ކުޅުދުއްފުށީ މަށި މާލި ޕެރޭޑުން ދިނީ ބިނާކުރުވަނިވި ފާޑުކިޔުމުގެ މެސެޖުތަކެއް: ވަޒީރު ޝިޔާމް

މަށިމާލި ޕެރޭޑު، ފޮޓޯ: ސިޓީ ކައުންސިލް
މަށިމާލި ޕެރޭޑު، ފޮޓޯ: ސިޓީ ކައުންސިލް

މިއަހަރު ބޮޑު އީދުގައި ހދ. ކުޅުދުއްފުށި ސީޓިގައި އިއްޔެ ބޭއްވި މަށި މާލި ޕެރޭޑުން ދިނީ ބިނާކުރުވަނިވި ފާޑުކިޔުމުގެ މެސެޖުތަކެއްކަމަށް  މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ، އޮންލައިން ނޫހަކުން ގެނެސްދީފައިވާ މަށި މާލި ޕެރޭޑާއި ގުޅޭ ޚަބަރަކަށް އިޝާރާތް ކުރަށްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އިއްޔެ ކުޅުދުއްފުށީ ސިޓީގައި އޮތް މި ޕެރޭޑްގައި ދައްކާލި ފުޅަނދުތަކުންނާއި، ޕެރޭޑްގެ ބައިވެރިން ދިން މެސެޖުތަކުގައި ސަރުކާރުގެ ވައުދުތަކާއި، މިދުވަސްވަރު ޤައުމުގައި ހިނގާ ކަންކަމާއި، ސިޔާސީ ކަންކަމާއިގުޅޭ ކަންކަން ވަނީ ހިމަނާފައެވެ. މިއީ މި ފުޅަނދުބުރު ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ގޮތެވެ.

މި އަހަރުގެ ފުޅަނދު ބުރުގައި ސަރުކާރުގެ ވަޢުދުތަކާއިގުޅޭ ގޮތުން ޚާއްޞަގޮތެއްގައި ސަރުކާރުގެ މަސްވެރިކަމާއިގުޅޭ ވަޢުދުތަކާއި ގުޅޭގޮތުން ގިނަ މެސެޖުތަކެއް ވަނީ ދީފައެވެ.

މި މެސެޖުތަކާއި ގުޅިގެން ވަޒީރު ޝިޔާމް ވިދާޅުވީ، ކުޅުދުއްފުށީ މަށިމާލި ޕެރޭޑަކީ ޢީދުގެ އުފާވެރިކަމުގެ ތެރެއިން އަބަދުވެސް ގިނަބައެއްގެ ސަމާލުކަންހުއްޓޭ ހަރަކާތެއް ކަމަށެވެ. އަދި އެ ޕެރޭޑުގައި ސަރުކާރުގެ ވައުދުތައް ހަނދާންކޮށްދިނުމަށް ދީފައި ވަނީ ބިނާކުރުވަނިވި ފާޑުކިޔުންއެެކުލެވޭ މެސެޖުތަކެއްކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ކުޅުދުއްފުށީގެ އީދު ކުޅިވަރަށް މިއަހަރު ވެސް ބޮޑު ސަމާލުކަމެއް

''ކުޅުދުއްފުށީ މަށިމާލި ޕެރޭޑަކީ ޢީދުގެ އުފާވެރި ޖައްވުން އަބަދުވެސް ގިނަބައެއްގެ ސަމާލުކަންހުއްޓޭ ހަރަކާތެއް. ސަރުކާރުތަކުގެ ބައެއް ސިޔާސަތަައް ފާޑުކިޔުމާއި ވަޢުދުތައް ހަނދާންކޮށްދޭ ފުޅަނދުތައް އަޅުގަނޑު ދެކެނީ ބިނާކުރުވަނިވި ފާޑުކިޔުން އަދި މެސެޖުތަކެއްގެ ގޮތުގައި'' ޝިޔާމް ވިދާޅުވެފައެވެ.

މި ފުޅަނދު ބުރުގައި މަސްވެރިކަމުގެ ވައުދުތަކުގެ ތެރެއިން ''މަސްވެރިންގެ ފައިސާ ފޮށި'' ދައްކާލާފައިވާއިރު، ''ޗަކޮއެ ލާރިކޮޅު ކޮބާ؟''، ''ވައުދު ކަނދުފަތި''، ''ނުނިމުނު މޭ މަސް'' ޖަހާފައިވާ ފުޅަނދުތައް ވެސް ވަނީ ދައްކާލާފައެވެ.

މީގެ އިތުރުން ކަރަންޓާއިގުޅޭ ފުޅަނދުތަކާއި، ފްލެޓް ވައުދާއިގުޅޭ ފްލެޓްތަކާއި އަދި ސަރުކާރުގެ ބައެއް ވެރިންނާއިގުޅިގެން އަރާފައިވާ އަޑުތަކާއިގުޅޭ ފުޅަނދުތަކާއި މެސެޖުތައް ވެސް ވަނީ ދައްކާލާފައެވެ.

މި މަށި މާލި ޕެރޭޑަށް އެހެން އަހަރުތަކެކޭ އެއްގޮތަށް ވަނީ ބޮޑު ސަމާލުކަމެއް ލިބިފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި