ހއ.އަތޮޅުގެ ސިއްހީ ޚިދުމަތްދޭ ބައެއް ތަންތަނަށް 52 ދިވެހި ނަރުހުން ހޯދަނީ

ހއ. އަތޮޅު ހޮސްޕިޓަލްގެ ނަރުހުން، ފޮޓޯ: އަތޮޅު ހޮސްޕިޓަލް
ހއ. އަތޮޅު ހޮސްޕިޓަލްގެ ނަރުހުން، ފޮޓޯ: އަތޮޅު ހޮސްޕިޓަލް

ހއ.އަތޮޅު ހޮސްޕިޓަލަށާއި، އެ އަތޮޅުގެ ބައެއް ސިއްޚީ މަރުކަޒުތަކަށް، ބިދޭސީ ނަރުހުންގެ ބަދަލުގައި 50 ދިވެހި ނަރުހުން ހޯދަން އިއުލާންކޮށްފިއެވެ.

ސިއްހީ ޚިދުމަތްދޭ ތަންތަނަށް ނަރުހުންނާއި، ފަންނީ އެހެން މަޤާމުތަކާއި، ސްކޫލްތަކަށް ޓީޗަރުން ވަޒީފާއަށް ނެގުމުގެ އުސޫލު މިހާރު އޮންނަގޮތުން އެ ތަންތަނަށް ބިދޭސީން ގެނެވެނީ ދިވެހިންނަށް ފުރުސަތު ހުޅުވާލައި، އެ މަގާމުތަކަށް ދިވެހިން ނުލިބިއްޖެނަމައެވެ.

ހއ.އަތޮޅުގެ ވެރިރަށް ދިއްދޫގައި ހުންނަ އެ އަތޮޅު އަތޮޅު ހޮސްޕިޓަލުން މިއަދު އެ ހޮސްޕިޓަލަށާއި، އެ އަތޮޅުގެ ބައެއް ސިއްޚީ މަރުކަޒުތަކަށް ހޯދަން ޢިއުލާންކުރީ ރެޖިސްޓަރޑް ނަރުހުން ނެވެ.

މިގޮތުން ހއ. އަތޮޅު ހޮސްޕިޓަލަށް ރެޖިސްޓަރޑް ނަރުހުންގެ މަޤާމަށް 13 ދިވެހިން ހޯދަން ވަނީ ހުޅުވާލާފައެވެ. ކެލާ ސިއްހީ މަރުކަޒަށް 8 މަގާމު އަދި ތަކަންދޫ ސިއްހީ މަރުކަޒަށް 6، ބާރަށު ސިއްހީ މަރުކަޒަށް 6 މަގާމަށް ދިވެހި ނަރުހުންނަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

މީގެ އިތުރުން ހޯރަފުށީ ސިއްހީ މަރުކަޒަަށް 4 މަގާމަށް، ވަށަފަރު ސިއްހީ މަރުކަޒަށް 3 މަގާމަށް، މުރައިދޫ، އުލިގަމު، މޮޅަދޫ، ފިއްލަދޫ އަދި އުތީމު ސިއްހީ މަރުކަޒަށް، މިއިން ކޮންމެ ތަނަކަށް 2 މަގާމަށް ވަނީ ދިވެހިންނަށް ފުރުސަތު ހުޅުވާލާފައެވެ. އެއް މަގާމަށް ފުރުސަތު ހުޅުވާލާފައި ވަނީ ތުރާކުނު އަދި މާރަންދޫ ސިއްހީ މަރުކަޒަށެވެ.

މިއީ ދާއިމީ ވަޒީފާ ތަކެކެވެ. މި ވަޒީފާ އަށް ހޮވާނީ މޯލްޑިވްސް  ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލްގައި ރަޖިސްޓްރީކޮށް، އަދާހަމަ ޕްރެކްޓިސިންގ ލައިސަންސް ލިބިފައިވާ ފަރާތްތަކެވެ.

މި މަގާމުތަކުންކުރެ ޕަބްލިކް ސާވިސް ރޭން 5ގެ ޝަރުތަކީ މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް ގަބޫލްކުރާ، ނަރސިންގ ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމެވެ. މި ރޭންކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ ގޮތުގައި 11،428ރުފިޔާ، އެލަވަންސްގެ ގޮތުގައި 5،3333ރުފިޔާ އަދި ވަޒީފާ އަށް ނުކުންނަ ދުވަހަކަށް 144ރުފިޔާ ލިބެއެވެ.

މި މަގާމުތަކުންކުރެ ޕަބްލިކް ސާވިސް ރޭން 4ގެ ޝަރުތަކީ މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް ގަބޫލްކުރާ، ނަރސިންގ ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމެވެ. މި ރޭންކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ ގޮތުގައި 13،057ރުފިޔާ، އެލަވަންސްގެ ގޮތުގައި 6،094ރުފިޔާ އަދި ވަޒީފާ އަށް ނުކުންނަ ދުވަހަކަށް 165ރުފިޔާ ލިބެއެވެ.

މީގެ އިތުރުން ސިވިލްސާވިސް މުވައްޒަފުންނަށް ދެވޭ އިތުރުގަޑީގެ ފައިސާ އާއި ބަންދުދުވަހުގެ ފައިސާ ވެސް މި ވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް ހޮވޭނެއެވެ.

މި މަޤާމުތަކަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން ބާައްވަން ނިންމާފައި ވަނޯ 03 ޖުލައި 2024 އާއި 31 ޖުލައި 2024 އާއި ދެމެދު ހއ.އަތޮޅު ހޮސްޕިޓަލްގެ އިދާރީ އޮފީހުގައެވެ.

މަޤާމުތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅަން ޖެހެނީ 30 ޖޫން 2024 ވާ (އާއްދީތަ) ދުވަހުގެ 13:00 ގެ ކުރިން، ހއ.އަތޮޅު ހޮސްޕިޓަލްގެ އިދާރީ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ މެއިލް  [email protected]  މެދުވެރިކޮށް ވެސް ބަލައިގަންނަން ވަނީ ނިންމާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި