ގަވާއިދާ ޚިލާފަށް މީހުން އަރުވައިގެން ދުއްވި އުޅަނދެއް ހިފަހައްޓައި ޗެކު ކުރުމަށްފަހު މިއަދު ޓޯކޮށްފައިވާ ކަމަށް ފުލުހުންބުނެފިއެވެ.

ފުލުހުން ބުނީ، ގަވާއިދާ ޚިލާފަށް މީހުން އަރުވައިގެން މާލެއިން އެއާޕޯޓަށް ދިޔަ އުޅަނދެއް ހުއްޓުވައި މިއަދު ޗެކުކޮށްފައިވާ ކަމަށެވެ.

Ad
rt

އެ އުޅަނދު ޗެކްކުރިއިރު އެއީ ''ބީ'' ޒޯނުގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދެއްކަމަށް ފުލުހުން ބުންޏެވެ.

''ބީ ޒޯނުގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދެއް އޭ ޒޯނުގައި ދުއްވުމާއި އަދި އުޅަނދުގެ އަހަރީ ފީ ހަމަވެފައިވާތީ ފިޔަވަޅު އަޅައި އުޅަނދު ވަނީ ޓޯކޮށްފައި'' ފުލުހުން ބުނެފަވެއެވެ.

މާލެ ސަރަހައްދުގައި ކޮންސްޓްރަކްޝަން މަސައްކަތްކުރުވާ ބައެއް ކުންފުނިތަކުން އިންސާނީ ކަރާމަތަށް އުނިކަން އަންނާނެހެން މަސައްކަތު މީހުން އުފުލާ މައްސަލަ މިހާރު ވަނީ ފެންމަތިވެފައެވެ.

އާންމުން މީސްމީޑިއާގައި އާންމުން އަންނަނީ މި މައްސަލައާއިގުޅޭ ފޮޓޯ، ވީޑިއޯ އާންމުކޮށް އެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިގޮތުން މާލޭ އަމީނީމަގުން، ކުޅިވަރު ދަނޑުތައް ކުރިމަތިން ވެސް، ހެނދުނު މަސައްކަތު މީހުން ސައިޓަށް ގެންދިޔުމަށް މިގޮތަށް ޕިކަޕަކަށް މީހުން ތޮއްޖައްސުވައި އެރުވުމަށްފަހު، ޕިކަޕްގައި ހަދާފައި ހުންނަ ގޭގަނޑު ލޮކްކޮށް ދުއްވާލާތަން އާންމުކޮށް ފެނެއެވެ.