މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން 100 ރުފިޔާ ނޫޓުގެ އައު ޗާޕެއް ނެރެން ތައްޔާރުވެއްޖެއެވެ.

އެމްއެމްއޭ އިން މިއަދު ބުނީ 100 ރުފިޔާ ނޫޓުގެ އައު ޗާޕެއް ދައުރުކުރަން ނެރުނީ ސްޓޮކް މަދުވެފައިވުމުގެ ސަބަބުން ކަމަށެވެ.

Ad
rt

މިގޮތުން ސްޓޮކް މަދުވުމުގެ ސަބަބުން އަލަށް ޗާޕުކޮށްގެން 15 ޑިސެންބަރު 2024 ގެނައި ރަން ދިހަފަހެއް ނޫޓު ސީރީޒްގެ 100 ރުފިޔާގެ ނޫޓ،ު ދައުރުވާ ފައިސާގެ ތެރެއަށ،ް 19 ޖަނަވަރީ 2025 ގައި ނެރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެމްއެމްއޭއިން ބުނިގޮތުގައި އަލަށް ޗާޕުކޮށްގެން ނެރޭ 100 ރުފިޔާގެ ނޫޓުގެ ދެފުށުގައ،ި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނެއެވެ. މިގޮތުން ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނީ ނޫޓުގެ މޫނުމަތީގެ ވައަތްފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކު އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކުއިކަމަށް އެ ބޭންކުން ބުންޏެވެ.

މި ނޫޓުގައި ސޮއިކުރައްވާފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ކުރީގެ ގަވަރުނަރު ޢަލީ ހާޝިމް އެވެ. އަދި މި ނޫޓުގައިވާ ތާރީޚަކީ 7 ޖުލައި ،2024 1 މުޙައްރަމް 1446 އެވެ.

އެމްއެމްއޭއިން ބުނިގޮތުގައި އަލަށް ޗާޕުކޮށްގެން ނެރޭ 100 ރުފިޔާގެ ނޫޓާއި އެކު މިހާރު ދައުރުވަމުންދާ 100 ރުފިޔާގެ ނޫޓުވެސް ދައުރުވަމުން ދާނެއެވެ.