ޖަލުގައި މަރުވި ރަޝިޔާގެ އިދިކޮޅު ލީޑަރުގެ ތިން ވަކީލުން ޖަލަށް
ރޫސީވިލާތު (ރަޝިޔާ)ގެ މަރުވެފައިވާ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީގެ ތިން ވަކީލުން ޖަލަށް ލުމަށް އެ ޤައުމުގެ ކޯޓުން ޙުކުމްކޮށްފިއެވެ. މި ތިން ވަކީލުންކަމުގައިވާ ވަދީމް ކޮބްޒެވް، އިގޯރް ސެރްގުނިން އަދި އެލެކްސީ ލިޕްޓްސަރް މިހާރުވެސް ބަންދުގައި ތިބިއިރު، މޮސްކޯއިން އިރުމަތީގައި ގާތްގަނޑަކަށް 100 ކިލޯމީޓަރު (60 މޭލު) ދުރުގައިވާ ޕެޓުޝްކީ ރަށުގެ ކޯޓަކުން 3.5 އަހަރާއި 5 އަހަރާ ދެމެދުގެ މުއްދަތަކަށް އެމީހުން ޖަލަށްލުމަށް ހުކުރު ދުވަހު ވަނީ ޙުކުމްކޮށްފައެވެ. އެމީހުން ހައްޔަރުކޮށްފައި ވަނީ 2023 […]