މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ) މި އަހަރުގެ މިނިވަންދުވަހާއި ގުޅުވައިގެން "މިނިވަން އުފާ ނައިޓް މާރކެޓް" ނަމުގައި ޚާއްސަ ނައިޓް މާރކެޓެއް ބޭއްވުމަށް ނިންމައިފިއެވެ.

އެމްޓީއޭއިން ބުނިގޮތުގައި މި ނައިޓް މާރކެޓް ބޭއްވުމުގެ މަގުސަދަކީ މިނިވަންދުވަހުގެ މުނާސަބަތުގައި، ހިތްފަސޭހަ މާހައުލެއްގައި ވިޔަފާރިކޮށް އަދި، ވިޔަފާރަވެރިންނަށް އެފަރާތްތަކުގެ މުދާ ހެޔޮ އަގުގައި ވިއްކޭނެ ފުރުސަތު ފަހިކޮށްދިނުމެވެ.

Ad
rt

މީގެ އިތުރުން އާންމު ރައްޔިތުންނަށް ހެޔޮއަގުގައި އެކި ބާވަތްތަކުގެ ތަކެތި ގަނެވޭނެ އިންތިޒާމް ހަމަޖެއްސުން ވެސް މި ނައިޓް މާރކެޓް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

އެމްޓީއޭއިން ބާއްވާ މި ނައިޓް މާރކެޓް ބޭއްވުމަށް ހަމަޖައްސާފައި ވަނީ ހުޅުމާލެ ރުށްގަޑު 2 ސަރަހައްދުގައެވެ. އަދި މި މާކެރކެޓް ކުރިއަށް ގެންދަން އެ ޖަމިއްޔާއިން ނިންމާފައި ވަނީ އަންނަ އޯގަސްޓް މަހުގެ 1 އިން 7 އަށެވެ.

މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ)އަކީ ވިޔަފާރިވެރިންނަށް، ވިޔަފާރިއާއި އިގްތިސާދުގެ ދާއިރާއިން އިތުރު ފުރުސަތު ހޯދާދީ އަދި ވިޔަފާރިއާއި އިގްތިސާދީ މައްސަލަތަކަށް ހައްލު ހޯދާ ދިނުމަށް އުފައްދާފައިވާ ޖަމިއްޔާއެކެވެ.