މާލޭ މަޖީދީމަގުގައި ހުންނަ ''ސޮރީ ބޯއީ'' ފިހާރައިގެ ބިއްލޫރިގަނޑު ރޭ ތަޅާލައި ވައްކަން ކޮށްފިއެވެ.

ފުލުހުން ބުނީ، މާފަންނުގައި ހުންނަ ''ސޮރީ ބޯއީ'' ފިހާރައިގެ ބިއްލޫރިގަނޑު ރޭ ތަޅާލާފައިވާކަމަށް އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

Ad
rt

މިކަން ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ރޭ 3:45 ހާއިރުއެވެ.

ފުލުހުން ބުނިގޮތުގައި އެ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި ވަގަށްނެގި ތަކެތި ހޯދިފައިވާ ކަމަށެވެ.

''މި ފިހާރައިން ގެއްލުނުތަކެތި ރިކަވަރ ކުރެވިފައިވޭ'' ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފަވެއެވެ.

މި މައްސަލަ ބަލަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.