އިލެކްޝަން ކޮމިޝަން (އީސީ) އިން އެކޮމިޝަންގެ ޤާނޫނީ ޒިންމާ ފުރިހަމައަށް އަދާކުރެމުންދޭތޯ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހް ސުވާލުއުފައްދަވައިފިއެވެ.
ކުރީގެ ރައީސް ސާލިހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އާންމު އެތައް ރައްޔިތެއްގެ ޒާތީ މަޢުލޫމާތު ނަހަމަ ގޮތުގައި ޕީއެންސީން ބޭނުންކޮށްފައިވާ ކަމަށް ވެސް ތުހުމަތު ކުރަށްވާފައެވެ.
‘’އެންމެ ފަހުން މިއެނގުނީ އެމްޑީޕީ އަށް ނިސްބަތްވާ ވައިކަރަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުވެސް އޮޅުވާލައިގެން ޕީއެންސީއަށް ވެެއްދި ވާހަކައެވެ. ސުވާލަކީ އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނީ ޒިންމާ ފުރިހަމައަަށް އެބަ އަދާ ކުރޭ ބާވައެވެ؟’’ސާލިހް ވިދާޅުވެފަވެއެވެ.
ކުރީގެ ރައީސް ވިދާޅުވިގޮތުގައި އިލެކްޝަންސް ކޮމިޝަނަކީ ރައްޔިތުން ފުރިހަމައަށް އިތުބާރުކުރާ ތަނަކަށް ވާން އެބަޖެހެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ޕީޖީ ލިޑަރ ހުސައިން ޒިޔާދު (ފިއްޓޭ) ވެސް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ދަފްތަރުގައި އޮތްކަން އޭނާ ވަނީ މިއަދު ކަށަވަރުކޮށްދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!