ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް މުއާޒް ހަލީމް ހަމަޖައްސައިފި އެވެ.
ޕީއެންސީ އިން ވަނީ އެ ޕާޓީގެ އާ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް މުއާޒް ހަމަޖައްސާފައިވާކަން ހާމަކޮށް އޭނާ އަށް މަރުހަބާ ކިޔާފައެވެ.
މުއާޒަކީ ދިފާއީ ވުޒާރާގެ ސްޓޭޓް ވަޒީރެއްގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.
މުއާޒް ޕީއެންސީގެ އެސްޖީއަކަށް ހަމަޖެއްސުމާއި ހަމައަށް އެޕާޓީގެ އެސްޖީ އަކަށް ހުންނެވީ ޒީނާޒް އަދުނާން އެވެ. ޒީނާޒް އެމަގާމަށް ހަމަޖެއްސީ 24 މެއި 2024 ގައެވެ.
ޒީނާޒް އަކީސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު، އާދަމް ޝަރީފްގެ އަނބިކަނބަލުންނެވެ.
ޒީނާޒް ޕީއެންސީގެ އެސްޖީގެ މަގާމުން ވަކި ކުރި ސަބަބެއް ނޭނގެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!