މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ ނިންމުމާއެކު، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެމްބަރުކަމުގެ ޖާގައެއް ލިބުމަށް ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އޮތް ފުރުސަތު ހަނިވެއްޖެއެވެ.

ބްރޯޑްކޮމްގެ ދެ މެންބަރެއްގެ ދައުރު މި މަސް ތެރޭޭގައި ހަމަވުމުން އެ ދެ މަގާމަށް މެންބަރުން ހޯދަން ރައީސް އޮފީހުން ކުރި އިއުލާނަށް ޝަރުތު ހަމަވާ 12 ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ.

Ad
rt

އެ ބޭފުޅުންގެ ނަންތައް ރައީސް، މަޖިލީހަށް ފޮނުއްވާފައިވާއިރު އެންމެ އިސްކަންދޭ ނަމެއްގެ ގޮތުގައި އޮތީ މުހައްމާގެ ނަމެވެ. ދެވަނަ މަގާމަށް އިސްކަންދޭ ނަމެއްގޮތުގައި އޮތީ ކުރީ ނައިބު ރައީސް އަހްމަދު އަދީބުގެ ވަރަށް ބޮޑު ސަޕޯޓަރެއްކަމަށްވާ، އީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ (ޓީވީ މުއާ)ގެ ނަމެވެ.

ރައީސް މަޖިލީހަށް ނަންތައް ފޮނުއްވިއިރު އިސްކަންދޭ ތަރުތީބުގެ ގޮތުގައި އޮތީ، މުހައްމަދު އަބްދުﷲ (މުހަންމާ)، ހުސްއަކުރުގެ ހއ. އިހަވަންދޫ، އިބްރާހިމް މުއާޒު އަލީ، ހަޒާރުމާގެ ނ. ފޮއްދޫ، އިބްރާހިމް އަޝްރަފު، ވ. މަށިވެލި، ލެފްޓިނެންޓް ކާނަލް ރިޓަޔާޑް ޒުބައިރު އަހުމަދު މަނިކު، ގ. މަލްވިނަ، އަބްދުﷲ ހުމައިދު، ފަޒާ ޅ. ހިންނަވަރު، އައިޝަތު ދިޔާނާ ތޯހިރު، ސެވަންސްޓާ، ސ. ހިތަދޫ، އައިމިނަތު ސަރާހަތު އިއްޒަތު، ގ. ގޮފި، ޝިމްލާ އަމްހަދު، އާސްޓްރަލްގެ ސ. ހިތަދޫ، އިސްމާއިލް ޝަފީގް، މ.ސްލީޓް، ޝިފްޒާ މުސްތަފާ، މާދަޑު، އާސާން، ފުވައްމުލައް، އަލީ ނިޝާން، ގ ކޫލްގްރާސް އަދި މުހައްމަދު ޝަމީމް، ހ ޕްރިޓީވިލާ އެވެ.

މި ނަންތަކާމެދު ގޮތެއް ނިންމުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ކުރިއަށްގެންދިޔަ އިންޓަވިއުތަކަށްފަހު އެ ކޮމެޓީގެ މެންބަރުން ނިންމުން ހިމެނޭ ކޮމެޓީ ރިޕޯޓުގައިވާގޮތުން މުހައްމާގެ ނަން މިހާރު ވަނީ ތިންވަނަ އަށް ވެއްޓިފައެވެ. އަދި މުއާގެ ނަން ވެސް ވަނީ ފަހަތަށް ސޮއްސާލާފައެވެ.

ކޮމެޓީގެ ނިންމުގައި މިހާރު ލިސްޓްގެ ކުރީގައި އޮތީ އާމިނަތު ސަރާހަތު އިއްޒަތެވެ. ސަރާހަތު ވަނީ ކުރިން ވެސް އެ ކޮމިޝަންގެ މެމްބަރުކަން ކުރަށްވާފައެވެ. ދެވަނާގައި އޮތީ މީޑިއާގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރަށްވާފައިވާ މަޝްހޫރު ޕްރެންޓަރ ޝިފްޒާ މުސްތަފާ އެވެ.

ކޮމެޓީގެ ރިޕޯޓުގައިވާ ނަންތަކާމެދު ގޮތެއް ނިންމައި، ދެ މެމްބަރުންގެ ނަން ފާސްކުރާނީ މަޖިލީހުގެ ތަޅުމުންނެވެ.