މާލޭ ކާނިވާ ސަރަހައްދުގައި ހުރި ސައިކަލެއްގައި ރޯވެއްޖެއެވެ.
''އެކްސިޑެންޓް އިން މޯލްޑިވްސް'' އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ މާލޭ ކާނިވާ ކައިރީ ހުންނަ އެފްއެސްއެމް ޕެޓްރޯލް ޝެޑް ކައިރީ ހުރި ސައި ކަލެއްގައި ރޯވެފައިވާ ކަމަށެވެ.
''އެކްސިޑެންޓް އިން މޯލްޑިވްސް'' އިން ވަނީ ސައި ކަލުގައި ރޯވެފައިވާ މަންޒަރު ފެންނަ ވީޑިއޯ ވެސް އާންމުކޮށްފައެވެ. އެ ވީޑިއޯއިން ސައިލަކުގައި ވަރަށް ބޮޑަށް އަލިފާން ރޯވެފައިވާ މަންޒަރު ފެނެއެވެ.
Carnival kurimathee FSM kairee huri cykalehgai roavejje. pic.twitter.com/OOizLAkUwA
— Accidents in Maldives (@AccidentsMV) June 16, 2024
އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ. އަދި ފުލުހުންނާއި އާންމުން ގުޅިގެން ރޯވެފައިވާ ސައިކަލް ކައިރީ ހުރި ސައިކަލްތައް ސަލާމަތް ކުރުމަށް އުފުލާލައިގެން ދުރަށް ގެންދާ މަންޒަރު ވެސް ފެނެއެވެ.
އެމްއެންޑީއެފުން މިރޭ ބުނީ މާލޭގެ ހެންވޭރު މެހެލިގޯޅީގައި ޕާކުކޮށްފައި ހުރި ސައިކަލްތަކެއްގައި ރޯވެގެން ސިފައިން ގޮސް އެ ސައިކަލްތައް ނިއްވާލާފައިވާ ކަމަށެވެ.
މި ހާދިސާގައި ފަސް ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށާއި، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވާކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!