލިބޭނެ''
Raajje

''ރާއްޖޭގެ އާބާދީގެ 3 އިންސައްތަ މީހުން ލޭ ހަދިޔާ ކުރާނަމަ ބޭނުންވާ ވަރަށް ލޭ ލިބޭނެ''

ދިވެހިރާއްޖޭގެ އާބާދީގެ 3 އިންސައްތަ މީހުން ގަވާއިދުން ދަރުމައަށް ލޭ ހަދިޔާ ކުރާނަމަ ރާއްޖޭގައި ލޭގެ ބޭނުންޖެހޭ މީހުންނަށް ބޭނުންވާ މިންވަރަށް ލޭ ލިބޭ ކަމަށް ސިއްހަތާބެހޭ ވުޒާރާއިން ބުނެފިއެވެ. ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 14 ވަނަ ދުވަހަކީ، ބައިނަލް އަޤުވާމީ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ދުވަހެވެ. މިއަދާއި ގުޅުވައިގެން ސިއްހަތާބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، ދިވެހިރާއްޖެއަކީ ނިސްބަތުން ތެލަސީމިއާ ޕޭޝަންޓުން ގިނަ ގައުމަކަށްވާއިރު، ދިވެހިރާއްޖޭގައި...

ހުއްދަނެތި ބަނގުރާ ވިއްކަމުން ދިޔަ ސަފާރީ އަކުން ގިނަ އަދަދެއްގެ ބަނގުރަލާއެކު މީހަކު ހައްޔަރުކޮށްފި
Raajje

ހުއްދަނެތި ބަނގުރާ ވިއްކަމުން ދިޔަ ސަފާރީ އަކުން ގިނަ އަދަދެއްގެ ބަނގުރަލާއެކު މީހަކު ހައްޔަރުކޮށްފި

ހުއްދަނެތި ބަނގުރާ ވިއްކަމުން ދިޔަ ސަފާރީ އަކުން ގިނަ އަދަދެއްގެ ބަނގުރަލާއެކު މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުންގެ ޚިދުމަތުން ބުނީ، މާފުށި ބޭރުގައި އޮތް ސަފާރީއެއްގައި ހުއްދަނެތި ބަނގުރާ ވިއްކާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ މާފުށި ޕޮލިސް ސްޓޭޝަން، ޑްރަގް އެންފޯސްމަންޓު، ފޮރެންސިކް ޑިޕާޓްމަންޓު، މެރިން ޕޮލިސް އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެންނެވެ. މި އޮޕަރޭޝަނުގައި، އެ ސަފާރީ ބަލައިފާސްކޮ...

ހަތް ވަނަ އިންޓަރނޭޝަނަލް ޓީޗާސް ކޮންފަރެންސް އުކުޅަހުގައި ބާއްވަނީ
Raajje

ހަތް ވަނަ އިންޓަރނޭޝަނަލް ޓީޗާސް ކޮންފަރެންސް އުކުޅަހުގައި ބާއްވަނީ

ހަތް ވަނަ އިންޓަރނޭޝަނަލް ޓީޗާސް ކޮންފަރެންސް، އއ.އުކުޅަހުގައި ބޭއްވުމަށް ނިންމައިފިއެވެ. މި ކޮންފަރެންސް ބާއްވަން ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 28 އިން 30 އަށެވެ. 2012 ވަނަ އަހަރުން ފެށިގެން، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން ބައިނަލްއަޤްވާމީ ފެންވަރުގައި ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ މި ކޮންފަރެންސް އަކީ މުދައްރިސުންނާއި ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަންނީ މުއައްޒަފުންގެ މެދުގައި ދިރާސާ ކުރުމުގެ ސަގާފަތެއް ޤާއިމު ކުރުމުގެ މަޤްޞަދުގައި ބާއްވަ...

ޖޯޒީތަކެއް ވަގަށް ނެގި މައްސަލައެއްގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި
Raajje

ޖޯޒީތަކެއް ވަގަށް ނެގި މައްސަލައެއްގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި

ޖޯޒީތަކެއް ވަގަށް ނެގި މައްސަލައެއްގެ ތުހުމަތުގައި ތިން މީހަކު މިއަދު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ބުނީ، ބަޔަކު ވަގަށް ނަގައިގެން ޖޯޒީތަކެއް ގެންގުޅޭ މައްސަލައެއް މިއަދު އެ އިދާރާއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި މައްސަލާގައި ވައްކަންކުރިކަމަށް ތުހުމަތު ކުރެވޭ ތިން މީހަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައިގެ ރިޕޯޓް ފުލުހުންނަށް ކޮށްފައި ވަނީ މިއަދު މެންދުރުފަހު 13:15 ހާއިރުއެވެ. މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ. ދާޚިލީ ސަލާމ...

''ޢަރަފާތު ދުވަހަކީ އަޑުއެހުމާއި ބެލުމާއި ދޫ ރައްކާތެރިކޮށްފި މީހަކަށް، މާތް الله ފާފަފުއްސަވައިދެއްވާނެ ދުވަސް''
Column

''ޢަރަފާތު ދުވަހަކީ އަޑުއެހުމާއި ބެލުމާއި ދޫ ރައްކާތެރިކޮށްފި މީހަކަށް، މާތް الله ފާފަފުއްސަވައިދެއްވާނެ ދުވަސް''

”ޢަރަފާތު ދުވަހު، އިސްލާމީ އުންމަތް ދައްކައިދެނީ، އެއްބައިވަންތަކަމުގެ މަތިވެރި މަންޒަރެކެވެ. ތަފާތު ހިސާބުތަކުން މުސްލިމުން އެއް ތާކަށް އެއްވާ ތަނެވެ. އެބައިމީހުންގެ ކުލަ ތަފާތަސް، އެބައިމީހުންގެ ނަސްލު ތަފާތަސް، އެބައިމީހުން ވާހަކަދައްކާ ބަހުރުވަ ތަފާތަސް، އެބައިމީހުން އެއްތާކަށް އެއްކުރުވަނީ އެބައިމީހުންގެ އީމާންކަމެވެ. މާތް اللهގެ އެއްކައުވަންތަކަމަށް ގޮވައިލާ އިސްލާމްދީނެވެ. އެ އެންމެން އެއް ތާކަށް، އެއް ގޮތަކަށް އެއްވެ، މާތް اللهއަށް މުނާޖާ ދެންނެވުމަށް ޓަކައެވެ. ޢަރަފާތު ދުވަހު ޢަރަފާތުގެ...

ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާގައި 213 ބިލެއް
Raajje

ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާގައި 213 ބިލެއް

2023 ވަނަ އަހަރުން ފެށިގެން 2028 ވަނަ އަހަރުގެ ނިޔަލަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހަށަހަޅަން ޤަޞްދުކުރާ ބިލުތައް އެކުލެވޭ، ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާ އެޓާނީ ޖެނެރަލްގެ އޮފީހުގެ (ބަންޑާރަނައިބު އޮފީހުގެ) ވެބްސައިޓްގައި ޝާއިޢުކޮށްފިއެވެ. އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އެޓަރނީ ޖެނެރަލްގެ އޮފީހުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، ހިނގަމުންމިދާ ވެރިކަމުގެ ފަސް އަހަރު ދުވ...

''ހުޅުމާލޭގައި އަޅާ ސްޕޯޓްސް ކޮމްޕްލެކްސްތަކާއިއެކު، އިންޑޯ ކުޅިވަރުތަކަށް ޖާގައިގެ ދަތިތަކަށް ހައްލެއް ލިބޭނެ''
Raajje

''ހުޅުމާލޭގައި އަޅާ ސްޕޯޓްސް ކޮމްޕްލެކްސްތަކާއިއެކު، އިންޑޯ ކުޅިވަރުތަކަށް ޖާގައިގެ ދަތިތަކަށް ހައްލެއް ލިބޭނެ''

ހުޅުމާލޭގައި އަޅަން ނިންމާފައިވާ ސްޕޯޓްސް ކޮމްޕްލެކްސްތަކާއިއެކު، އިންޑޯ ކުޅިވަރުތަކަށް ޖާގައިގެ ދަތިތަކަށް ހައްލެއް ލިބޭނެކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ. ވަޒީރު ރާފިޢު މިހެން ވިދާޅުވީ، މިދިޔަ ބުދަ ދުވަހު ނިމުނު ގައުމީ ޗެސް މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ވަޒީރުގެ ވާހަކާގައި ވަނީ ގިނަ ކުޅިވަރުތަކުގެ ކުރިއެރުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ފާހަގަ ކުރަށްވާފައެވެ. އަދި މިކަމަށް ހައްލެއް ހޯދ...

މޯލްޑިވިއަނުން އިތުރު ފްލައިޓްތަކެއް ތާވަލުކޮށްފި
Business

މޯލްޑިވިއަނުން އިތުރު ފްލައިޓްތަކެއް ތާވަލުކޮށްފި

އީދު ބަންދާއި ދިމާކޮށް އިތުރު ފްލައިޓްތަކެއް އަޅަން ޤައުމީ އެއާލައިން، މޯލްޑިވިއަނުން ނިންމައިފިއެވެ. މޯލްޑިވިއަނުން މިރޭ އާންމުކުރި މައުލޫމާތަށް ބަލާއިރު ފަސް މަންޒިލަކަށް ވަނީ އެޑިޝަނަލް ފްލައިޓް ޝެޑިއުލް ކޮށްފައެވެ. މިގޮތުން އެންމެ އުތުރުން ހއ.ހޯރަފުއްޓަށް ޖޫން 20 ވަނަ ދުވަހަށް ވަނީ ފްލައިޓެއް ޝެޑިއުލްކޮށްފައެވެ. އަދި ނ. މާފަރަށް 21 ޖޫން އަށް ވަނީ ފްލެއިޓެއް ޝެޑިއުލް ކޮށްފައެވެ. ޖޫން 20 ވަނަ ދުވަހަށް ރ. އިފުރަށް ވެސް ފްލައިޓެއް ޝެޑިއުލްކޮށްފައިވާއިރު، އެދުވަހަށް ކޫއްޑޫ އަދި […]