ކެފޭއެއްގައި އިންދާ ޚަބަރު ހުސްވެގެން ހޮސްޕިޓަލަށް ގެންދިޔަ މީހާ ނިޔާވެއްޖެ
މާލޭގެ ކެފޭއެއްގައި އިންދާ ޚަބަރު ހުސްވެގެން ހޮސްޕިޓަލަށް ގެންދިޔަ މީހާ ނިޔާވެފައިވާކަމަށް ފުލުހުން ބުނެފިއެވެ. މާލޭގެ މާފަންނުގައި ހުންނަ ކެފޭއެއްގައި އިން މީހަކު ޚަބަރު ހުސްވެގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނީ މިރޭ 22:32 ގައެވެ. އެމީހާ އަށް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަކަމަށާއި، އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ވެސް ފުލުހުން އޭރު ބުންޏެވެ. މިރޭ 00:12 ގައި އެ ހާދިސާއާއި ގުޅޭ ފަހުގެ މައުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނީ އެމީހާ ނި...